Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސައުދީ އަރަބިއްޔާ

ސްވިޑެން އާއި ޑެންމާކުގައި ގުރުއާން އެންދި މައްސަލަ ސައުދީ ކެބިނެޓުން އަނެއްކާވެސް ކުށްވެރިކޮށްފި

ރިޔާޒް (ޖުލައި 26) – ސްވިޑެން އާއި ޑެންމާކުގައި ގުރުއާން އެންދި މައްސަލަ ސައުދީ ކެބިނެޓުން އަނެއްކާވެސް ކުށްވެރިކޮށްފިއެވެ.
ޤުރުއާން އަންދާ މައްސަލަ ސައޫދީން އެންމެ ފަހުން ކުށްވެރިކޮށްފައިވަނީ ކޮންމެ ހަފްތާއަކު ބާއްވާ ސައުދީ ވަޒީރުންގެ މަޖްލިސްގެ އެންމެ ފަހުގެ ބައްދަލުކުރުމުގައެވެ.
ސްވިޑެން އާއި ޑެންމާކުގައި ކީރިތި ޤުރުއާނުގެ ކޮޕީތައް އެންދުމަކީ ސަޢޫދީ ޢަރަބިއްޔާއިން ކުށްވެރިކުރާ ކަމެއްކަން ވަޒީރުންގެ މަޖިލީހުން ތަކުރާރުކުރައްވައި، އެއީ ޤާނޫނުތަކާއި އާދަކާދަތަކާ ޚިލާފު އަދި ކެތްތެރިކަމާއި މެދުމިނުގެ އަސާސްތައް ފެތުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކާ ސީދާ ޚިލާފު ކަމެއްކަމުގައި ވަޒީރުންގެ މަޖިލީހުން ވަނީ ސިފަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރުންގެ މަޖިލީހުން ވަނީ ހިޖުރަކުރުމާ ބެހޭ ގޮތުން އިޓަލީން އާދީއްތަ ދުވަހު ބޭއްވި ބައިނަލްއަގްވާމީ ކޮންފަރެންސް އޮން މައިގްރޭޝަންގައި ސައުދީން ބައިވެރިވުމާއި ސަލާމަތީ ގޮންޖެހުންތަކުން އަރައިގަތުމަށް އދ އިން ގުޅިގެން ކުރަމުންދާ މަސައްކަތުގައި ރިޔާޒުގެ އެއްބާރުލުން ދިނުމާއި ބެހޭގޮތުން މަޝްވަރާ ކޮށް، އެއްބައިވަންތަކަމާއި އެއްބާރުލުން ދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލައްވާފައެވެ.
ރޯމްގައި ބޭއްވި މި ކޮންފަރެންސްގައި ސައުދީ އަރަބިއްޔާގެ ވަލީއަހުދުގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގަތީ ސައުދީ އަރަބިއްޔާގެ ދާޚިލީ ވަޒީރު ޕްރިންސް އަބްދުލްއަޒީޒް ބިން ސައުދު ބިން ނާއިފެވެ.
މީގެ އިތުރުން ޖިއްދާގައި ބޭއްވި 18 ވަނަ ގަލްފް ކޯޕަރޭޝަން ކައުންސިލާއި ސެންޓްރަލް އޭޝިއާގެ ގައުމުތަކުގެ ސަމިޓްގެ ނަތީޖާއަށް ވަޒީރުންގެ މަޖިލީހުން ތައުރީފު ކުރެއްވިއެވެ.
މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް ކުރެވޭ ތަފާތު މަސައްކަތްތަކުގެ ތެރެއިން، ހަކަތަ މިކްސް ބޭނުންކުރާ މިންވަރު ޑައިވަރސިފައިކޮށް، ސާފު ޓެކްނޮލޮޖީގެ ބޭނުން ކުރިއެރުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ސައުދީން ކުރަމުންދާ މަސައްކަތަށް ވަޒީރުންގެ މަޖިލީހުން ވަނީ ތަޢުރީފުކުރައްވާފައެވެ.
ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމުގެ ގޮތުން މިދިޔަ ޖުލައި މަހުގެ 10 އިން 19 އަށް ނިއުޔޯކްގައި ބޭއްވި އދ.ގެ ހައިލެވެލް ޕޮލިޓިކަލް ފޯރަމް 2023 ގައި ސައުދީ އަރަބިއްޔާ އިން ދާދި ފަހުން ވަނީ ބައިވެރިވެފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ސަޢޫދީން ވަނީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމުގެ އޮނިގަނޑުގެ ދަށުން ވިޝަން 2030 އިނީޝިއޭޓިވްސްގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރުން ވަނީ ޒަކާތު، ޓެކްސް އަދި ސައުދީގެ ކަސްޓަމްސް އޮތޯރިޓީ އާއި އޮސްޓްރޭލިއާގެ ޓެކްސް އޮފީހާ ދެމެދު ޓެކްސް މެނޭޖްމަންޓް އެމްއޯޔޫއެއް އެކުލަވާލައި ގިނަ އެއްބަސްވުންތަކެއް ފާސްކޮށްފަ އެވެ.
ރޭޑިއޯ އާއި ޓީވީގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ރޭޑިއޯ އެންޑް ޓެލެވިޜަން އޮތޯރިޓީ އާއި ޗައިނާ މީޑިއާ ގްރޫޕާ ދެމެދު އެމްއޯޔޫއެއް ހެދުމަށް ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ރުހުން ދީފަ އެވެ.
މީގެ އިތުރުން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމާއި ސައުދީ އަރަބިއްޔާ އާއި ގަތަރާ ދެމެދު އެ ކަމަށް ފައިނޭންސް ކުރުމުގެ ދާއިރާއިން އެމްއޯޔޫއެއް ހެދުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.
މި ލިއުމާއި ގުޅޭ