Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިރާން

ކޯޕަންހޭގަންގައި ޤުރުއާން އެންދުމުން އިރާގުން އެކަން ކުށްވެރިކޮށްފި

ސްވިޑެންގެ ވެރިރަށް ކޯޕަންހޭގަންގައި ހުންނަ އިރާގުގެ އެމްބަސީ ކުރިމަތީގައި ގުރުއާނުގެ ކޮޕީއެއް އަންދާލި މައްސަލަ އިރާގުން ކުށްވެރިކޮށް، އެ އެމްބަސީގައި ތިބި އިރާގުގެ މުވައްޒަފުން އެ ގައުމުން އަނބުރާ ގެނެސްފައިވާ ކަމަށް އިރާގުން ބުނެފި އެވެ.
އީރާނާއި އިރާގުގެ އެކި ކަންކޮޅުތަކުގައި މުޒާހަރާތައް ހިނގަމުންދާއިރު، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހިމާޔަތްކުރާ އުސޫލެއްގެ ދަށުން ޑެންމާކާއި ސްވިޑެންއިން ޤުރުއާން އެންދުމުގެގެ ހުއްދަ މުޒާހަރާގެ ބައިވެރިންނަށް ދިނުމާ ގުޅިގެން މުސްލިމް ދުނިޔެއިން ދަނީ އެކަން ކުށްވެރިކުރަމުންނެވެ.
އިސްލާމްދީނަށް ފުރައްސާރަކޮށް މުސްލިމުން ރުޅިއެރުވުމުގެ ގޮތުތުން އެންމެފަހުން ޤުރުއާންގެ މުސްޙަފެއް އަންދާލައިފައިވަނީ އިސްލާމްދީނާ ދެކޮޅު ދެ މީހަކު ޑެންމާކުގައި ހުންނަ އިރާގު އެމްބަސީ ކުރިމަތީގައި ބޭއްވި ހަރުކަށި ފިކުރުގެ ޑަންސްކޭ ޕެޓްރިއޯޓާ ޖަމާއަތުން އިންތިޒާމުކޮށްގެން ބޭއްވި ދެވަނަ ހަރަކާތެއްގަ އެވެ.
އެ ޖަމާއަތުން އާންމުކުރި ވީޑިއޯގައި ފެންނަނީ މީހަކު ގުރުއާންގެ މުސްޙަފެއް ހަލާކުކޮށް އަންދާލައި އިރާގުގެ ދިދައެއް ހަލާކު ކުރަމުން ދާ މަންޒަރެވެ. ސޯޝަލް މީޑިއާގައި ޢާއްމުވެފައިވާ ފަހުގެ އެ ވީޑިއޯއަކީ މިދިޔަ ހުކުރު ދުވަހު ސްވިޑަންގައި ހިންގި އެފަދަ 3 ވަނަ ހަރަކާތެވެ.
އިރާގުގެ ޚާރިޖީ ވުޒާރާއިން ބުނީ ޑެންމާކުގައި ހުންނަ އިރާގު އެމްބަސީ ކުރިމަތީގައި ކީރިތި ޤުރުއާނުގެ ކޮޕީއެއް އަންދާލި މައްސަލަ ތަކުރާރުކުރުން އަނެއްކާވެސް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. މިފަދަ ޢަމަލުތަކުގެ ސަބަބުން "ހަރުކަށި ފިކުރާއި ނަފްރަތުގެ ވައިރަހަކީ" "މުޖުތަމަޢުތަކުގެ ސުލްހަވެރި އެކުވެރިކަމަށް ހަގީގީ ނުރައްކަލެއް" ކުރިމަތިކުރުވުމަށް މަގުފަހިކޮށްދިން ކަމެކެވެ.
ޑެންމާކުގެ ޚާރިޖީ ވަޒީރު ލާރސް ލޮކްކޭ ރަސްމުސެންވެސް ވަނީ ޤުރުއާން އަންދާލުން ކުށްވެރިކުރައްވާފައެވެ. "މި ހަރުކަށި އަދި ލަދުވެތި އަމަލުތަކަކީ ޑެންމާކު ސަރުކާރުގެ ވިސްނުން ރަމްޒުކޮށްދޭ ކަމެއް ނޫން. އަޅުގަނޑު އިލްތިމާސް ކުރަން އެންމެން ވެސް ޑީސްކެލޭޓް ކުރަން - ހަމަނުޖެހުމަކީ ދުވަހަކުވެސް ޖަވާބަކަށް ވެގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.
އިރާގުގެ ޚާރިޖީ ވުޒާރާއިން ޔޫރަޕްގެ ޤައުމުތަކުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައި ވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، މުޒާހަރާކުރުމުގެ ޙައްޤާމެދު އަވަހަށް އަލުން ވިސްނުމަށެވެ.
އީޔޫގެ ގައުމުތަކުގެ ސަފީރުންނާ ބޮޑުވަޒީރު މުހައްމަދު ޝިޔާ އަލް ސޫދާނީ މިއަދު ބައްދަލުކުރައްވައި، ގުރުއާނަށް ފުރައްސާރަ ކުރާ ހަރުކަށި ފިކުރުގެ އަމަލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. އަދި އެފަދަ އަމަލުތަކަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށާއި އީޔޫގެ ގައުމުތަކުން މިފަދަ ޒާތީ އަމަލުތަކާއި ހަމަނުޖެހުން ހިންގުމަށް ހިތްވަރުދޭ އެންމެންނާ ދެކޮޅަށް މަސައްކަތް ކުރުމަށް އޭނާ ގޮވާލެއްވި އެވެ.
މި ލިއުމާއި ގުޅޭ