Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެނަކަ

ފެނަކައިގެ 2.2 ބިލިއަން ރުފިޔާގެ ދަރަނި ދެއްކެން އޮތީ ހަރު މުދާ ވިއްކައިގެން

ފެނާއި ކަރަންޓުގެ ހިދުމަތް ދިނުމަށް ސަރުކާރުން އުފައްދާފައިވާ ފެނަކަ ކުންފުނީގެ ކުރު މުއްދަތުގެ ދަރަނިތައް އަދާކުރެވެން އޮތީ އެ ކުންފުނީގެ ހަރު މުދާ ވިއްކައިގެންކަން ހާމަވެއްޖެއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރޮޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އާންމުކޮށްފައިވާ ސަރުކާރު ކުންފުނިތަކުގެ މާލީ ހިސާބުތަކަށް ބަލާއިރު ފާއިތުވި އަހަރުގެ ނިޔަލަށް ފެނަކައިގެ ކުރު މުއްދަތުގެ ދަރަންޏަކީ 2.2 ބިލިއަން ރުފިޔާއެވެ. އެއީ 1 އަހަރު ނޫނީ އެއަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި އަދާކުރަން ޖެހޭ ދަރަންޏެވެ. އެ ދަރަނީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ދައްކަންޖެހޭ ފައިސާއެވެ.

ކުންފުނީގެ ކަރަންޓް އެސެޓްސްގެ ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ހުރީ 780 މިލިއަން ރުފިޔާއެވެ. ކަރަންޓް އެސެޓްސްއަކީ ފަސޭހައިން ފައިސާއަށް ބަދަލުކުރެވޭ ގޮތަށް ހުންނަ މުދަލެވެ. ވަގުތުން ވަގުތަށް ބޭނުން ކުރެވެން ހުންނަ ފައިސާވެސް ހިމެނެނީ ކަރަންޓް އެސެޓްސްތަކުގެ ތެރޭގައެވެ.

ކުންފުންޏެއްގެ ކުރު މުއްދަތުގެ ދަރަނި ކަރަންޓް އެސެޓްސްއަށްވުރެ އިތުރުވެއްޖެނަމަ، ދެން ކުންފުންޏަށް ކޭޝްފްލޯގެ މައްސަލަތައް ކުރިމަތިވާނެއެވެ. އަދި ކުރު މުއްދަތުގެ ދަރަނި އަދާކުރަން، ދިގު މުއްދަތުގެ ލޯނު ނަގަން ޖެހޭ ހާލަތަށް ދާނެއެވެ. އެހެން ނޫނީ ދެން އޮންނާނެ ގޮތަކީ ކުންފުނީގެ ހަރު މުދާތައް ވިއްކާލުމެވެ.

ފެނަކައިގެ ލިކުއިޑިޓީ ރިސްކު މިހާރު ވަނީ ވަރަށް މަތިވެފައިކަން ޕީސީބީންވެސް ވަނީ ފާހަގަކޮށްފައެވެ. ފާއިތުވި އަހަރުގެ ކޮންމެ ކުއާޓަރއަކުން ފެނަކައިގެ ކުރު މުއްދަތުގެ ދަރަނި ދިޔައީ އިތުރުވަމުންނެވެ. 2022 ވަނަ އަހަރު ފެށުނު އިރު އެ ކުންފުނީގެ ކުރު މުއްދަތުގެ ދަރަންޏަކީ 1.4 ބިލިއަން ރުފިޔާއެވެ. އަހަރު ނިމުނު އިރު އެ އަދަދު ވަނީ 800 މިލިއަން ރުފިޔާއިން އިތުރުވެފައެވެ.

ފެނަކަ އާއި މެދު ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރެވިފައިވާއިރުވެސް މިހާތަނަށް ސަރުކާރުން އެކަމާ ގުޅޭގޮތުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވެއެވެ. އެންޓިކޮރަޕްޝަން ކޮމިޝަނަށްވެސް އެކި ފަރާތްތަކުން ފެނަކައިގެ އެތައް މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީގެން އެތައް ފަހަރަކު ސަޕްލަޔަރުން ވަނީ މުޒާހަރާކޮށްފައެވެ.

މި ލިއުމާއި ގުޅޭ