Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސުޕްރީމް ކޯޓު

ރައީސްގެ އެމެރިކާ ދަތުރުގެ ހަރަދު ސިއްރުކުރަން ހުށަހެޅި މައްސަލަ ބަލައިނުގަތް

އދ.ގެ އާންމު މަޖިލީހުގައި ތަގްރީރު ކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި މައްސަލަ ސުޕްރީމް ކޯޓުން ބަލައި ނުގަންނަން ނިންމައިފި އެވެ.

ރައީސް އިބްރާހީމް 2021 ވަނަ އަހަރު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނާއި އެ ދަތުރުގެ ހަރަދުތަކުގެ ހިސާބުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ދަތުރުގެ ރަސީދުތައް ހޯދުމަށް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ދިޔަރެސް" އިން އެދުމުން އެ މައުލޫމާތު ހާމަކުރަން ސަރުކާރުން އިންކާރުކުރިއެވެ.
އެކަން ދިިޔަރެސް އިން އިލްތިމާސްކުރުމުން އިންފޮމޭޝަން ކޮމިޝަނަރު ނިންމީ އެ މައުލޫމާތަކީ ހާމަކުރަންޖެހޭ މައުލޫމާތު ކަމަށެވެ. އަދި އެ މައުލޫމާތު ހާމަކުރާއިރު އުނިކުރަންޖެހޭ ކަމެއް ހުރިނަމަ އެކަމެއް އުނިކުރުމަށްފަހު އެ މައުލޫމާތެއް ހާމަކުރުމަށް އައިކޮމްއިން އެންގި އެވެ.
އައިކޮމްގެ އެ ނިންމުން ރައީސް އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވެސް މިދިޔަ މެއި މަހު ކުރި ހުކުމުގައި ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އެންގުމަށް ތާއީދުކޮށްފަ އެވެ.

އެހެންވެ، އެ ހުކުމް އިސްތިއުނާފް ކުރަން ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުގެ ރަޖިސްޓްރާ އިއްޔެ ނިންމެވީ ހައި ކޯޓުގެ ނިންމުމުން ގޯސް ކަމަށް ބަލަންޖެހޭ ސަބަބެއް ދައުލަތުން ހުށަހަޅާފައި ނުވާތީ އެ މައްސަލަ ބަލައިނުގަތުމަށެވެ.

ރަސީދުތައް ހާމަނުކުރަން ދެކޮޅު ހަދައި ރައީސް އޮފީހުން ބުނީ އެ މައުލޫމާތު ހާމަކޮށްފިނަމަ ދަތުރުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ޒާތީ މައުލޫމާތުތައް ހާމަވެދާނެ ކަމަށެވެ. އަދި ރައީސްގެ ފުރާނަފުޅަށް ނުރައްކާވުމަކީވެސް މައުލޫމާތު ހާމަކުރުމުން ކުރިމަތިވުމުގެ އިހުތިމާލު އޮތްކަމެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ލިއުމާއި ގުޅޭ