އިންޑޮނީޝިޔާގައި ފަސިންޖަރުން އުފުލާ ފެރީއެއް ބަންޑުންޖަހައިލާ 15 މީހުން މަރުވެއްޖެކަމަށް ބައިނަލް އަޤުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
އިންޑޮނީޝިޔާގެ އިރުދެކުނުގައިވާ ސުލަވޭސީ ޕުރޮވިންސް އައްސޭރިފަށުގައި ހިނގި މި ހާދިސާ ގައި ބަންޑުން ޖަހާލި ފެރީ ފެތިފައި ވަނީ ސުލަވޭސީގެ ވެރިރަށް ކެންދަރީއާ ދުރުނޫން ހިސާބަކަށެވެ.
33 މީހުންނާ އެކު ދަތުރުކުރި މި ފެރީ ބަންޑުން ޖަހާލި މި ހާދިސާ ހިނގި ވަގުތު ފެރީގައި ތިބި މީހުންގެ ތެރެއިން ގިނަ ބަޔަކު ގެއްލިފައިވާއިރު، އަދިވެސް އެމީހުން ނުފެންނަ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ. ރޭގަނޑުގެ ދަނިކޮށް ރޭގަނޑުގެ ވަގުތެއްގައެވެ. މި ހާދިސާގައި ކަނޑުވެގެން ގެއްލިފައިވާ ކަމަށް ބެލެވޭ މީހުންގެ ހަށިތައް ހޯދަން ސުލަވޭސީގެ އޮފިޝަލުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގައި ޑައިވަރުންގެ ޓީމުތަކުން ވެސް ހަރަކާތްތެރިވަމުންދާ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެވިފައި ނުވާއިރު، ފެރީ ބަންޑުންޖަހައިލި ސަބަބު ދެނެގަތުމަށް އޮފިޝަލުން މިހާރު ދަނީ ތަހުޤީޤު ކުރަމުންނެވެ. މި ހާދިސާ ހިނގާފައި ވަނީ ކެންދަރީ ކައިރީގައި އޮންނަ މުނާ ކިޔާ ރަށަކުން ފުރައިގެން ފެރީ ދަތުރުކުރަން ފެށިތާ ގިނަ އިރުތަކެއް ނުވަނީހެވެ. އެއީ، 20 މިނެޓުގެ ދަތުރެއް ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ.
އިންޑޮނީޝިޔާއަކީ 17,000 އަށްވުރެ ގިނަ ރަށުގެ މައްޗަށް އެކުލެވިގެންވާ ޖަޒީރާ ޤައުމެކެވެ. އެ ޤައުމުގެ ރަށްތަކުގެ މެދުގައި ދަތުރުފަތުރު ކުރުމަށް އެންމެ ގިނައިން ބޭނުންކުރަނީ ފެރީ ދޯނި ފަހަރާއި ކުދި ބޯޓުފަހަރެވެ. ނަމަވެސް، އެ ޤައުމުގައި ފެރީގެ ޚިދުމަތް ދޭން ބޭނުންކުރާ ގިނަ އުޅަނދުފަހަރަކީ ސަލާމަތާއި ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެންމެ ފުރިހަމަކޮށްފައިވާ އުޅަނދުފަހަރު ނޫން ކަން ފާހަގަކުރެވެއެވެ.
އިންޑޮނޭޝިއާގައި މިފަދަ ހާދިސާތައް މިހާގިނައިން ދިމާވަނީ ހުއްދަ ދީފައިވާ ޢަދަދަށްވުރެ ގިނަ ފަސިންޖަރުން އަރުވައިގެން ދަތުރު ކުރުން ޢާންމު ވެފައިވާތީ ކަމަކަށް ބައެއް ފަރާތްތަކުން ބުނާއިރު، އެ ފަދަ ސަބަބުތަކާ ގުޅިގެން ހިނގާ މި ފަދަ ހިތާމަވެރި ހާދިސާތަކުގެ ޢަދަދު އިތުރު ކަން ފާހަގަކުރެވެއެވެ.