Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިސްރު

މިސްރަށް ދާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ލިބޭ ގޮތް ހަދައިފި

މިސްރަށް ދާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ނުވަތަ އިމަޖެންސީ އެންޓްރީ ވިސާގެ ދަށުން ދަތުރުކުރެވޭ ގޮތަށް ހަދައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ދިވެހި ޕާސްޕޯޓު އޮންނަ މީހުން މިސްރަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް ޓޫރިސްޓު ވިސާ ލިބޭނެ ކަމަށެވެ. ނަމަވެސް މިނިސްޓްރީން ބުނިގޮތުގައި ވިސާ ފީގެ ގޮތުގައި 25 އެމެރިކާ ޑޮލަރު ނުވަތަ 385ރ. ދައްކަންޖެހޭނެއެވެ.

އެ މިނިސްޓްރީން ބުނީ 30 ދުވަހަށް ވުރެ އިތުރަށް މިސްރަށް ޒިޔާރަތްކުރާ މީހުންނާއި ވަޒީފާ އަދާކުރަން ނުވަތަ ތައުލީމް ހާސިލްކުރުމަށް ނުވަތަ ވިޔަފާރިކުރުމަށް ބޭނުންވާ ދިވެހިން އެ ގައުމަށް ދަތުރުކުމުގެ ކުރިން އެކަމަކާގުޅޭ ހާއްސަ ވިސާއެއް ނަގަންޖެހޭނެ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި މިސްރު ސަރުކާރުން ނިންމި އެ ނިންމުން ދިވެހި ސަރުކާރުން ދެކެނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުމާއި މިސްރުން ރާއްޖެއަށްދޭ ހާއްސަ އަހައްމިއްޔަތުގެ ރަމްޒެއް ގޮތުގައެވެ.

މި ލިއުމާއި ގުޅޭ