Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖަމިއްޔަތުއް ސަލަފް

ސަލަފް އުވާލަން އުޅެނީ އަދާލަތަށްވުތެ މުޖްތަމައުގައި ބަސް ވިކޭތީ: ޓޮމް

ގިނަ ދީނީ އިލްމުވެރިންގެ މައްޗަށް އެކުލެވޭ ސަލަފު ޖަމިއްޔާ އުވާލަން ސަރުކާރުން މަސައްކަތް ކުރަނީ، ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށްވުރެ ސަލަފުގެ ނުފޫޒު ގަދަވުމުން ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ނިޔަލަށް ވިދިވިދިގެން ދެ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާ، ނުވަތަ ހިންގާ ކޮމެޓީ ރަޖިސްޓްރީކޮށްފައި ނުވާތީ 1989 ޖަމިއްޔާއެއް އުވާލަން ޔޫތު މިނިސްޓްރީން އިއްޔެ އިއުލާންކުރި އެވެ. އޭގެ ތެރޭގައި ސަލަފު ޖަމިއްޔާ އޮތީ ހިމެނިފަ އެވެ.
އެކަމަކު ސަލަފުން ބުނި ގޮތުގައި މިދިޔަ އަހަރުގެ މެއި މަހު އެންމެ ފަހުން ޔޫތު މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ އެ ޖަމިއްޔާގެ ހިންގާ ކޮމިޓީގެ މުއްދަތު ހަމަވަނީ މެއި 31، 2024 އަށެވެ. އަދި ފާއިތުވި ދެ އަހަރުގެ ތެރޭގައި ހުށަހަޅަންޖެހޭ އަހަރީ ރިޕޯޓު ވެސް ހުށަހަޅާފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ޓޮމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖަމިއްޔާތަކާ ބެހޭ ގާނޫނަށް އެންމެ ފަހުން މަޖިލީހުން ގެނައި ބަދަލުގެ އަމާޒު ހުރީ ވެސް ސަލަފަށް ކަމަށާއި އެހެންކަމުން ސަލަފް އުވާލަން ސަރުކާރުން އިއުލާން ކުރުމުން ހައިރާން ނުވާ ކަމަށެވެ.
އެ ޖަމިއްޔާ އުވާލަން ސަރުކާރުން މަސައްކަތް ކުރަނީ، އިލްމުވެރިން އެ ޕާޓީއެއްގައި ވެސް ގިނަ އަދާލަތު ޕާޓީއަށްވުރެ ސަލަފުގެ ބަސް މުޖްތަމައުގައި ވިކޭތީ އެވެ.
"ޖަމިއްޔާތަކާބެހޭ ގާނޫނަށް އެންމެފަހުން މަޖިލީހުން ގެނައި ބަދަލުގެ އަމާޒުހުރީ އެ [ސަލަފް] ޖަމިއްޔާއަށްކަން އެނގޭ. މައްސަލައަކީ އަދާލަތު ޕާޓީއަށްވުރެ މުޖުތަމައުގައި [ސަލަފްގެ] ބަސްވިކުމާއި ނުފޫޒުގަދަވުން،" ޓޮމް ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ދީނީ ޖަމްއިއްޔާކަމަށްވާ ޖަމްއިއްޔަތުއް ސަލަފުގެ އިތުރުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިލްމީ މަސައްކަތްޕުޅުތައް ކުރެއްވުމަށް އުފައްދަވާފައިވާ މައުމޫން ފައުންޑޭޝަން ފަދަ ބައެއް ޖަމްއިއްޔާތައް ވެސް އުވާލަން ނިންމި ޖަމިއްޔާތަކުގެ ލިސްޓުގައި ހިމެނުނެވެ. އަދި ކުޅިވަރު އެސޯސިއޭޝަންތަކާއި ކުލަބުތަކުގެ އިތުރަށް، ހަރަކާތްތެރިކޮށް ފެންނަ ބައެއް ޖަމްއިއްޔާތައްވެސް ލިސްޓުގައި ހިމެނުނެވެ.
އެއާއެކު އާންމުންގެ ކަންބޮޑުވުމާއި ފާޑުކިޔުން އަމާޒުވުމުން، އިތުރަށް އިދާރީ ގޮތުން ބަލަންޖެހޭ ކަންކަން ހުރުމުން ކަމަށް ބުނެ ޖަމިއްޔާތައް އުވާލަން ޔޫތު މިނިސްޓްރީން ކުރި އިއުލާން މިހާރު ވަނީ ބާތިލްކޮށްފަ އެވެ.
މި ލިއުމާއި ގުޅޭ