Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އިލްޔާސް ލަބީބް

"އިންޑިއާގެ ސިއްރު އެއްބަސްވުންތައް ހާމަކޮށް، މިނިވަންކަމަށް އަސަރުކުރާނަމަ ބާތިލް ކުރާނަން"

މި ސަރުކާރުން އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތަކުގައި ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާ ފަދަ ކަމެއް އޮތްނަމަ، އެ އެއްބަސްވުންތައް ބާތިލްކުތާނެ ކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔާ އެއް ކަމަކީ މި ސަރުކާރާ އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުމެވެ. ސަރުކާރުން އިންޑިއާއަށް މާބޮޑަށް ބަރޯސާވެ، އެ ގައުމާއެކު ހަދާފައިވާ ސިއްރު އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އަސަރު ކުރާ ކަމަށް އިދިކޮޅުން ބުނެ އެވެ.
އެކަން ސަރުކާރުން ދޮގުކުރި ނަމަވެސް އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތައް ހާމަކުރަން ދެކޮޅު ހަދަ އެވެ. އަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ވެސް ހާމަކުރަން ސަރުކާރުން ދަނީ ދެކޮޅު ހަދަމުންނެވެ.

"ދައުރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި އެކަމާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އިލްޔާސް ވިދާޅުވީ، އިންޑިއާއާއެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކަކީ ސިއްރުކޮށްފައި އޮންނަން ޖެހޭނެ އެއްޗެއް ކަމުގައި ގަބޫލުނުކުރައްވާ ކަމަށާއި، އޭނާގެ ވެރިކަމެއްގައި އެތަކެތި ރައްޔިތުންނަށް ހާމަކުރާނެ ކަމަށެވެ.

އަދި އެ އެއްބަސްވުންތަކުގައި ރާއްޖޭގެ މިނިވަން ކަމަށް އަސަރު ކުރާފަދަ ކަމެއް އޮތްނަމަ އެކަން އިސްލާހު ކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށާއި، މަޝްވަރާކޮށްގެން ބަދަލު ނުގެނެވިއްޖެ ނަމަ މުޅި އެއްބަސްވުން ބާތިލްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަހަލަ ކަމެއް [މިނިވަންކަމަށް ބުރޫ އަރާ ކަމެއް] އޮތިއްޔާމު މަޝްވަރާކޮށްފަ އެބައި ބަދަލުކުރަން ޖެހޭނެ، އެހެން ނޫނިއްޔާ އަޅުގަނޑަށް ޖެހެނީ ބާތިލު ކުރަން. ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫ އަރާ ކަމެއް އެގްރިމަންޓެއްގައި އޮތީތީއޭ ކިޔާފައި، އަޅުގަނޑުމެންނަށް ދޫކޮށްލައިގެން ނުތިބެވޭނެ،" އޭނާ ވިދާޅުވި އެވެ.
މި ސަރުކާރަށް އިންޑިއާގެ ނުފޫޒު އޮތުމާ ގުޅޭގޮތުން އިލްޔާސް ވިދާޅުވީ ސަރުކާރަށް ނުފޫޒު އޮތީ ކިޔާ ވަރަކަށް ކަމެއް ދަންނަވަން ނޭނގޭ ކަމަށެވެ. ނަމަވެސް އެކަމުގެ ކަންބޮޑުވުންތައް ރައްޔިތުންގެ ހުރިކަން ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ފޮރިން ޕޮލިސީގައި އަވައްޓެރި ގައުމުތަކާއެކު ބާއްވަންޖެހޭ ގުޅުންތައް އަޅުގަނޑުމެން ބާއްވާނަން. އިންޑިއާއަކީ އަޅުގަނޑުމެންގެ އަވައްޓެރި އެންމެ ކައިރީގައި އޮތް ގައުމު، އެ ގައުމާ އެކީ ބަހައްޓަންޖެހޭ ގުޅުން އަޅުގަނޑުމެން ބަހައްޓަން ޖެހޭނެ،" ސަރުކާރުގެ ފޮރިން ޕޮލިސީއާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އިލްޔާސް ވިދާޅުވި އެވެ.
"އެހެން ނަމަވެސް އަޅުގަނޑުމެންގެ ސަރުކާރެއްގައި ވަކި ގައުމުތަކާއެކު ހެދިފައި އޮންނަ ވަކި ސިއްރު އެގްރީމެންޓުތަކެއް ނޯންނާނެ. އަޅުގަނޑުމެންގެ ސަރުކާރެއްގައި، އެކަހަލަ [ސިއްރު] އެގްރީމެންޓުތައް އޮތިއްޔާމު އެއީ ރައްޔިތުންނަށް ހާމަކުރަން ޖެހޭ އެގްރިމަންޓްތައް އަޅުގަނޑުމެން ހާމަ ކުރަމުންދާނަން. އަޅުގަނޑު ގަބޫލެއް ނުކުރަން، މިހާރު ސިއްރުކޮށްފައި އޮތް އެގްރިމަންޓަކީ ސިއްރުކޮށްފައި އޮންނަން ޖެހޭވަރުގެ އެގްރިމަންޓެއް ކަމަށް. އެއީ ރައްޔިތުންނަށް ސާފުކޮށް އެނގެން ޖެހޭ އެގްރިމަންޓެއް ކަމަށް އަޅުގަނޑު ދެކެނީ. އެހެންވީމަ، އެ ސިއްރު ނުހިފެހެއްޓޭނެ."
އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާ ގުޅޭ ގޮތުން ކުރި ސުވާލަށް ސީދާ ޖަވާބެއް ނުދެއްވައި އިލްޔާސް ވިދާޅުވީ ރާއްޖެއަކީ ދުނިޔެއާ ގުޅި ލާމެހިފައިވާ ގައުމަކަށް ވާތީ ވަކިވެގަނެގެން ނުތިބެވޭނެ ކަމަށެވެ. ނަމަވެސް މިލިޓަރީ ގޮތުން އެހެން ގައުމުތަކުގެ ސިފައިންނާއެކު ހިންގާ ހަރަކާތްތަކަކީ އެއް ގައުމަކަށް އެކަނި ބަރޯސާވެގެން ކުރާ ކަމަކަށް ވެގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.
މި ލިއުމާއި ގުޅޭ