Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު ޢަލީ ޙުސައިން

ގުރުއާން އެންދި މައްސަލައިގައި ރައީސް އިބްރާހީމް ބަސް ވިދާޅުނުވާތީ ފާޑުކިޔުން

ސްވިޑްން އާއި ޔޫރަޕްގެ ބައެއް ގައުމުތަކުގައި ކީރިތި ގުރްއާން އަންދާ މައްސަލަ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކުށްވެރި ނުކުރައްވާތީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ނުރުހުން ފާޅުކުރައްވައިފި އެވެ.

ސްވިޑންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ އެންމެ ބޮޑު މިސްކިތުގެ ކުރިމަތީގައި، މިއަހަރުގެ އަޞްޙާ އީދު ދުވަހު، މީހަކު ކީރިތި ގުރްއާން އެންދި މައްސަލައިގައި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައި އެކަން ކުށްވެރި ކުރައްވާފަ އެވެ.
އެ ހަބަރާ ގުޅިގެން މެންބަރު އަލީ ހުސައިން ކުރެއްވި ޓުވީޓެއްގައި ވަނީ "އަހަރެމެންގެ ރައީސުލްޖުމްހޫރިއްޔާ" ގުރުއާން އެންދި މައްސަލައިގައި ވިދާޅުވީ ކީކޭތޯ ސުވާލު ކުރައްވާފަ އެވެ.
ގުރުއާން އެންގި މައްސަލަ ލަންކާގެ ރައީސް ވެސް ކުށްވެރި ކުރައްވާފައިވާއިރި، ރާއްޖޭގެ ރައީސް އިބްރާހީމް އެކަމާ އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. އަދި ސަރުކާރުން ވެސް އެކަން ކުށްވެރިކޮށް ބަޔާނެއް ނުނެރެ އެވެ.

އެކަމަކު ގުރްއާން އަންދައި މުސްލިމުންގެ ދީނީ ކަންކަމަށް އަރައިގަތުމުގެ އަމަލުތައް ފާޅުގައި ހިންގަމުންދާ މައްސަލާގައި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގައި ބޭއްވި ކުއްލި ބަހުސްގައި ރާއްޖެއިން ވެސް ބައިވެރިވެ، އެކަން ވަނީ ކުށްވެރިކޮށްފަ އެވެ.

އިރާގުން ހިޖުރަކޮށް ސްވިޑްންގެ ރައްޔިތުކަން ހޯދައިގެން އުޅޭ، އުމުރުން 37 އަހަރުގެ ސަލްވާން މޫމިކާ ކިޔާ ފިރިހެނެކު ގުރުއާން އެންދީ، ސްވިޑްން ސަރުކާރަށް ލިޔެގެން ހުއްދަ ނުލިބުމުން، ކޯޓަށް ހުށަހަޅައިގެން ކޯޓުން ދިން ހުއްދައެއްގެ ދަށުންނެވެ.

ގުރުއާން އަންދައި މުސްލިމުންގެ ދީނީ ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް ފާޅުގައި ހިންގަމުންދާ މައްސަލާގައި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގައި ބޭއްވި ކުއްލި ބައްދަލުވުމުގައި ބައެއް ގައުމުތަކުން އެކަމަށް ވަނީ ތާއީދުކޮށްފަ އެވެ. އަދި ސްވިޑްންގައި ގުރުއާން އެންދުމުގެ މައްސަލަ ބޮޑުވެފައި ވަނިކޮށް ޖަރުމަނުގައި ވެސް ވަނީ އޭގެ ފަހުން ގުރުއާން އަންދާފަ އެވެ.

މި ލިއުމާއި ގުޅޭ