Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމެރިކާ

ނިއުކްލިއާ ހަނގުރާމައަކަށް ތައްޔާރުވުމުގެ އާ މަޝްވަރާތަކަށް އެމެރިކާ އާއި ކޮރެއާގެ އޮފިޝަލުން ބައްދަލުކުރައްވަނީ

ސޯލް (ޖުލައި 18) – ނިއުކްލިއާ ހަނގުރާމައަކަށް ތައްޔާރުވުމުގެ އާ މަޝްވަރާތަކަށް އެމެރިކާ އާއި ކޮރެއާގެ އޮފިޝަލުން ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށް ބައިނަލް އަޤުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެކުނު ކޮރެއާ އާއި އެމެރިކާއާ ދެމެދު މިފެށޭ އާ މަޝްވަރާގައި ފުރަތަމަ ކުރިއަށް ދާނީ ނިއުކްލިއާ ކޮންސަލްޓޭޓިވް ގްރޫޕްގެ މަޝްވަރާތައް ކަމަށެވެ. އަދި މިމަޝްވަރާތައް ވާނީ އުތުރު ކޮރެއާއާ ދެކޮޅަށް ހަރުދަނާ އަދި ދެމެހެއްޓެނިވި ޑިޓެރަންސްއެއް އުފެއްދުމުގެ "ފެށުމެއް" ކަމަށް ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލް ވިދާޅުވިއެވެ.
އެމެރިކާ އާއި ދެކުނު ކޮރެއާގެ އޮފިޝަލުން ނިއުކްލިއާ ކޮންސަލްޓޭޓިވް ގްރޫޕްގެ ފުރަތަމަ ޑިސްކަޝަންއަށް އަންގާރަ ދުވަހު ސޯލްގައި ބައްދަލުކުރައްވަނީ އުތުރު ކޮރެއާއާ ހަނގުރާމައެއް ހިނގައިފިނަމަ، ގުޅިފައިވާ ނިއުކްލިއާ ރެސްޕޮންސްތައް އިތުރަށް ރަނގަޅަށް ކޯޑިނޭޓް ކުރުމުގެ މަގްސަދުގަ އެވެ.
"ސައުތު ކޮރެއާ-އެމެރިކާ މެދުވެރިކޮށް. ނިއުކްލިއާ ބޭސްޑް ޕެރެޑައިމްއަކަށް އެލަޔަންސެއް އަޕްގްރޭޑްކޮށް، އުތުރު ކޮރެއާގެ ނިއުކްލިއާ އަދި މިސައިލްގެ ނުރައްކާތައް އަސާސީ ގޮތެއްގައި ހުއްޓުވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރާނަން،" ބްރީފިންގައި ޔޫން ވިދާޅުވި އެވެ.
އެންސީޖީ އެންމެ ފުރަތަމަ އިއުލާނުކުރީ މިދިޔަ އޭޕްރީލް މަހު ވޮޝިންޓަންގައި ބޭއްވި ބައިލެޓަރަލް ސަމިޓުގެ ތެރެއިން، ދެކުނު ކޮރެއާގެ އަމިއްލަ ނިއުކްލިއާ ބޮމުގެ ތައް މައުލޫމާތު ހޯދުމަށް ގޮވާލަމުން ދަނިކޮށެވެ.
ޗައިނާ އާއި އުތުރު ކޮރެއާއިން ވަނީ އެ ޖަމާއަތް އުފެދުމުން ކޮރެއާ ޕެނިންސިއުލާގައި ނުތަނަވަސްކަން އިތުރަށް އުފެދިފައިވާ ކަމަށް ބުނެ ފާޑުކިޔާފަ އެވެ.
އެމެރިކާގެ ނިއުކްލިއާ ހަނގުރާމަ ރޭވުމުގައި ދެކުނު ކޮރެއާގެ ދައުރެއް އޮންނާނެތޯ ސުވާލު ކުރުމުން އެމެރިކާގެ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ އެ ޖަމާއަތުން މައުލޫމާތު ހިއްސާ ކުރުމާ ބެހޭ ގޮތުން މާ ބޮޑަށް ވާހަކަ ދައްކާ ކަމަށެވެ.
"އަހަރެމެންގެ އެންމެ ބޮޑު މަގްސަދަކީ ދެކުނު ކޮރެއާގެ ބައިވެރިންނަށް އިތުރު ޓްރާންސްޕޭރެންސީ، އެކްސެސް، ޕްލޭނިންއާ ސީދާ ގުޅުމެއް އޮތްކަން ކަށަވަރުކުރުން، އެއީ ދެކުނު ކޮރެއާގެ ދިފާއީ އަދި ޑިޓެރެންސަށް ދާ ކަންތައްތަކާ މެދު ސަރުކާރުގެ އޮފިޝަލުން ޒަމާނުއްސުރެ ވިސްނަމުން އަންނަ ގޮތް އެމީހުންނަށް ވިސްނޭނެ ގޮތް،" މަޝްވަރާތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ނަން ނުޖެހުމަށް ޝަރުތުކޮށް އޮފިޝަލް ރޮއިޓާސްއަށް ވިދާޅުވި އެވެ.
މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާނީ ދެކުނު ކޮރެއާގެ ޕްރިންސިޕަލް ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ކިމް ޓޭ-ހިޔޯ އާއި އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ކޯޑިނޭޓަރު ފޯ އިންޑޯ ޕެސިފިކް އެފެއާޒް ކާޓް ކޭމްޕްބެލް އެވެ.
"އުތުރު ކޮރެއާއާ ދެކޮޅަށް ގެންގުޅޭ ނިއުކްލިއާ ހަތިޔާރުގެ އުޞޫލުތައް ހަރުދަނާ ކުރުމަށް ޓަކައި މައުލޫމާތު ހިއްސާކުރުމާއި ކޮންސަލްޓޭޝަން ސިސްޓަމާއި ޖޮއިންޓް ޕްލޭނިން އާއި ތަންފީޒު ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ،" ޔޫންގެ ތަރުޖަމާނު ލީ ޑޯ-ވޫން ހޯމަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމަކީ ޒަމާނުއްސުރެ ކަންބޮޑުވާ އަދި ބައިނަލްއަގްވާމީ ފާރަވެރިކަމުގެ މައުޟޫއެކެވެ. ނިއުކްލިއާގެ ޝައުގުވެރިކަން ހުއްޓުވުމަށް އަމާޒުކޮށްގެން ގިނަ ދަތިކުރުމުގެ ފިޔަވަޅުތަކާއި ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކުރި ނަމަވެސް، އުތުރު ކޮރެއާއިން ވަނީ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ގަދައަޅައި މަސައްކަތްކޮށްފަ އެވެ.
އެގައުމުން ފުރަތަމަ ނިއުކްލިއާ ޓެސްޓު 2006 ވަނަ އަހަރު ކުރިއިރު، އޭގެ ފަހުން އިތުރު ބައެއް ޓެސްޓުތަކުގެ ސަބަބުން އެ ސަރަހައްދުގައި ފިތުނަތައް ވަނީ އިތުރުވެފަ އެވެ.
އުތުރު ކޮރެއާ ސަރުކާރުން ބުނާ ގޮތުގައި އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ އެމެރިކާއާއި އެމެރިކާގެ އެކުވެރި ގައުމުތަކުން ކުރިމަތިވެފައިވާ ކަމަށް ހީވާ ނުރައްކާތަކާ ގުޅިގެންއަމިއްލަ ދިފާއުގައި ކޮންމެހެން ބޭނުންތެރި ޕްރޮގްރާމެކެވެ. ނަމަވެސް އުތުރު ކޮރެއާގެ ނިއުކްލިއަރ ނަ ޤާބިލްކަން ނައްތާލައި، މި މައްސަލައަށް ސުލްހަވެރި ހައްލެއް ގެނައުމަށް އދ. އިން ކުރަމުންދާ މަސައްކަތްތައް އަދިވެސް ކުރިއަށްދިޔަ ނަމަވެސް އުތުރުކޮރެއާގެ މި އަމަލުތަކުގެ ސަބަބުން ގިނަ ގޮންޖެހުންތަކާއި ނާކާމިޔާބީތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.
މި ލިއުމާއި ގުޅޭ