Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަޙްމަދު އުޝާމް

ފުއްގިރި މައްސަލައިގައި ރައީސް ޔާމީން އެކަނި ޖަލުގައި ބާއްވާތީ އުޝާމްގެ ކަންބޮޑުވުން

ފުއްގިރި މައްސަލައިގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެކަނި ޖަލުގައި ބާއްވާތީ މަޖިލިހުގެ ވިލިމާލެ ދާއިރާ މެންބަރު އަހްމަދު އުޝާމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށް ގެންދާ ޝަރީއަތުގައި ދައުވާ އުފުލާފައިވާ ފަރާތްތަކާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިވެރިން ކަމަށްވާ، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ މައުރޫފްގެ ހެކިބަސް ނުނަގަން ދައުލަތުން ވަނީ ނިންމައިފައެވެ.

މިކަމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި އުޝާމް ވިދާޅުވީ ފުއްގިރި މައްސަލާގަ މަނީ ލޯންޑަރިންގެ ދައުވާ ލިބޭ ރައީސް ޔާމީން ޖަލުގައި ބާއްވާފައިވާއިރު، ހަމަ އެމައްސަލައިގައި މަނީލޯންޑަރ ކޮށްދިންކަމަށް ތުހުމަތު ކުރެވޭ ކުންފުނިތަކުގެ އިސްވެރިން ރައީސް ސޯލިހުގެ އަރިހުގަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އުޅުއްވަމުން ގެންދަވާ ކަމަށެވެ. މިއީވެސް ހަމަހަމަކަމާ އަދުލުވެރިކަމާ އިންސާފުތޯ އުޝާމް ވަނީ ސުވާލު ކުރައްވައިފައެވެ. މި މައްސަލައިގައި ދައުވާ ކުރަނީ :

  • - ރައީސް ޔާމީން - ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ
  • - ސަން ކޮންސްޓަރަކްޝަން - މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ
  • - ސަން އިންވެސްޓްމަންޓް - މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ

ސަން ސިޔާމް އަންނަނީ ރައީސް އިބްރާހިމްގެ ކެމްޕެއިންގައި އިސްދައުރެއް އަދާކުރައްވަމުންނެވެ.

"ފުއްގިރި މައްސަލާގަ މަނީ ލޯންޑަރިންގެ ދައުވާ ލިބޭ ރައީސް ޔާމީން ޖަލުގަ. މިމައްސަލާގަ މަނީލޯންޑަރ ކޮށްދިންކަމަށް ތުހުމަތު ކުރެވޭ ކުންފުނިތަކުގެ އިސްވެރިން ރައީސް ސޯލިހުގެ އަރިހުގަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގަ. މިއީވެސް ހަމަހަމަކަމާ އަދުލުވެރިކަމާ އިންސާފުވެރިކަން؟؟" އުޝާމް ވިދާޅުވިއެވެ.

މި މައްސަލައިގައި ދައުލަތުގެ ފަރާތުން ހަ ހެކިވެރިއެއްގެ ހެކިބަސް ނަގަން ހުށަހަޅާފައި އޮތް ނަމަވެސް، ދެ ހެކިވެރިއެއް ފިޔަވައި ބާކީ ތިބި އެންމެންގެ ހެކިބަސް ނުނަގަން މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ އެދިފަ އެވެ. އެހެންވެ، ބާކީ ދެން އޮންނާނީ ދެ ހެކިވެރިއެއްގެ ހެކިބަސް ނެގުމެވެ. މި އަޑުއެހުން މާދަމާއަށް ވަނީ ތާވަލުކޮށްފަ އެވެ.

ފުއްގިރި މައްސަލާގައި، ރިޝްވަތު ހިފުމުގައި މެދުވެރިއަަކަށްވުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އުފުލި އަހުމަދު ކްރިކް ރިޒާގެ ބައި އުނިކޮށް، އަޑުއެހުންތައް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފަށާފަ އެވެ. އެކަން އެގޮތަށް ކޮށްފައި ވަނީ ވެސް ރައީސް ޔާމީންގެ މައްޗަށް އިތުރު ހުކުމެއް ކުރުމުގެ މަގްސަދުގައި ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ މައްޗަށް ފުލުފުލުގައި ދައުވާތައް ކުރަމުންދަނީ އެމަނިކުފާން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަން އިއުލާނުކުރުމާއެކުއެވެ. ޖަރުއީދާއިރާއަށް ރައީސް އިބްރާހިމް ވަރަށް ބޮޑަށް ނުފޫޒު ފޯރުވަމުންދާ ކަމަށް އިދިކޮޅުން އަންނަނީ ބުނަމުންނެވެ.

މި ލިއުމާއި ގުޅޭ