Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު އަހްމަދު ސަލީމް (އޭދަފުށީ)

މި ސަރުކާރުން ރާވާފައި އޮތީ އިދިކޮޅު ލީޑާޝިޕު އެއްކޮށް ހައްޔަރުކުރަން، ފަހަތަކަށް ނުޖެހޭނެ: އިދިކޮޅު

މި ސަރުކާރުން ރާވާފައި އޮތީ އިދިކޮޅު އިއްތިހާދުގެ ހުރިހާ ލީޑަރުން ހައްޔަރުކުރަން ކަމަށާއި، އެކަމަށް އެބޭފުޅުން ތިއްބެވީ ތައްޔާރަށް ކަމަށާއި، ފަހަތަށް ޖެހިވަޑައިނުގަންނަވާނެކަމަށް އިދިކޮޅު އިއްތިހާދުގެ ކޯލިޝަނުން މިއަދު ބުނެފިއެވެ.

އިދިކޮޅު އިއްތިހާދުގެ ލީޑާޝިޕުގެ ބައެއް ބޭފުޅުން މިއަދު ޖުމްހޫރީ މައިދާނަށް އެއްވެވަޑަައިގެން އިދިކޮޅު ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީނުގެ ޝަރީޢަތާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތުދެއްވަމުން ގެންދަވަނިކޮށް ފުލުހުންގެ ބޮޑު ފައުޖެއް އެތަނަށް އައިސް އެ ބޭފުޅުންވަނީ ހައްޔަރުކޮށް ފުލުހުންގެ އުޅަނދުތަކަށް އަރުވައިގެން ގެންގޮސްފައެވެ.

ޕީޕީއެމްގެ ނައިބުރައީސް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމްއާއި، ޕީއެންސީގެ ނައިބުރައީސް މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދާއި، ޕީއެންސީގެ ނައިބުރައީސް އިބްރާހީމް ޝުޖާއު އަދި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤާއި ޕީއެންސީގެ ނައިބުރައީސް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

އެކަމާ ގުޅިގެން ޕީޕީއެމް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމު (ރެޑްވޭވް ސަލީމު) ވިދާޅުވީ ފުލުހުންގެ އޮފީހުގެ ތެރޭގައި މިހާރު ރާވަމުންދަނީ އިދިކޮޅު އިއްތިހާދުގެ ލީޑާޝިޕުގެ ހުރިހާ ބޭފުޅުން ހައްޔަރުކުރަން ކަމަށެވެ. އެހިސާބަށް ރައީސް އިބްރާހީމުގެ މުޙައްމަދު ޞާލިޙުގެ އަނިޔާވެރިކަން ގޮސްފައިވާކަމަށެވެ.

"މިހާރު އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން ރާވާފައި އޮތީ އަޅުގަނޑުމެންގެ ލީޑާޝިޕުގައި ތިބި އެންމެން ހައްޔަރުކުރަން އިންތިޚާބު އައުމުގެ ކުރިން. މި ރޭވުން ފުލުސް އޮފީސް ތެރޭގައި މިހާރު ރާވަމުންދަނީ،" ސަލީމު ވިދާޅުވިއެވެ. ސަލީމު އިތުރަށް ވިދާޅުވީ ލީޑާޝިޕުގެ ބޭފުޅުން ތިއްބެވީ ހައްޔަރުކޮށްފިނަމަ ޖަލަށް ވަޑައިގަތުމަށް ތައްޔާރަށް ކަމަށެވެ.

"ފުލުހުން ހީނުކުރާތި މިހެން ހައްޔަރުކޮށް އެއް ދުވަސް ދެތިން ދުވަސް ޖަހާފައި ދޫކޮށްލީމައި އަޅުގަނޑުމެން ކަންބޮޑުވާނެކަމަށް،" ސަލީމު ވިދާޅުވިއެވެ. ސަލީމު ވިދާޅުވީ މިހާރަށްވުރެ ބާރަށް ރައްޔިތުން ނިކުންނާނެ ދުވަސް އަންނާނެ ކަމަށެވެ. އަދި އެދުވަހުން ރައްޔިތުން މައިތިރިނުވާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ހައްޔަރުކޮށްފައިވާ އިދިކޮޅު އިއްތިހާދުގެ ލީޑަރުން ވަގުތުން ދޫކޮށްލުމަށް ސަލީމު ގޮވައިލެއްވިއެވެ. އަދި އެ ބޭފުޅުން ދޫކޮށްނުލައްވާނަމަ ރައީސް އިބްރާހީމު ރަށްރަށަށް ވަޑައިގަތުމުން އެކަމަށް ހުރަސްއަޅައި ކެމްޕެއިން ނުކުރެއްވޭ މިންވަރަށް ހުރަސްއެޅުއްވުމަށްވެސް ސަލީމު ގޮވައިލެއްވިއެވެ.

މި ލިއުމާއި ގުޅޭ