Monday 24th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށީ އިރުޝާދުތަކަށް ކަމޭނުހިތާތީ: ރައީސް މައުމޫނު

ރާއްޖޭގައި ހަލުއިކޮށް ކޮވިޑް-19 ފެތުރެން ފެށީ އިރުޝާދުތަކަށް ކިޔަމަންނުވާތީ ކަމުގައި ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު މިފަދައިން ވިދާޅުވީ އެމަނިކުފާނު މިއަދު ކުރެއްވި ޓުވީޓެއްގައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގައި ހަލުއިކަމާއެކު ކޮވިޑް-19 ފެތުރެން ފަށާފައިވަނީ އިރުޝާދުތަކަށް ކަމޭނުހިތުމުން ކަމުގައި ދަންނަވަން ޖެހެނީ ހިތާމައާއެކު ކަމުގައެވެ.
އަދި އޭގެ އިތުރަށް ރައީސް މައުމޫނު ވިދާޅުވެފައިވަނީ ބަލި ފެތުރެން ފަށާފައިވަނީ އަމިއްލަ އިހުމާލުން ކަމުގައެވެ.
އެމަނިކުފާނު އެދިވަޑައިގެންފައިވަނީ ދެންވެސް ގޭގައި ތިބުމަށެވެ. އަދި ޖިސްމާނީ ދުރުހެލިކަން ބެހެއްޓުމަށްވެސް ރައީސް މައުމޫނުވަނީ އިލްތިމާސްކުރައްވާފައެވެ.
މިހާތަނަށް ދިވެހިރާއްޖެއިން ކޮވިޑް-19 25 ފަރާތެއް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން 5 މީހުންނަކީ މާލެއިން މިބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންނެވެ. އެންމެ ފުރަތަމަ ފަހަރަށް މީހަކު މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭއިން ހާމަކުރީ 15 އޭޕްރީލުގައެވެ.
މި ލިއުމާއި ގުޅޭ