Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހޯމް މިނިސްޓްރީ

ހަލުވިކަމާއެކު ރޯގާ ފެތުރޭކަން އިއުލާނުކުރުމަށްފަހު މިރޭ ކާނިވާ ބާއްވަން ނިންމައިފި

މާލެ ސަރަހައްދުގައި މިވަގުތު ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމަކީ ނޯރޯވައިރަސްގެ ރޯގާއެއް ކަމަަށާއި އެއީ ހަލުވިކަމާއެކު ފެތުރެމުންދާ ވައިރަސްއެއްކަން އިއުލާނުކުރުމަށްފަހު މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ކާނިވާ މިރޭ ބާއްވަން ނިންމާފައިވާކަން ސަރުކާރުން އިއުލާނުކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ބުނީ މާލެ ސަރަހައްދުގައި މިވަގުތު ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމަކީ ނޯރޯވައިރަސްގެ ރޯގާއެއް ކަމަަށެވެ. އަދި މިއީ ހަލުވިކަމާއެކު ފެތުރޭ ވައިރަސްއެއް ކަމަަށާއި ‏ހާއްސަ ކޮށް ބަންދު ތަންތަނުގައި ނުވަތަ ގިނަ މީހުން އެއްވެ ތިބޭ ތަންތަނުގައި ވަރަށް ފަސޭހައިން ފެތުރޭ ކަމަށް ފާހަގަކުރެވޭ ކަމަށް ވެސް އެ އެޖެންސީން ބުނެފައިވެއެވެ.

އެޗްޕީއޭއިން އެހެން އިއުލާނުކުރިތާ މާގިނަ އިރުތަކެއް ނުވެ ހޯމް މިނިސްޓްރީން ބުނީ މިނިވަން އުފާ ކާނިވާ ހުޅުވުން މިރޭ 8:00ގައި އޮންނާނެ ކަމަށެވެ. އަދި ފުޅަނދުތައް ދައްކާލުން މިއަދު ހަވީރު 4:30އިން 6:00އަށް ސެންޓްރަލް ޕާކުގައި އޮންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އިއްޔެ ހުޅުވަން އޮތް ކާނިވާ ހުޅުވުން ފަސް ކޮށްފައި ވަނީ އިއްޔެއިން ފެށިގެން މާލޭ ސަރަހައްދުގައި ފެތުރެން ފަށާފައިވާ ވައިރަލް ރޯގާގެ ސަބަބުން އެޗްޕީއޭއިން ދިން ލަފާގެ މަތިންކަމަށް މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ