Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރަނިލް ވިކްރަމްސިންގް

ސްވިޑަންގައި ކީރިތި ޤްރްއާން އަންދާ މައްސަލަ ސްރީލަންކާގެ ރައީސް ކުށްވެރިކުރައްވައިފި

ސްވިޑެންގައި ކީރިތި ޤުރުއާން އަންދާ މައްސަލަ ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ކުށްވެރިކުރައްވައިފިއެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގައި އިއްޔެ ވާހަކަ ދައްކަވަމުން ރަނިލް ވިދާޅުވީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ތެރެއަށް ހުރިހާ ކަމެއް ނުފެތޭނެ ކަމަށެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ވެސް ވަކި އިމެއް ކަނޑައެޅިފައި އޮންނަ ކަމެއް ކަމަށް ރަނިލް ވިދާޅުވި އެވެ.
ރަނިލް ވިދާޅުވީ ޖެނީވާގައި ހުންނަ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން މިކަމުގައި ހިމޭނުން ތިބީ ކީއްވެތޯ އާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގޮތުގައި ލޭބަލްކޮށް އެ ގާނޫނަށް ހުއްދަ ދީފި ނަމަ ދުނިޔޭގެ ދެކުނު އަދި ހުޅަނގުގެ ގައުމުތަކުގެ ވެލިއު ސިސްޓަމްތަކުގެ މެދުގައި ބައިބައިވުން އުފެދިގެން ދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ހުޅަނގުގެ ބައެއް ގައުމުތަކުން މަސައްކަތް ކުރަނީ "ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ" މާނަ ފުޅާކޮށް އެފަދަ އަމަލުތައް ހިންގުމުގެ ހައްގު ހިމެނުމަށް ކަމަށްވާއިރު، އދ.ގެ އެޗްއާރުސީން އެ ކަމުގެ ލިމިޓްތައް ސާފުކޮށް ކަނޑައަޅަން ޖެހޭ ކަމަށެވެ.
ލަންކާގެ މީޑިއާތަކުން ބުނީ ވިކްރަމަސިންހަ ވަނީ ސްރީލަންކާގެ ބައިނަލްއަގްވާމީ މަސްއޫލިއްޔަތުތައް އަދާކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ތަކުރާރުކުރައްވާފައެވެ.
އަދި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލަށް މި މައްސަލަ ހުށަހަޅަން ފޮރިން މިނިސްޓްރީއަށް އަންގާފައިވާނެ ކަމަށާއި ދުނިޔޭގެ ފެންވަރުގައި އިންސާނީ ހައްގުތައް ކަށަވަރު ކުރުމުގައި ކޮމަންވެލްތުން ވެސް ދައުރެއް އަދާކުރުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
އަދި މިއީ ގްލޯބަލް ސައުތުގެ އިންސާނީ ހައްގުތަކުގެ އަސާސްތައް އެ ނިޒާމުގެ ތެރޭގައި ހިމެނުމަށް އެޅި ފުރަތަމަ ފިޔަވަޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ، ދީނީ އަޅުކަން ކުރުމުގެ މިނިވަންކަން ނިގުޅައިގަތުމުގެ ބަހަނާއެއް ކަމަށް ހަދާ ނަމަ، ދީނީ ހުރިހާ ފޮތްތަކެއް އަންދައިލި އެޑޮލްފް ހިޓްލަރާ ބެހޭ ގޮތުން އިންސާނީ ތާރީޚު ޖެހޭނީ މުޅިން އަލުން ލިޔަން ފަށާށެވެ. އަދި ޔަހޫދީންގެ ފާދިރީން މަރައި އެ ދީނުގެ ހުރުމަތް ކެނޑި ހިޓްލަރަށް ނޯބެލް ސުލްހައިގެ އިނާމުވެސް ދޭންޖެހޭނެ އެވެ.
ރައީސް ރަނިލްގެ ވާހަކަތައް ބިނާކުރެއްވީ، ސްވިޑންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ އެންމެ ބޮޑު މިސްކިތުގެ ކުރިމަތީގައި، މިއަހަރުގެ އަޞްޙާ އީދު ދުވަހު، މީހަކު ކީރިތި ގުރްއާން އެންދި މައްސަލައަށެވެ.
އިރާގުން ހިޖުރަކޮށް ސްވިޑްންގެ ރައްޔިތުކަން ހޯދައިގެން އުޅޭ، އުމުރުން 37 އަހަރުގެ ސަލްވާން މޫމިކާ ކިޔާ ފިރިހެނެކު އެކަން ކުރީ، ސްވިޑްން ސަރުކާރަށް ލިޔެގެން ހުއްދަ ނުލިބުމުން، ކޯޓަށް ހުށަހަޅައިގެން ކޯޓުން ދިން ހުއްދައެއްގެ ދަށުންނެވެ.
މި ލިއުމާއި ގުޅޭ