ދައުލަތުގެ ބަޖެޓު ދަރަނި 6 ބިލިއަނުން މައްޗަށް އަރައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ 1 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓު ދަރަނި ވަނީ 6.6 ބިލިއަން ރުފިޔާއަށް އަރާފައެވެ. އެ މުއްދަތުގައި 16.9 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނު އިރު 23.5 ބިލިއަން ރުފިޔާ ހަރަދުކުރެވިފައިވެއެވެ.
ފާއިތުވި އަހަރުގެ މި މުއްދަތުގެ ބަޖެޓު ދަރަންޏަކީ 4.5 ބިލިއަން ރުފިޔާއެވެ. އެހެން ކަމުން މިދިޔަ އަހަރާ އަޅާ ބަލާއިރު ބަޖެޓު ދަރަނި ގާތްގަނޑަކަށް 2.1 ބިލިއަން ރުފިޔާއިން މިވަނީ އިތުރުވެފައެވެ.
އެގޮތުން އާސަންދައިގެ ޚަރަދުތައް ކުޑަކުރުމަށް އާސަންދައިގެ ނިޒާމަށް ގެންނަ އިސްލާހުތަކަކާއި، ސަބްސިޑީގެ އުސޫލަށް ގެންނަ އިސްލާހުތަކެއް ބަޖެޓުގައި ހިމެނިއެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ސަރުކާރުން ތަންފީޒުނުކުރެއެވެ.