Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހިރާއްޖެ

ރާއްޖެއަކީ އެމެރިކާގެ ޗިޕް ޝިޕްމެންޓްތައް ރަޝިއާ އަށް ފޮނުވާ ޓްރާންސިޓް ސިއްރު ޕޮއިންޓެއް

ރާއްޖެއަކީ އެމެރިކާގައި އުފައްދާ ސެމިކޮންޑަކްޓަރ ޗިޕް ޝިޕްމެންޓްތައް ރަޝިއާ އަށް ފޮނުވާ ޓްރާންސިޓް ޕޮއިންޓެއްކަމަށް ދުނިޔޭގެ އެންމެ ބޮޑު މާލީ ނިއުސް ނިކެއިން ތުހުމަތުކޮށްފިއެވެ.
ރާއްޖެއާއި މެދު މިފަދަ ބޮޑު ތުހުމަތެއް އެނޫހުން ކޮށްފައިވަނީ އިންޑިއާގެ ރިސާޗު ފާމެއް ކަމަށްވާ އެކްސްޕޯޓު ޖީނިއަސް އިން ހޯދި ރަޝިއާގެ ކަސްޓަމްސް ކްލިއަރެންސް ތަފާސްހިސާބުތަކުން ލިބުނު މައުލޫމާތު ދިރާސާކޮށްގެން އުފެއްދި ރިޕޯޓެއްގައެވެ.
ޔޫކްރެއިނަށް ރަޝިއާއިން އަރައިގަތުމާއި ގުޅިގެން ހުޅަނގުގެ ގައުމުތަކުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިއާއަށް ސެމީކޮންޑަކްޓަރު އިމްޕޯޓުކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތި ވެފައެވެ. އެގޮންޖެހުން ތަކުގެ ސަބަބުން ރާއްޖެ މަގުން އެ ރަޝިއާއަށް ގިނަ އަދަދެއްގެ ސެމީކޮންޑަކްޓަރު ޗިޕު އެތެރެކުރަމުންދާކަމަށް އެރިޕޯޓްގައި ވަނީ ބުނެފައެވެ.
އެރިޕޯޓްގައި ބުނެފައިވާގޮތުގައި ރަޝިއާގެ ކަސްޓަމްސް ކްލިއަރެންސް ޑޭޓާތަކުން ދައްކާ ގޮތުގައި ރަޝިއާއިން ޔޫކްރެއިނަށް އަރައިގަތް އަހަރުގެ ތެރޭގައި، އެމެރިކާގައި އުފައްދާފައިފާ 53.6 މިލިއަން ޑޮލަރުގެ ސެމިކޮންޑަކްޓަރު ރާއްޖެ މަގުން ރަޝިއާއަށް ފޮނުވާފައިވެ އެވެ. އެއީ ގާތްގަޑަކަށް 4 ލައްކައަށްވުރެ ގިނަ ސެމީކޮންޑަކްޓަރ ޗިޕް ކަމަށް އެރިޕޯޓްގައި ބުނެފައިވެއެވެ.
އިންޑިއާގެ ރިސާޗް ފާމުން ހޯދި މައުލޫމާތުން އެނގުނު ގޮތުގައި އެނަލައިޒްކުރި ރެކޯޑްތަކުގައި 50،000 ޑޮލަރު (ގާތްގަނޑަކަށް 7 މިލިއަން ޔެން) އަށް ވުރެ އަގުބޮޑު ޝިޕްމަންޓްތައް ހިމެނެ އެވެ.
ނިކެއިން ގެ ރިޕޯޓްގައި ބުނެފައިވާގޮތުން ރާއްޖެއަށް ވުރެ އިތުރަށް ރަޝިއާއަށް ސެމީކޮންޑަކްޓަރު ޗިޕު ފޯރުކޮށްދީފައިވަނީ ހަމައެކަނި ޗައިނާއިންނެވެ. ހަނގުރާމަ .ފެށުމުގެ ކުރިން މިފަދަ އެއްވެސް ޝިޕްމެންޓެއް ރާއްޖެ މަގުން ރަޝިއާއަށް އެތެރެކޮށްފައި ނުވާކަމަށްވެސް އެރިޕޯޓްގައި ބުނެފައިވެ އެވެ.
ނިކެއި އިން ހާމަކޮށްފައިވާ ގޮތުގައި މިފަދަ ޝިޕްމެންޓުތައް އެންމެ ބޮޑަށް އިތުރުވީ މެއި 2022 ގަ އެވެ. އެއީ, ރަޝިއާގެ ގައުމީ އެއާލައިން ކަމަށްވާ އެއިރޯފްލޮޓްއިން ރާއްޖެއަށް އަލުން ދަތުރުތައް ފެށި ދުވަސްވަރެވެ.
އދ.ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2021 ވަނަ އަހަރު ރާއްޖެއިން އެކްސްޕޯޓްކުރި ޖުމްލަ އަދަދު ވަނީ ގާތްގަނޑަކަށް 280 މިލިއަން ޑޮލަރަށް އަރާފަ އެވެ.
ރާއްޖެއިން ރަޝިޔާއަށް ފޮނުވި އެމެރިކާގެ ސެމިކޮންޑަކްޓަރ ޝިޕްމަންޓްތަކުގެ އަގު މި އަދަދުގެ 20 އިންސައްތައާ އެއްވަރުވެއެވެ. ސެމީކޮންޑަކްޓަރުގެ ޝިޕްމަންޓްތައް 2022 ވަނަ އަހަރުގެ މެއި މަހު ވަރަށް ބޮޑަށް އިތުރުވެފައި ވަނީ ރަޝިއާގެ އެއާލައިން ކުންފުނި އެރޯފްލޮޓް އިން ރާއްޖޭގެ ވެރިރަށް މާލެ އާއި މޮސްކޯއާ ދެމެދު ދަތުރުތައް ފެށި މަހުގެ ތެރޭގަ އެވެ. އެ ދަތުރުތައް މެދުކަނޑާލީ އެ ފެބްރުއަރީ މަހު ޔޫކްރެއިންއަށް ރަޝިއާއިން އަރައިގަތުމާ ގުޅިގެންނެވެ.
ކުއްލިއަކަށް މި އަދަދު އިތުރުވެފައިވާއިރު، އޮމްޑިއާގެ ސީނިއާ ކޮންސަލްޓިން ޑިރެކްޓަރު އަކިރާ މިނަމިކަވާ ވިދާޅުވާ ގޮތުގައި ރާއްޖޭގެ ސެމިކޮންޑަކްޓާ މާކެޓަކީ ވުޖޫދުގައި ނުވެސްނެތް މާކެޓެކެވެ. މާނައަކީ ރާއްޖެއަކީ މިފަދަ އެއްވެސް އެއްޗެއް އުފައްދާ ގަޢުމެއް ނޫންކަމެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖެއިން 14 އެކްސްޕޯޓަރަކު ވަނީ ރަޝިއާ އަށް ސެމީކޮންޑަކްޓަރު ފޮނުވާފަ އެވެ. އެކަމަކު ހޯދި ހޯދުން ތަކުން އެނގިފައިވާ ގޮތުގައި އެއިން އެއްވެސް ކުންފުންޏަކީ ރާއްޖޭގައި ހުރި ކުންފުންޏެއް ކަމަކަށް ނުވެއެ އެވެ.
މިފަދަ އެއް ކުންފުންޏަކީ ލަންޑަންގެ މައިކިންސް ކޯޕަރޭޝަން ނަމުގައި އުފައްދާފައިވާ ކުންފުންޏެކެވެ. އެކުންފުނިން ވަނީ ގާތްގަނޑަކަށް 40 މިލިއަން ޑޮލަރުގެ ޗިޕްސް އެކްސްޕޯޓްކޮށްފަ އެވެ. ފައިނޭންޝަލް ޓައިމްސް އިން 2023 ވަނަ އަހަރުގެ އޭޕްރީލް މަހު ރިޕޯޓުކޮށްފައިވާ ގޮތުގައި މައިކިންސް އިން ވަނީ ގާތްގަނޑަކަށް 1.2 ބިލިއަން ޑޮލަރުގެ އިލެކްޓްރޯނިކް ސާމާނު ރަޝިއާއަށް ފޮނުވައިފަ އެވެ. ނަމަވެސް އެކުންފުނީގެ ރަޖިސްޓްރީ ކޮށްފައިވާ މެއިލް މެދުވެރިކޮށް މައިކިންސް އަށް ނިކެއިން އިން އިންޓަވިއު އަކަށް އެދުމުން އެކަމާ ދެކޮޅު ހަދާފައިވާއިރު، ފަހުން އެނގިފައިވަނީ އެކުންފުންޏަކީވެސް ވުޖޫދުގައި ނެތް ކުންފުންޏެއްކަމަށް ނިކެއި ގެ ރިޕޯޓްގައި ބުނެފައިވެއެވެ.
މިފަދަ ޝިޕްމަންޓްތައް ކުރިއަށް ގެންދާ ގޮތުގެ މައްޗަށް މައުލޫމާތު ހޯދުމަށް ނިކެއިން ވަނީ މާލޭގެ ވިޔަފާރީގެ ކުންފުނިތަކާއި އޮފިޝަލުންނަށް ގުޅައިފައި ކަމަށްވެސް އެރިޕޯޓްގައިބުނެފައިވެ އެވެ.
ނިކެއިގެ ރިޕޯޓްގައި ބުނެފައިވަނީ ގައުމެއް މެދުވެރިކޮށް ބައިނަލްއަގުވާމީ ފެންވަރުގައި ފޮނުވާ މުދާ އާންމުގޮތެއްގައި ބެލެހެއްޓޭނީ ދެ ގޮތަކުންކަމަށެވެ. އެތަނުން އެއްގޮތަކީ "ރީ-އެކްސްޕޯޓް" ގެ ގޮތުގައެވެ. މާނައަކީ ބަނދަރުން ނުވަތަ އެއާޕޯޓަށް މުދާ އަންލޯޑްކޮށް، ކަސްޓަމްސް މެދުވެރިކޮށް ކްލިއާކުރުމަށްފަހު، އެހެން ގައުމަކަށް ޝިޕްމަންޓަށް ބަދަލެއް ގެނައުމެއް ނެތި އެހެން އުޅަނދަކަށް ނުވަތަ މަތިންދާބޯޓަކަށް ރީލޯޑް ކުރުމެވެ.
އަނެއް ގޮތަކީ "ޓްރާންސްޝިޕްމަންޓްސް" އެވެ. މުދަލުގެ ފްލޯ އަކީ މައިގަނޑު ގޮތެއްގައި ރީއެކްސްޕޯޓްކުރާ ގޮތަށް އޮންނަ އެއްޗެއް ނަމަވެސް، މެދުވެރިއެއްގެ ގައުމުގައި ކަސްޓަމްސް ކްލިއަރެންސް އަށް ނުގޮސް އެހެން ގައުމަކަށް މުދާ ގެންދެ އެވެ.
ރާއްޖޭގެ ކަސްޓަމްސް ސާވިސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2022 ވަނަ އަހަރު ރަޝިއާއަށް 169 ރުފިއްޔާ ނުވަތަ ގާތްގަނޑަކަށް 10 ޑޮލަރުގެ ސެމީކޮންޑަކްޓަރުގެ ތަކެތި ރީއެކްސްޕޯޓްކޮށްފައިވެ އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އޮފިޝަލަކު "ނިކެއި އަށް ވިދާޅުވިކަމަށް އެރިޕޯޓްގައި ބުނެފައިވަނީ އެ މައުލޫމާތުތައް ޓްރާންސްޝިޕްމަންޓްތަކުގެ ޑޭޓާ "އެކްސްޕޯޓް ސްޓެޓިސްޓިކްސްގައި ހިމަނާފައި ނުވާ ކަމަށާއި ޑޭޓާ ނުލިބޭ" ކަމަށެވެ.
ރަޝިއާގެ ކަސްޓަމްސް ކްލިއަރެންސް ޑޭޓާގައި ރެކޯޑްކޮށްފައިވާ މުއާމަލާތްތައް ނިއްކެއީ އަށް ފެނުނު ނަމަވެސް، ސެމީކޮންޑަކްޓަރުގެ ޝިޕްމަންޓްތައް އެކްސްޕޯޓްކުރާ ގައުމެއްގެ ގޮތުގައި ރާއްޖެ ހިމަނާފައެއް ނުވެއެވެ.
ބައިނަލްއަގްވާމީ ގުޅުންތަކާއި ވިޔަފާރީގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މޫސުމީ ކާރިސާގެ އެންމެ ކުރީ ސަފުގައި ހިމެނޭ ކުޑަ ގައުމެއް ކަމަށްވާ ރާއްޖެއަކީ ވަކި ގައުމަކަށް މާ ބޮޑަށް ބަރޯސާނުވެ ބޭރުގެ އެހީތެރިކަން ހޯދުމުގެ ތާރީހެއް އޮތް ގައުމެކެވެ.
މި ލިއުމާއި ގުޅޭ