Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްއެމްއޭ

ޒަމާނީ ޕޭމަންޓް ސިސްޓަމް އަންނަ މަހު ބޭނުންކުރަން ނިންމައި، ޓެސްޓުކުރަން ފަށައިފި

ރާއްޖޭގައި ފަސޭހަ، އަވަސް އަދި ރައްކާތެރި ޕޭމަންޓް ހިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން މަރުކަޒީ ބޭންކު، އެމްއެމްއޭއިން ގާއިމުކުރާ އިންސްޓެންޓް ޕޭމަންޓް ސިސްޓަމް (އައިޕީއެސް) އަންނަ މަހު ބޭނުންކުރަން ފަށަން ނިންމައި، އެކި ބޭންކުތަކާ އެކު ޓެސްޓްކުރުމުގެ މަރުހަލާ ފަށައިފި އެވެ.

އެމްއެމްއޭއިން އިއްޔެ ބުނީ، އައިޕީއެސް ޓެސްޓް ކުރުމުގެ މަރުހަލާ މިދިޔަ އާދީއްތަ ދުވަހު ފަށާފައިވާ ކަމަށެވެ. އެމްއެމްއޭ އިން ބުނި ގޮތުގައި އެ މަރުހަލާ ކުރިއަށް ގެންދަނީ ބީއެމްއެލް އާއި އެމްއައިބީ އަދި އިންޑިއާގެ އެސްއައިބީއާ ގުޅިގެންނެވެ.
އެ ތިން ބޭންކަކީ އައިޕީއެސްގެ ޕައިލަޓް ރަންގައި ބައިވެރިވުމަށް 10 ޖުލައިގައި އެމްއެމްއޭއާއެކު އެއްބަސްވުން ހަދާފައިވާ ތިން ބޭންކެވެ.

އެއްބަސްވުން ހެދުމަށްފަހު އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ އިތުރު ބޭންކްތައް ވެސް މި ޓެސްޓު ހަދަން ތައްޔާރުވަމުން އަންނަ ކަމަށާއި ފުރަތަމަ ފިޔަވަހީގައި އެ ތިން ބޭންކާ އެކު ކަމަށެވެ.

އަދި އައިޕީއެސް ލޯންޗު ކުރުމުން ރާއްޖޭގައި ހިންގާ އެހެން ބޭންކުތައް ވެސް އެ ސިސްޓަމްގެ ތެރެއަށް ވަންނާނެ ކަމަށާއި، ސިސްޓަމް ލޯންޗުކުރަން ގަސްތުކުރަނީ އަންނަ މަހުގެ ފަހު ހަފްތާގައި ކަމަށް ހާޝިމް ވިދާޅުވި އެވެ.
މީގެ ކުރިން ވެސް އެ ޕޭމަންޓް ސިސްޓަމް ބޭނުންކުރަން ފެށޭނެ ކަމަށް ތާރީހުތައް ދިނެވެ. އެގޮތުން އައިޕީއެސް ބޭނުންކުރަން ފަށަން އެމްއެމްއޭއިން މީގެ ކުރިން ދިން ތާރީހަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހެވެ. އެ ތާރީހު ފަހަނައަޅައި ދިޔަ ފަހުން އެ ސިސްޓަމް ތައާރަފްކުރާނެ ވަކި ތާރީހެއް އެމްއެމްއޭއިން ކުރިން ނުބުނެ އެވެ.
މި ލިއުމާއި ގުޅޭ