Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮސޯވޯ

ކޮސޯވޯގެ ޕާލަމެންޓުގައި ހިނގި މާރާމާރީ އެޤައުމުގެ ރައީސް ކުށްވެރިކުރައްވައިފި

ކޮސޯވޯގެ ޕާލަމެންޓްގައި ހިނގި ހަމަނެޖެހުންތަކާއި، މާރާމާރީ އެޤައުމުގެ ރައީސް ވްޖޯސާ އުސްމާނީ ކުށްވެރި ކުރައްވައިފިއެވެ.
ސީއެންއެންއާ ގުޅިފައިވާ އެން1 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޮސޯވޯގެ ޕާލަމެންޓުގައި އިދިކޮޅު ފަރާތްތަކާއި ވެރިކަން ކުރާ ޕާޓީގެ މެމްބަރުންގެ މެދުގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި ހަމަނުޖެހުން ކޮސޯވޯގެ ރައީސް ވްޖޯސާ އުސްމާނީ ވަނީ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާފައެވެ.
ކޮސޯވަން ޕާލަމެންޓުގެ ލައިވް ވީޑިއޯއެއްގައި ބޮޑުވަޒީރު އަލްބިން ކުރްތީ އަށް އިދިކޮޅު މެމްބަރުން ހުރަސް އަޅުއްވައި، ވެރިކަން ކުރާ ވެޓެވެންޑޮސްޖޭ ޕާޓީ އާއި އިދިކޮޅު މެމްބަރުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން އެމަނިކުފާނުގެ ގައިކޮޅަށް ވަނީ މެމްބަރަކު ފެންއުކާފައެވެ.
މައްސަލަ ހޫނުވީ ކޮސޯވޯގެ އުތުރުގައި މިދިޔަ މެއި މަހު ހިނގި ހަމަނުޖެހުންތަކަށް ލުޔެއް ދިނުމާ ބެހޭ ގޮތުން ޕާލަމެންޓްގައި ކުރުތީ ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.
ކުރުތީގެ ދިފާއުގައި ވަޑައިގެންނެވި މެމްބަރުންނާއި އިދިކޮޅު މެމްބަރުންގެ މެދުގައި ހަމަނުޖެހުން ތަކެއް ހިނގިއިރު ބައެއް މެމްބަރުންވަނީ މާރާމާރީވެސް ހިންގާފަ އެވެ.
ބިއްލޫރިގަނޑެއް ތަޅައިގެން ދިޔަ އަޑު ވެސް އިވޭ އެވީޑިއޯގައި، ކޮސޯވޯ އެސެމްބްލީގެ ރައީސް ގްލްޖައުކް ކޮންޖުފްކާ ވެސް ފުލުހުންނަށް ގޮވާ އަޑުފުޅު އިވެ އެވެ.
ހަމަނުޖެހުންތައް ހިނގަންފެށިތާ މަދު މިނިޓް ކޮޅެއްގެ ތެރޭގައި އެ ސެޝަންގެ ލައިވް ބްރޯޑްކާސްޓް މެދުކާލި ކަމަށް ބައެއް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވެއެވެ.
ކޯސޯވޯގެ ރައީސް އުސްމާނީ ފޭސްބުކްގައި ވިދާޅުވެފައިވަނީ އެފަދަ ހަމަނުޖެހުންތަކަށް ޖާގައެއް ނެތް ކަމަށެވެ.
"ސިޔާސީ ހިތްހަމަނުޖެހުންތަކާއި ހިޔާލުތަފާތުވުންތައް ނައްތާލުމަށް ޖިސްމާނީ އަނިޔާދީ ގަޔަށް އަތްލުމަކީ ބަލައިގަނެވޭނޭ ކަމެއްނޫން،" އެކަމަނާ ލިޔުއްވާފައިވެއެވެ.
އަދި ޑިމޮކްރަސީއާއި ތަފާތު ވިސްނުމާއި އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމް ކުރުމުގެ އަޒުމް ކަނޑައަޅަން ޖެހޭނީ ވެރިކަމާއި ގާނޫނުތަކަށް ބޯލަނބާ ގޮތަށް ކަމަށް އެކަމަނާ ވިދާޅުވި އެވެ.
ކޮސޯވަން ޕާލަމެންޓުގެ ލައިވް ވީޑިއޯއެއް ---
އަލްބޭނިއާގެ ބޮޑުވަޒީރު އީދީ ރާމާ ވެސް ވަނީ މި ހަމަނުޖެހުން ކުށްވެރި ކުރައްވާފައެވެ.
ކޮސޯވޯގެ އާބާދީގެ ބޮޑު ބަޔަކީ ނަސްލީ ގޮތުން އަލްބޭނިއާގެ އާބާދީއެއް ނަމަވެސް ހަމަނުޖެހުން ބޮޑު އުތުރު ނަސްލުގެ ސަރބީންނަކީ ބައެއް ސަރަޙައްދުތަކުގައި މެޖޯރިޓީ އޮންނަ ބައެކެވެ.
މި ލިއުމާއި ގުޅޭ