Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ އަހްމަދު ޝިޔާމް

ދިވެހި ރައްޔިތުން އަލީ ޒާހިރު ގާތުން އެދެނީ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ނުފޯރުވަން: ޝިޔާމް

ދިވެހިރައްޔިތުންގެ ތެރެއިން އެއް ލައްކައެއްހާ މީހުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އާއި އެއޮފީހުގައި މަސައްކަތް ކުރާ ނަސީރުގެ އަރިހުން އެދެނީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޝަރީއަތަށް ނުފޫޒު ނުފޯރުވުމަށް ކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެެވެ.

ޕީޕީއެމްގެ އޮފީހުގައި ރޭ އޮތް ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ރައީސް ޔާމީންއަށްވާ ކޮންމެ ދެރައެއް އެއްލައްކަ އަށްވުރެ ގިނަ މީހުން ކުރާނެ ކަމަށާއި އެމަނިކުފާނަށްދޭ ކޮންމެ ގެއްލުމެއް އެރައްޔިތުން ގާތުން ބަލަމުންދާނެ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުޅެވެނީ އެންމެ ފަރުދަކާ ނޫން ކަމަށާއި އެކުޅެވެނީ ދިވެހި އެއް ލައްކަ އަށްވުރެ ގިނަ ޔަރްޔިތުންގެ ޖަޒްބާތާކަމަށެވެ.

"އެހެންވީމާ މިދަންނަވަނީ ކޯޓުތަކުގައި ތިއްބަވާ ބޭފުޅުންނަކީ އަޅުގަނޑުމެން ޔަގީން ކުރަން އެބޭފުޅުންނަކީ ކުރައްވައިގެން ތިއްބެވި ހުވާގެ މަތީގައި ތިއްބެވި ބޭފުޅުން. އެބޭފުޅުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭނުންވާ ސިޔާސީ މަންފާއެއް ހާސިލްކޮށްދެއްވުމުގެ ނުބައި ނިޔަތުގައި އެއްވެސް ބޭފުޅަކު މަސައްކަތް ނުކުރައްވާ. އެއަށްވުރެ މާމަތީ ހުވައެއް ކުރައްވައިގެން ތިއްބެވި ބޭފުޅުން ކޯޓުތަކުގައި އެތިއްބެވީ." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރިޔާސީ އިންތިޚާބާއި މިދޭތެރޭގައި އޮތް ދޮޅުމަހެއްހާ ދުވަހު ރައީސް ޔާމީން އަށް ތާއީދު ކުރާ އެ އެއްލައްކައަށް ވުރެ ގިނަ މީހުން ނުނިދާނެ ކަމަށެވެ. އެރައްޔިތުން ތިބޭނީ ފަނޑިޔާރުގެއަށް އަތް ބޭނުމަށް މަސައްކަތް ކުރާ މީހުންގެ ފަސްފަހަތުގައި ކަމަށެވެ.

"އެެހެންވީމާ އަޅުގަނޑުމެން މިދަންނަވަނީ ފަނޑިޔާރުގެއާ ކުޅެން މި މަސައްކަތް ކުރައްވާ ރައީސްއިބްރާހިމް މުހައްމަދު ސޯލިހްގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރަށް ތިކަން ހުއްޓާލާށޭ. އަލީ ޒާހިރު ތިކަން ހުއްޓާލާށޭ. ނަސީރު ތިކަން ހުއްޓާލާށޭ. ދިވެހި ރައްޔިތުން މިވިދާޅުވަނީ" ޝިޔާމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ ކުރިޔަށް ގެންދިޔަ ނުދިނުމަށް ސަރުކާރު ތެރެއިން ރާވައިގެން ޖުޑީޝަރީގެ ތެރެއަށް އަތް ބާނަމުންދާ ކަމަށް އިދިކޮޅުން އަންނަނީ ކެނޑި ނޭޅި ބުނަމުންނެވެ. އެއަށް ބާރު ލިބޭ ގޮތަށް ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ގާޟީންގެ ތެރެއިން ދެފަނޑިޔާރަކު ވަނީ މައްސަލަ ކުރިއަށް ދަނިކޮށް ކުއްލި ގޮތަކަށް ޗުއްޓީ ނަންގަވައިފައެވެ.

މި ލިއުމާއި ގުޅޭ