Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފުޓުބޯޅަ

ޓޮޓެންހަމްގެ ޕްރީ ސީޒަން ޓީމުގައި ކޭން ހިމަނައިފި

އަންނަ ސީޒަން ފެށުމުގެ ކުރިން ޓޮޓެންހަމް ހޮޓްސްޕާ ދޫކޮށްލާނެ ކަމަށް ބެލެވިފައިވާ ކެޕްޓަން ހެރީ ކޭންއާ އެކު އެ ކްލަބުގެ ޕްރީ ސީޒަން ޓީމު އެކުލަވާލައިފި އެވެ.

އިންގްލެންޑާއި ޓޮޓެންހަމް އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކޭން ގެންދަން އެންމެ ބޮޑަށް ޝައުގުވެރިކަން ފާޅުކުރަނީ ބަޔާން މިއުނިކުންނެވެ. 29 އަހަރުގެ ކޭން ގެންދިއުމަށް ޓޮޓެންހަމްގެ ޗެއާމަން ޑެނިއެލް ލެވީއާ އެކު ބަޔާންގެ އޮފިޝަލުން ބުރާސްފަތި ދުވަހު ވަނީ މަޝްވަރާކޮށްފަ އެވެ.

ކޭން ޓޮޓެންހަމްއާ އެކު ހަދައިފައިވާ އެއްބަސްވުމުގައި އަދި އަހަރެއް އެބައޮތެވެ. ކޭން އެ ކްލަބުގައި ބެހެއްޓުމަކީ އާ ކޯޗު އަންގޭ ޕޮސްޓެކޮގްލޫގެ އަމާޒެކެވެ. ޕޮސްޓެކޮގްލޫ މިދިޔަ އާދީއްތަ ދުވަހު ބުނީ ކޭންއާ އެކު ޓޮޓެންހަމް ކާމިޔާބު ކްލަބަކަށް ހެދުމުގެ ރަނގަޅު ޕްލޭނެއް އޭނާގެ އެބައޮތް ކަމަށެވެ.

ކޭން ޓީމުގައި ހިމެނިިއިރު އެ ކްލަބުގެ ގޯލްކީޕަރު ހޫގޯ ލޮރިސް ޕްރީ ސީޒަން ޓީމުގައި ހިމަނާފައެއްނުވެ އެވެ. އުމުރުން 36 އަހަރުގެ ލޮރިސް ޓީމުގައި ނުހިމެނީ އެހެން ކްލަބަށް ބަދަލުވުމުގެ ފުރުސަތު އޭނާ އަށް ދޭންވެގެންނެވެ. ފްރާންސާ އެކު 2018 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ލޮރިސް ވަނީ 2012 ވަނަ އަހަރުން ފެށިގެން އެ ކްލަބަށް 447 މެޗު ކުޅެފަ އެވެ.

ޕްރީ ސީޒަން މެޗުތައް ކުޅުމަށް އަންނަ ހުކުރު ދުވަހު ޓޮޓެންހަމް ދާނީ އޮސްޓްރޭލިއާ އަށެވެ. އޮސްޓްރޭލިއާގެ ޕާތުގައި ވެސްޓް ހޭމްއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅުމަށް ފަހު ޓޮޓެންހަމް ދެން ދާނީ ތައިލެންޑަށެވެ. ތައިލެންޑުގައި ލެސްޓާ ސިޓީއާ ވާދަކުރުމަށް ފަހު ސިންގަޕޫރަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އެގައުމުގެ ލިއޮން ސިޓީއާ ކުޅުމަށް ފަހު ފަހު ޕްރީ ސީޒަން ފަހު މެޗުގައި ކުޅޭނީ ރޯމާއާ އެވެ.

މި ލިއުމާއި ގުޅޭ