Saturday 20th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަލީ އާޒިމް

އާޒިމް ވިދާޅުވީ "ވަރަށް ބޮޑަށް ސޮރީއޭ، ދެވަނަ ދައުރެއް ނުދެވޭނޭ"

މީގެ ކުރިން ދުވަހަކު ވެސް ކުށް ގިނަ ނުވާ ވަރަށް މި ދައުރުގައި ރާއްޖޭގައި ކުށް ގިނަވެއްޖެ ކަމަށާއި، އެހެންކަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދެވެން ނެތް ކަމަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބޭނުން ކުރައްވަމުން އަންނަ ސްލޯގަން އަކީ "އުފާވެރި އަމާން ރާއްޖެ" އެވެ. ކޮންމެ ރަށަކަށް ކެމްޕެއިނަށް ވަޑައިގެން އެމަނިކުފާނު ވިދާޅުވަނީ ރާއްޖެ އަމާން ކުރެވިއްޖެ ކަމަށެވެ.
އެމްޑީޕީން ވަކިވެވަޑައިގެން އުފެއްދި އާ ޕާޓީ، ޑިމޮކްރެޓްސް އިން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވަނީ ރައީސް އިބްރާހީމްގެ ކެމްޕެއިން ސްލޯގަން އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މީގެ ކުރިން ދުވަހަކު ނުވާ ވަރަށް ކުށް ގިނަވެފައިވާކަން ފާހަގަކުރައްވައި އާޒިމް ސުވާލު ކުރެއްވީ އަމާންވީ ކޮން ރާއްޖެއެއްތޯ އެވެ.
"ތީ ކިހާ އަމާން އުފާވެރި ރާއްޖެއެއްބާ. މިނޫން ވެރިކަމެއްގައި މީހަކު ނުދެކޭނެ އިންސާނިއްޔަތު ކަމެއްނެތި އެހާ މަރު ގިނަވި ދައުރެއް، މި ނޫން ދައުރެއްގައި ނުދެކޭނެ އެހާ ޑްރަގް އެތެރެކުރުން އިތުރުވީ ދައުރެއް. މީގެ ކުރިން ޝަރީއަތަށް، ތަހުގީގުތަކަށް އަތްނުބާނާ ވަރަށް މި ދައުރުގައި އެބަ އަތްބާނާ. އަންހެނުން ރޭޕް ނުކުރާ ވަރަށް، ގެވެށި އަނިޔާ މީގެ ކުރިން ނުކުރާ ވަރަށް އިތުރުވެއްޖެ. ސަރުކާރު ކުންފުނިތަކުގެ ވައްކަން އިންތިހާއަށް ގޮސްފި،" އާޒިމް ވިދާޅުވި އެވެ.
"ދުވަހަކު ނުވާ ވަރަށް ކުށް ގިނަ ވީމަ ވަރަށް ބޮޑަށް ސޮރީއޭ ދެވަނަ ދައުރެއް ދެވޭކަށް ނެތް."

އާޒިމް އިތުރަށް ވިދާޅުވީ މި ސަރުކާރު ކުންފުނިތަކުން ޒުވާނުންނަށް ވަޒީފާ ދިނުމަށްފަހު ވެސް އެމީހުން ހަދަނީ އަޅަކަށް ކަމަށެވެ. ގެދޮރު ދިނުމަށްފަހު ވެސް ހަދަނީ އަޅަކަށް ކަމަށެވެ.

"އަޅަކަން އެ ހަދަނީ ކޮންމެ މީހަކު ވަޒީފާ ދިނުމަށްފަހު. ގެދޮރު ދިނުމަށްފަހު އަޅަކަށް ހަދަނީ. ކޮންމެ ކަމެއް ކޮށްދީފަ ވެސް ހަދަނީ އަޅަކަށް،" މި ސަރުކާރުގައި ސިޔާސީ ވަޒީފާތަކުގެ ހާލަތު ފާހަގަކޮށް އާޒިމް ވިދާޅުވި އެވެ.
މި ލިއުމާއި ގުޅޭ