Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިރާން

ޤުރުއާން އަންދާ މައްސަލާގައި ސްވިޑެންގެ އާ މަންދޫބު ބަލައިނުގަންނާނެ: އީރާން

ތެހެރާން/ބަޣުދާދު (ޖުލައި 22) - ސްކޮޓްހޯމް އިން ގުރުއާނަށް އިހާނެތިކޮށް މުސްލުމުންނަށް ފުރައްސާރަ ކުރުމަށް ބާއްވާ މުޒާހަރާތަކަށް ސްވިޑެންގެ ފުލުހުން ހުއްދަ ދިނުމާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން އީރާނުން ސްވިޑެންގެ އާ ސަފީރު އީރާނަށް ވަނުމުގެ ފުރުސަތު ނުދޭނެ ކަމަށް އީރާނުން ބުނެފި އެވެ.
ތެހެރާނުގައި ހުންނަވާ ސްވިޑެންގެ ސަފީރުގެ ދައުރު މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށާއި ، ކީރިތި ގުރުއާނަށް ފުރައްސާރަ ކުރި މައްސަލާގައި ސްވިޑަން ސަރުކާރުން ސީރިއަސް ފިޔަވަޅުތަކެއް އަޅައިގެން ނޫނީ ސްވިޑެންގެ އާ ސަފީރު ބަލައިނުގަންނާނެ ކަމަށް ފޮރިން މިނިސްޓަރު ހުސައިން އާމިރު އަބްދުاللهޔަން ދައުލަތުގެ ޓީވީއަށް ވިދާޅުވި އެވެ.
އަދި އީރާނުގެ ސަފީރު ސްވިޑެންއަށް ނުފޮނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ މިކަން ހާމަކުރެއްވީ ވެރިރަށް ތެހެރާނުގައި ރޭ ކުރި މުޒާހަރާގައި ސްވިޑެންގެ އެމްބަސީ ގެ ބޭރުގައި އެތައް ސަތޭކަ ބަޔަކު އެއްވެފައި ވަނިކޮށެވެ.
މި މުޒާހަރާ ބޮޑު ހަމަނުޖެހުމަކަށް ވެގެން ދިޔައިރު، އެ މީހުން ވަނީ އެ އިމާރާތަށް ހަމަލާދީފައެވެ. އަދި ސްވިޑެންގެ ސަފީރު އީރާނުން ބޭރުކުރެވެންދެން އެތާ މަޑުކުރާނެ ކަމަށް ވައުދުވެފަ އެވެ.
ހުކުރު ދުވަހު ފެށި މުޒާހަރާ އަދިވެސް ކުރިއަށް ދާއިރު، މުޒާހަރާގެ ބައިވެރިން ތިބީ އީރާނުގެ ދިދަތައް އުފުލައި ކީރިތި ޤުރުއާންގެ ކޮޕީތައް ހިފައިގެންނެވެ.
އީރާނުގެ ހުޅަނގު އުތުރުގައި އޮންނަ ތަބްރީޒާއި އިރުއުތުރުގެ މަޝްހަދާއި އެގައުމުގެ މެދުގައި އޮންނަ އިސްފަހާން ފަދަ ބޮޑެތި ސިޓީތަކުގައި ވެސް މިފަދަ މުޒާހަރާތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ސްޓޮކްހޯމްގެ މައި މިސްކިތުގެ ބޭރުގައި މިދިޔަ މަހުގެ ތެރޭގައި ސްވިޑެންއަށް ނިސްބަތްވާ އިރާގުގެ ރެފިއުޖީއަކު ގުރުއާނުގެ ސަފުހާތައް އަންދާލި މައްސަލާގައި ސްޓޮކްހޯމް އާއި މުސްލިމް ގައުމުތަކާ ދެމެދު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްކަން އިތުރުވެފައެވެ.
މި ލިއުމާއި ގުޅޭ