Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްރީލަންކާ

ފަންގަލް އިންފެކްޝަނެއް ޖެހިގެން ކެންޑީ ހޮސްޕިޓަލުގައި ހަތް މީހަކު މަރުވެއްޖެ

ސްރީލަންކާގެ ކެންޑީ ހޮސްޕިޓަލުގައި ފަންގަލް އިންފެކްޝަންގެ ސަބަބުން 7 މީހަކު މަރުވެއްޖެ ކަމަށް ލަންކާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

ޑެއިލީމިރާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފަންގަލް އިންފެކްޝަންގެ ޖެހިގެން މަރުވި ކަމަށް ތުހުމަތު ކުރެވޭ ހަތް މީހުންގެ މައްސަލަ ހެލްތު މިނިސްޓްރީން ފުޅާ ދާއިރާއެއްގައި ބަލަން ފަށާފައިވާ ކަމަށް ސްރީލަންކާގެ ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސަސް ޑރ.އަސޭލާ ގުނަވަރުދަނާ ވިދާޅުވި އެވެ.

ގުނަވަރުދަނާ ވިދާޅުވީ މި ބަލި މީހުންނަށް ފަރުވާ ދީފައިވަނީ 2026 ވަނަ އަހަރާ ހަމައަށް އެންއެމްއާރްއޭ އިން ހުއްދަ ދީފައިވާ ބޭހެއް ކަމަށްވާ ޕެރިޓޯނިއަލް ޑައިލިސިސް ސޮލިއުޝަނުން ކަމަށެވެ.
މިއީ މިބާވަތުގެ ފުރަތަމަ މިސާލެވެ. ހޮސްޕިޓަލުގެ މެނޭޖްމަންޓުން އަޅުގަނޑުމެންނަށް އަންގާފައި އޮތީ ޖެނުއަރީ މަހު އެކަކު މަރުވި ކަން އަދި މި އަހަރުގެ ޖޫން މަހު ފަސް މީހަކު މަރުވި ކަމަށް،" އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ، އަޅުގަނޑުމެން މިވަނީ އެ ހާދިސާތަކުގެ ފުރިހަމަ ތަހުގީގެއް ފަށާފައި. އެހެން ނަމަވެސް މަރުވެފައިވަނީ ފަންގަލް އިންފެކްޝަނެއްގެ ސަބަބުން ކަމެއް އަދި ނޭނގޭ،" ޑރ ގުނަވަރުދަނާ ވިދާޅުވި އެވެ.
ޕެރިޓޯނިއަލް ޑައިލިސިސް އަކީ ލޭގައި ހުންނަ ކުނީގެ ބާވަތްތައް ނައްތާލާނެ ގޮތެކެވެ. މިއީ ކިޑްނީއަށް އިތުރަށް ލޭ ރަނގަޅަށް ފިލްޓަރ ނުކުރެވޭ ހާލަތްތަކުގައި ކިޑްނީ ފެއިލްވުމުން ސަލާމަތް ކުރުމަށް ދެވޭ ފަރުވާއެކެވެ. މިފަރުވާ ޢާއްމުކޮށްދެނީ ޕެރިޓޯނިއަލް ޑައިލިސިސްގައި ސާފުކުރާ ފްލުއިޑެއް ޓިއުބެއްގެ ތެރެއިން ބަނޑުގެ ތެރެއަށް ފޮނުވައިގެންނެވެ.
ފަންގަލް އިންފެކްޝަންތައް ޖެހެނީ އެކި ވައްތަރުގެ ފަންގަސްގެ ސަބަބުން ކަމަށްވާއިރު، އޭގެ ސަބަބުން ހަންގަނޑާއި ނޭފަތާއި އެތެރޭގެ ގުނަވަންތައް ހިމެނޭ ގޮތަށް ހަށިގަނޑުގެ އެކި ތަންތަނަށް އަސަރުކުރެއެވެ.
ފަންގަލް އިންފެކްޝަނަށް ޝައްކުކުރެވޭ އެއްވެސް އިންފެކްޝަނެއް ފެނިއްޖެނަމަ، އެކަން ރަނގަޅަށް އިވެލުއޭޓްކޮށް، ދެނެގަނެ، ފަރުވާ ދިނުމަށް ޓަކައި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތަކާ މަޝްވަރާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
މި ލިއުމާއި ގުޅޭ