މާލެ ގެއެއްގެ ތެރޭގައި ގޭސް ފުޅިއެއް ގޮވާ އަންހެނެއްގެ މޫނު ފިހިއްޖެއެވެ.
މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނީ މާލޭގެ މ. ދިލީވިލާގައި ގޭސް އެކްސްޕްލޯޝަނެއް ހިނގައިގެން އުޅޭކަމަށް ރިޕޯޓް ލިބިގެން ސިފައިންގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެ އިދާރާއިން ބުނިގޮތުގައި ބެލެވޭގޮތުގައި އަލިފާން ރީވެފައިވަނީ ގޭސް ލީކްވެފައު ހުއްޓާ އުނދުން ރޯކުރުމުގެ ސަބަބުންނެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ އުނދުން ރޯކުރި އަންހެންމީހާ ފިހިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށާއި ފިހިފައިވަނީ އޭނާގެ މޫނު ކަމަށެވެ.