Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާސަންދަ

އާސަންދައަށް ކަނޑައެޅި 1 ބިލިއަން ރުފިޔާގެ ބަޖެޓު ހުސްވެއްޖެ

ދައުލަތުގެ އިންޝުއަރެންސް ސްކީމް އާސަންދައަށް މިއަހަރަށް ކަނޑައެޅި ބަޖެޓު ހުސްވެއްޖެއެވެ.

މިއަހަރު އާސަންދައަށް ކަނޑައަޅާފައިވަނީ 1.045 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއަދު ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު 6 ޖުލައިގެ ނިޔަލަށް އާސަންދައަށް ވަނީ 1.154 ބިލިއަން ރުފިޔާ ހަރަދުވެފައެވެ. އެހެން ކަމުން މިހާރު މިއަހަރަށް ކަނޑައެޅި ބަޖެޓަށްވުރެ 100 މިލިއަން ރުފިޔާ އިތުރަށް ވަނީ ހަރަދުކުރެވިފައެވެ.

މި އަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓު އެކުލަވައިލިއިރު އާސަންދައިގެ ޚަރަދު ކުޑަކުރުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅައި ބަޖެޓުގެ ޑެފިސިޓު ކުޑަކޮށް ޚަރަދު ކުޑަކުރާނެކަމަށް ސަރުކާރުން ބުނެފައިވެއެވެ. އެހެންނަމަވެސް މިހާތަނަށް ޚަރަދުކުޑަކުރަން އަޅަން ބަޖެޓުގައި ހިމެނި އެއްވެސް ކަމެއް ތަންފީޒުކުރެވިފައިނުވެއެވެ.

އާސަންދައިގެ ވަރަށް ބޮޑު އިންސައްތައެއް މިހާރު ހޭދަކުރަންޖެހެނީ އިންޑިއާގެ އެކިއެކި ހޮސްޕިޓަލްތަކަށް ފައިސާ ދެއްކުމަށެވެ. އައިޖީއެމްއެޗްގެ ވަރަށް ހިދުމަތްތައްވެސް އިންޑިއާގެ ހޮސްޕިޓަލްތަކަށް އައުޓްސޯސްކޮށް އެ ހޮސްޕިޓަލުން ހޯދާ ފަރުވާތަކަށްވެސް އިންޑިއާގެ ހޮސްޕިޓަލްތަކުން ދަނީ ބޮޑު އަގު ޗާޖު ކުރަމުންނެވެ.

އާސަންދަ އާއި އެންސްޕާއަށް ހަރަދުކުރާ ގޮތާއި މެދު ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންވެސް ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށް، ހަރަދުކުރާ އުސޫލުތައް އިސްލާހުކުރުމަށް ލަފާދީފައެވެ. އެހެން ނަމަވެސް ސަރުކާރުން އެލަފާތަކަށް އަމަލުކޮށްފައިނުވެއެވެ.
މި ލިއުމާއި ގުޅޭ