Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދެކުނު ކޮރެއާ

ދެކުނު ކޮރެއާގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ގޮސް 20 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ސޯލް (ޖުލައި 15) - ދެކުނު ކޮރެއާއަށް ކުރަމުންދާ ވިއްސާރަ ތިން ވަނަ ދުވަހަކަށް ދިގުދެމިގެންދާއިރު، ބިންގަނޑު ކަނޑައިގެން ދިއުމާއި ޑޭމެއް ފަޅައިގެން ދިއުމާ ގުޅިގެން ހިނގި އެކިއެކި ހާދިސާތަކުގައި ހޮނިހިރު ދުވަހުގެ ނިޔަލަށް 22 މީހުން މަރުވެ، 14 މީހުން ގެއްލި، އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފި އެވެ.
ދެކުނު ކޮރެއާގެ މިނިސްޓްރީ އޮފް އިންޓީރިއާ އެންޑް ސޭފްޓީން ބުނިގޮތުގައި މީހުން ހުސްކުރުމުގެ އަމުރުތަކުގައި ލޯކަލް ގަވަމެންޓްތަކުން އެކި ވަގުތުތަކުގައި މިހާތަނަށް 7،000 އަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވެ އެވެ.
ކޮރެއާގެ މޫސުމާ ބެހޭ އިދާރާއިން ބުނި ގޮތުގައި އާދީއްތަ ދުވަހު ކޮރެއާ ޕެނިންސިއުލާއަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ މި އަދަދު އިތުރުވާނެ އެވެ.
ކޮރެއާ ރޭލްރޯޑް ކޯޕުން ބުނީ، ބިންގަނޑު ކަނޑައިގެން ދިއުމާއި ފެންބޮޑުވުމާއި ހިލަތައް ފޭބުމުގެ ސަބަބުން ނުރައްކާވެދާނެތީ، ސްލޯ ރޭލުތަކާއި ބައެއް ބުލެޓް ރޭލުތައް މަޑުޖައްސާލަމުން އަންނަ އިރު، އެހެން ބުލެޓް ރޭލުތައް ލަސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ހުކުރު ދުވަހުގެ ރޭ ދަންވަރު އުތުރު ޗުންގްޗިއޮންގް ޕްރޮވިންސްގެ ޓްރެކްތަކުގެ މައްޗަށް ބިންގަނޑު ކަނޑައިގެން ދިއުމާއި ވެލި އެޅުމުގެ ސަބަބުން ސްލޯ ރޭލެއް ހަލާކުވެފައިވާ ކަމަށެވެ. ޑްރައިވަރަށް އަނިޔާވި ނަމަވެސް އެ ރޭލްގައި ދަތުރުކުރި އެއްވެސް ފަސިންޖަރަކަށް ގެއްލުމެއް ވެފައި ނެތްކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ހޮނިހިރު ދުވަހު ސަރުކާރުގެ އިދާރާތަކާއެކު ބޭއްވި ބައްދަލުވުމެއްގައި ބޮޑުވަޒީރު ހާން ޑަކް ސޯ ވަނީ މީހުން ސަލާމަތްކުރުމުގެ ހަރަކާތްތަކުގައި އަސްކަރިއްޔާއިން އަމަލީ ގޮތުން ބައިވެރިވުމަށް ގޮވާލައްވައި، ސަރުކާރުގެ އޮފިޝަލުންނާ ގުޅިގެން އިކުއިޕްމަންޓާއި މީހުން އެއްތަނުން އަނެއްތަނަށް ޖަމާކުރުމަށް މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.
މި ލިއުމާއި ގުޅޭ