Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކްރިމިނަލް ކޯޓު

ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާ 3 އަންހެނަކު ދޫކޮށްލަން ކޯޓުން އަމުރުކޮށްފި

ވައްކަމުގެ ތުހުމަތުގައި މާލެއިން ހައްޔަރުކުރި އިންޑިއާއަށް ނިސްބަތްވާ ތިން އަންހެނަކު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އުމުރުން 20 އަހަރުގެ ވިރުޕާލް ކައުރު ނަމަކަށް ކިޔާ އިންޑިއާ އަންހެނަކާ އުމުރުން 22 އަހަރުގެ ސުހްވިންދަރު ކައުރު އަދި 24 އަހަރުގެ ޖަސްޕްރިޓީ ކައުރު ފުލުހުން ބުރާސްފަތިދުވަހުގެ ވަގުތެއްގައި ހައްޔަރުކުރީ ވައްކަމުގެ މައްސަލައެއްގައެވެ. ބެލެވޭ ގޮތުގައި އެ 3 މީހުންނަކީ އެއްބަނޑު އެއްބަފާ 3 މީހުންނެވެ. އެ މައްސަލާގައި އެ 3 މީހުންގެ ބަންދާއި މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ފަނޑިޔާރު ވަނީ ޝަރުތުތަކަކާއި އެކު އެ މީހުން ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައެވެ.

ބަންދު އަޑުއެހުމުގައި ފުލުހުން ވަނީ އެ މީހުން ވަގަށް ނެގިތަކެތި އޭގެ ވެރިފަރާތަށް ދީފައިވާ ކަމަށާއި އަދި 3 މީހުންނަކީޥެސް ޤަވާއިދާ އެއްގޮތަށް ރާއްޖޭގައި އުޅެމުންދާ މީހުން ކަމަށް ބުނެފައެވެ. ޝަރުތުތަކަކާއި އެކު އެ މީހުން ދޫކޮށްލަން ފަނޑިޔާރު ނިންމެވީ އެކަންކަމަށް ރިއާޔަތް ކުރެއްވުމަށްފަހުގައެވެ.

ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކުރި 3 އަންހެނުން ކޯޓުން ދޫކޮށްލިއިރު މިދިޔަ ބުރާސްފަތިދުވަހު ކޯޓުން ވަނީ މަސްތުވާތަކެތި ގެންގުޅުނު އިންޑިއާ މީހަކުވެސް މިނިވަންކޮށްފައެވެ. އޭނާ މިނިވަންކުރީ އޭނާއަކީ ވަޒީފާއެއްގައި އުޅޭ ފަރާތަކަށްވާތީ މަސްތުވާތަކެތި ހޯދަނީ ކުށްކޮށްގެން ކަމަށް ނުބެލެވޭތީ ކަމަށް ބުނެއެވެ.

ފަހަކަށް އައިސް ދިވެހިރާއްޖޭގައި އިންޑިއާ ރައްޔިތުން ތަފާތު އެކި ބާވަތްތަކުގެ ކުށްކުރުން ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ. އެހެން ނަމަވެސް މިހާރުގެ ސަރުކާރުގެ މައްޗަށް އިންޑިއާއިން އޮންނަ ނުފޫޒުގެ ސަބަބުން، ކަމާއި ބެހޭފަރާތްތަކުން ކުށްކުރާ އިންޑިއާ މީހުންނާ ދޭތެރޭ އެކަށީގެންވާ ފިޔަވަޅު ނާޅައެވެ.

މި ލިއުމާއި ގުޅޭ