Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދެކުނު ކޮރެއާ

އުތުރު ކޮރެއާގެ ނިއުކްލިއާ ނުރައްކާތަކާ ދެކޮޅަށް، އެމެރިކާ ދެކުނު ކޮރެއާ އަދި ޖަޕާން ގުޅިގެން މިސައިލް ޑިފެންސް ޑްރިލްއެއް ބާއްވައިފި

ސޯލް (ޖުލައި 16) - އުތުރު ކޮރެއާގެ ނިއުކްލިއާ އަދި މިސައިލްގެ ނުރައްކާތަކާ ދެކޮޅަށް، އެމެރިކާ ދެކުނު ކޮރެއާ އަދި ޖަޕާން ގުޅިގެން ކަނޑުގެ އަސްކަރީ މިސައިލް ޑިފެންސް އެކްސަސައިޒެއް އާދީއްތަ ދުވަހު ކުރިއަށް ގެންގޮސްފައިވާ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި އެވެ.
އުތުރު ކޮރެއާއިން އެންމެ ފަހުން އުފެއްދި ހުވާސޮންގް-18 މިސައިލް، ޕިޔޮންގްޔަންގްއިން އެގައުމުގެ ނިއުކްލިއާ ސްޓްރައިކް ފޯސްގެ މައި މަރުކަޒުގެ ގޮތުގައި ސިފަކުރާ އިރު، ބުދަ ދުވަހު އިރުމަތީ އައްސޭރިފަށުން ފޮނުވާލި މިސައިލަކީ އިދިކޮޅު ފަރާތްތަކަށް ވަރުގަދަ އަމަލީ އިންޒާރެއް ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ.
އާދީއްތަ ދުވަހު ކުރިއަށް ގެންދިޔަ ޓްރައިލެޓަރަލް ޑްރިލްއަކީ ދެކުނު ކޮރެއާ އާއި ޖަޕާނާ ދެމެދު އޮންނަ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ޑްރިލްއެއް ކަމަށާއި އެ ތިން ގައުމުގެ އެޖިސް ރާޑަރު ސިސްޓަމްތައް ހަރުކޮށްފައިވާ ޑިސްޓްރޯޔަރުން އެއްތަނަކަށް ގެނެސްފައިވާ ކަމަށް ނޭވީން ބުންޏެވެ.
އުތުރު ކޮރެއާގެ މިސައިލްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ވޮޝިންޓަނާއި އޭޝިއާގެ ބައިވެރިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ދެކުނު ކޮރެއާ އާއި ޖަޕާނަކީ މިނިވަންކަމާ އެކު އެމެރިކާގެ ރާޑަރު ސިސްޓަމްތަކާ ގުޅިފައިވާ ދެ ގައުމެވެ.
އަސްކަރިއްޔާއިން ބުނީ މި އެކްސަސައިޒްގެ މަގުސަދަކީ އުތުރު ކޮރެއާގެ ބެލިސްޓިކް މިސައިލް ލޯންޗަށް އެކުވެރި ގައުމުތަކުން ދޭ އިޖާބަ ވާޗުއަލް ޓާގެޓެއް ހިމެނޭ ސިނާރިއޯއަކާ އެކު ދަސްކޮށްދިނުމުގެ މަގްސަދުގައި ކުރިއަށް ގެންދާ އެކްސަސައިޒެއް ކަމަށެވެ.
"އުތުރު ކޮރެއާގެ ނިއުކްލިއާ އަދި މިސައިލްގެ ނުރައްކާތަކަށް އަސްކަރިއްޔާގެ ވަރުގަދަ ރެސްޕޮންސް ސިސްޓަމާއި ޓްރައިލެޓަރަލް ކޯޕަރޭޝަނާ އެކު ހަރުދަނާ ގޮތެއްގައި ރައްދު ދޭނެ،" ދެކުނު ކޮރެއާގެ ނޭވީ އޮފިސަރަކު ވިދާޅުވި އެވެ.
އުތުރު ކޮރެއާއިން އައިސީބީއެމް އުދުއްސާލުމަކީ އެމެރިކާ، ދެކުނު ކޮރެއާ އަދި ޖަޕާނުން ކުށްވެރިކުރި ކަމެއް ނަމަވެސް، ޕިޔޮންޔޮންއިން ވަނީ އެއީ އަމިއްލަ ދިފާއުގައި ކުރިއަށް ގެންދިޔަ މަޝްރޫޢެއް ކަމަށާއި، އެފަދަ ކަންކަމާ ބޭރުގެ ފަރާތްތަކަށް ނުބެހެވޭނެ ކަމަށެވެ. އަދި ބޭރުގެ ދުޝްމަނުންގެ އެފަދަ ނުފޫޒުތަކަށް ބޯނުލަނބާނެ ކަމަށް ބުނެ އުތުރުކޮރެއާއިން ވަނީ ރައްދު ދީފަ އެވެ.
އުތުރު ކޮރެއާއިން އެންމެ ފަހުން ލޯންޗްކުރި ނިއުކްލިއަ މިސައިލަކީ ، އެމެރިކާގެ ޖާސޫސީ މަތިންދާ ބޯޓުތައް އެގައުމުގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ކަނޑުގެ ސަރަހައްދުން އުދުހެމުންދާ ކަމަށް ބުނެ އެފަދަ ކަންކަން ތަކުރާރުވާނަމަ ހީނުކުރާފަދަ ނަތީޖާއަކާ އެމެރިކާ ކުރިމަތިލާން ޖެހިދާނެކަމުގެ އިންޒާރު ދިންތާ ހަފްތާއެއްވެސް ނުވަނީސް ޓެސްޓްކުރި މިސައިލެކެވެ.
އަދި އެމެރިކާގެ ނިއުކްލިއާ ހަކަތައިގެ ކްރޫޒް މިސައިލް ސަބްމެރިންއެއް ދާދި ފަހުން އުތުރު ކޮރެއާގެ ސަރަޙައްދުން ދަތުރުކުރި ކަމަށްބުނެ އެކަން ވަނީ ކުށްވެރިކޮށްފައެވެ.
މި ލިއުމާއި ގުޅޭ