Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބެޑްމިންޓަން

މޮރިޝަސްގައި އޮތް މުބާރާތަކަށް ގައުމީ ބެޑްމިންޓަން ޓީމް ފުރައިފި

މިމަހުގެ 20 އިން 27 ވަނަ ދުވަހުގެ ނިޔަލަށް މޮރިޝަސްގައި ބާއްވާ މޮރިޝަސް ޗެލެންޖުގައި ވާދަކުރުމަށް ގައުމީ ބެޑްމިންޓަން ޓީމް ފުރައިފިއެވެ.

މިއީ އޮގަސްޓު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލްނެޑް ގޭމްސް (އައިއޯއައިޖީ)ގެ ކުރިން ތަމްރީން ހޯދުމަށްޓަކައި ގައުމީޓީމް ބައިވެރިވާ މުބާރާތެކެވެ.

މޮރިޝަސް އިންޓަނޭޝަނަލް ޗެލެންޖަކީ އައިއޯއައިޖީގެ ކުރިން ގައުމީ ޓީމްގެ ކުޅުންތެރިންގެ ލެވެލް ދެނެގަތުމަށް މުހިންމު މުބާރާތެކެވެ. އެ ގޮތުން ޓީމު މިހާރު ތައްޔާރުވަމުން އަންނަނީ ދެކުނު ކޮރެއާގެ ތަޖުރިބާކާރު ކޯޗެއްގެ އިރުޝާދުގެ ދަށުންނެވެ. އައިއޯއައިޖީގައި ވާދަކުރާ އެހެން ގައުމުތަކުގެ ގިނަ ކުޅުންތެރިންތަކެއް މި މުބާރާތުގައި ވާދަކުރާތީ މި މުބާރާތުން ރާއްޖޭގެ ކުޅުންތެރިންނަށް ރަނގަޅު ތަޖުރިބާއެއް ލިބޭނެކަމަށް ބެލެވެއެވެ.

މޮރީޝަސް ޗެލެންޖުގައި ވާދަކުރާ އަންހެން ކުޅުންތެރިންނަކީ ފާތިމަތު ނަބާހާ އަބްދުއްރައްޒާގް، އާމިނަތު ނަބީހާ އަބްދުއްރައްޒާގް، އާމިނަތު ޝަހުރުނާޒް، އައިޝަތު އަފްނާން ރަޝީދު އަދި މައިސާ ފަތުހުﷲ އިސްމާއިލްއެވެ. ގައުމީ ޓީމުގެ ކޯޗަކީ ކޮރެއާގެ ތަޖުރިބާކާރު ކޯޗެކެވެ.

މި މުބާރާތުގައި ވާދަކުރުމަށް މޮރިޝިއަސްއަށް ދަތުރުކުރި ފިރިހެން ކުޅުންތެރިންނަކީ ނިބާލް އަހުމަދު، މުހައްމަދު އަޖުފާން ރަޝީދު، އަހުމަދު ތޯއިފް އަދި މިއަހަރުގެ ގައުމީ މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ، ހުސައިން ޒަޔާން ޝަހީދު ޒަކީއެވެ. މިފަހަރުގެ އައިއޯއައިޖީ އޮންނާނީ މަޑަގަސްކަރައިގައެވެ.

މި ލިއުމާއި ގުޅޭ