Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލެ

އިދިކޮޅު މުޒާހަރާއިން ހައްޔަރުކުރި މާލޭގެ ކައުންސިލަރު ދޫކޮށްލަން ގޮވާލައިފި

ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަން ގުޅިގެން ރޭ މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން ހައްޔަރުކުރި މާލެ ސިޓީގެ ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރ އިބްރާހިމް މުހައްމަދު ދޫކޮށްލުމަށް މާލޭ ސިޓީ ކައުންސިލުން ގޮވާލައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކައުންސިލަރު އިބްރާހިމް މުހައްމަދު ހައްޔަރުކޮށްފައިވަނީ އިދިކޮޅުން މާލޭގައި ބޭއްވި އެއްވެ އުޅުމުގެ ތެރެއިން، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން ލިބިދީފައިވާ ޙައްޤުގެ ތެރެއިން އަޑުއުފުލުމަށާއި، ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ދަށުން ޝުޢޫރު ފާޅުކުރަމުން ދަނިކޮށް ކަމަށެވެ.

ކައުންސިލުން ބުނީ އެ ޤަބޫލުކުރާ ގޮތުގައި އެއީ ޤާނޫނު އަސާސީއިން ލިބިދީފައިވާ ޝުޢޫރު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް މާލޭ ސިޓީގެ ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުން އެމީހުންގެ މަންދޫބެއްގެ ގޮތުގައި ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރުގެ މަޤާމަށް ހޮއްވަވާފައި ހުންނެވި އެ ދާއިރާގެ ކައުންސިލަރުގެ އަޑު ކަނޑުވައިލުމަށްޓަކައި ހިންގާފައިވާ ޢަމަލެއްކަމަށެވެ.

އަދި އެއީ ޑިމޮކްރެޓިކް ވެއްޓެއްގައި ކަންވެގެން ދާންޖެހޭގޮތް ނޫންކަމުގައިވެސް ވެސް އެ ކައުންސިލުން ބުނެފައިވެއެވެ.

އެކަން ފާހަގަކޮށް މާލޭ ސިޓީ ކައުންސިލުން ވަނީ ކައުންސިލަރު އިބްރާހިމް މުހައްމަދު ވަގުތުން ދޫކޮށްލުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

މި ލިއުމާއި ގުޅޭ