Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު މުހައްމަދު ސައީދު

ލޯނުގެ ގޮތުގައި އިންޑިއާއިން 2.7 ބިލިއަން ޑޮލަރު ދިވެހި ސަރުކާރުން ނަގައިފި: ސައީދު

މިދައުރުގައި ލޯނުގެ ގޮތުގައި އިންޑިއާއިން 2.7 ބިލިއަން ޑޮލަރު ދިވެހި ސަރުކާރުން ނަގައިފި ކަމަށް ޕީއެންސީގެ ނައިބުރައީސް އަދި މާވަށު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ އިންޑިއާގެ ދަރަނި ދަންތުރައެއްގައި ޖެހި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލިފައިވާ ކަމަށެވެ. ސައީދު ވަނީ މި ސަރުކާރުން މިހާތަނަށް އިންޑިއާއިން ނަގާފައިވާ ދަރަނިތަކުގެ ތަފްސީލް ދެއްވައިފައެވެ. އެގޮތުން:

 • - އެފްކޮންސް: ވިލިމާލޭގައި އަޅާ ބްރިޖަށް ފައްސަތޭކަ މިލިއަން އެމެރިކާ ޑޮލަރު/ އެގްޒިމް ބޭންކުން
 • - ޖޭއެމްސީ ޕލޑ: ހަނިމާދޫގެ އެއާޕޯޓް ތަރައްގީ ކުރުމަށް ސަތޭކަ ތިރީސް ހަތްމިލިއަން އެމެރިކާ ޑޮލަރު/ އެގްޒިމް ބޭންކުން
 • - ޖޭއެމްސީ ޕްރޮޖެކްޓްސް ޕލޑ: 200 ސޯޝަލް ހައުސިން ޔުނިޓް އެޅުމަށް ސަތޭކަ ތިރީސް ހަތް މިލިއަން އެމެރިކާ ޑޮލަރު/ އެގްޒިމް ބޭންކުން
 • - ރެނާޓަސް: އެކްޕެންޑް އެންޑް އަޕްގްރޭޑް އިންފްރާސްރަކްޗަރ ފޯރ ގަން އިންޓަނޭޝަނަލް އެއަރ ޕޯޓް ނަވާވީސް މިލިއަން އެމެރިކާ ޑޮލަރު/ އެގްޒިމް ބޭންކުން
 • - އަޝޯކާ ބިލްޑިން: 2000 ސޯޝަލް ހައުސިން ޔުނިޓް އެޅުމަށް ސަތޭކަ ސާޅީސް މިލިއަން އެމެރިކާ ޑޮލަރު/ އެގްޒިމް ބޭންކުން
 • - އޭބީއެލް އިންދްރަ ޖީވް ޕލޑ: ފުލުހުންގެ މަރުކަޒެއް އަޅަން ސާޅީސް އަށް މިލިއަން އެމެރިކާ ޑޮލަރު/ އެގްޒިމް ބޭންކުން
 • - ޓެލެ ކޮމިއުނިކޭޝަން ކޮންސަލްޓެންސް އިންޑިއާ: ހޮސްޕިޓަލެއް އެޅުމަށް ފަންސާސް ހަތް މިލިއަން އެމެރިކާ ޑޮލަރު/ އެގްޒިމް ބޭންކުން
 • - ރެއިލް ވިކާޝް ނިގަމް: ތިލަފަޅުގައި އަސްކަރީ މަރުކަޒެއް އެޅުމަށް ސަތޭކަ އަށްޑިހަ ހަ މިލިއަން އެމެރިކާ ޑޮލަރު/ އެގްޒިމް ބޭންކުން
 • - އެލްއެމްޖީ އިންފްރާ ސްޓަކްޗަރ އިންޖިނިއަރިން: ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންސީ އިން އައްޑޫ ކިޔާ ޕްރޮޖެކްޓަކަށް އަށްސަތޭކަ މިލިއަން އެމެރިކާ ޑޮލަރު/ އެގްޒިމް ބޭންކުން
 • - ޖޭއެމްސީ ޕްރޮޖެކްޓްސް ޕލޑ: ވޯޓަރ ސަޕްލައި މަސައްކަތް ކުރުމަށް (ދިވެހިންނަށް ލިބެންވާ ޓެކްސް މާފުކޮށްފަ) އަށްސަތޭކަ މިލިއަން އެމެރިކާ ޑޮލަރު/ އެގްޒިމް ބޭންކުން
 • - މޯހަން މުތާ: ރަށެއްގެ ނަރުދަމާއެޅުމަށް އެކެއް ޕޮއިންޓް ފަހެއް މިލިއަން ޑޮލަރު/ އެގްޒިމް ބޭންކުން
 • - މޯހަން މުތާ: ރަށެއްގެ ނަރުދަމާއެޅުމަށް އެކެއް ޕޮއިންޓް ފަހެއް ހަތެއް މިލިއަން ޑޮލަރު/ އެގްޒިމް ބޭންކުން
 • - މޯހަން މުތާ: ބައެއް ރަށްރަށުގަ ނަރުދަމާއެޅުމަށް ދޭއް ޕޮއިންޓް ނުވައެއް މިލިއަން ޑޮލަރު/ އެގްޒިމް ބޭންކުން

މިހެން ގޮސް 2.7 ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަނި އިންޑިއާ ކުންފުނިތަކުން ރާއްޖޭގެ ނަމުގައި ނަގާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

މި ފައިސާ ދައްކަނީ ކިހިނެއްތޯ ސައީދު ވަނީ ސުވާލު އުފައްދަވައިފައެވެ. މިކަމުގެ ސަބަބުން ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލެމުންދާތީ ސައީދު ވަނީ ކަމާބެހޭ މުއައްސަސާތަކުން މިކަން ބަލައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވައިލައްވައިފައެވެ.

މި ލިއުމާއި ގުޅޭ