Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރެޑްވޭވް

ޑިސްކައުންޓުތަކާ އެކު ރެޑްވޭވްގެ "ބެކް ޓޫ ސްކޫލް" ޕްރޮމޯޝަން ފަށައިފި

ދިރާސީ އާ އަހަރަށް ސްކޫލްތައް ހުޅުވެން ކައިރިވެފައިވާއިރު، ސްކޫލަށް ބޭނުންވާ އެކި ބާވަތުގެ ތަކެއްޗާއެކު ރެޑްވޭވް އިން "ބެކް ޓޫ ސްކޫލް ޕްރޮމޯޝަން"ގެ ނަމުގައި ހާއްސަ ޕްރޮމޮޝަނެއް ފަށައިފި އެވެ.

ރެޑްވޭވްގެ އޮފިޝަލަކު ބުނި ގޮތުގައި، ސްކޫލް ހުޅުވުމާއި ގާތްވަމުން އަންނައިރު، އެ ކުންފުނީގެ ފިހާރަތަކުން ވެސް ސްޓޭޝަނަރީސް އާއި ގުޅުން ހުރި ސާމާނުތައް ލިބޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ.
"މިފަހަރު އެބަ ހުރި ސްޓޭޝަނަރީސް އާއި ދަބަސް، އަދި އިންޓަވަލް ފުޅިވެސް، އަނެއްކާ ޑިސްކައުންޓް ލާފައި ވިއްކަމުން މި ދަނީ.". އޮފިޝަލް ބުންޏެވެ.
އޭނާ ފާހަގަކުރި ގޮތުގައި ބެކް ޓު ސްކޫލު ޕްރޮމޯޝަންގެ ދަށުން %10 އާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ.
އެހެންކަމުން ހެޔޮ އަގެއްގައި ރެޑްވޭވް މެގާ މޯލް، ރެޑްވޭވް ޕެވީލަން، އަދި ރެޑްވޭވްގެ އެހެނިހެން ފިހާރަތަކުން ވެސް ސްކޫލަށް ބޭނުންވާ ސާމާނު ލިބިގެންދާނެ އެވެ.
މާލޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ރެޑްވޭވްއަކީ ހުރިހާ ވައްތަރެއްގެ މުދާތައް ލިބެން ހުންނަ ފިހާރައެކެވެ. އެގޮތުން ކާބޯތަކެތީގެ ބާވަތްތަކުން ފެށިގެން، އަންނައުނާއި، އަދި ގޭތެރެއަށް ބޭނުންވާ ހުރިހާ ސާމާނެއް ރެޑްވޭވްގެ ފިހާރަތަކުން ލިބެން ހުންނާނެ އެވެ.
މި ލިއުމާއި ގުޅޭ