Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަޙްމަދު އުޝާމް

އުޝާމް ވިދާޅުވެ ދެއްވީ ރައީސް އިބްރާހިމް އަށް ނޫނެކޭ ބުނަން ޖެހޭ އިތުރު ސަބަބެއް!

ބޭރުގެ ކުންފުނިތައް މިއަދު ރާއްޖޭގެ މުއައްސަސާތަކަށް ވުރެ ބާރު ގަދަވުމަކީ ދިވެހިން މިއަދު ވިސްނާލަންޖެހޭ ކަމެއް ކަމަށާއި މިއީ މިސަރުކާރަށް ކުރިއަށް އޮތް އިންތިހާބުގަ ނޫނެކޭ ބުނަންޖެހޭ އިތުރު އެއް ސަބަބު ކަމަށް ރައްޔިތުން މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވީ ޏ.ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ބޭނުންވާ ހިލަ ބަރުކޮށްގެން ދިޔަ ބާޖު އެރަށު ފަރަށް އެރި މައްސަލަ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ތަހުގީގު ނުކުރަނީސް އެ ބާޖު ފުރައިގެން ދިޔުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެޓްވީޓުގައި އުޝާމް ވިދާޅުވީ އީޕީއޭ އަކީ ފުރިހަމަ އިހްތިޔާރާއި ބާރު ލިބިގެންވާ މިނިވަން ތަނަކަށް ހެދުން އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް 2018 ވަނަ އަހަރު ވެފައިވާ ރިޔާސީ ވައުދެއް ކަމަށެވެ. ވެރިކަމުގެ 5 އަހަރު ނިމެމުންދާއިރު އެވައުދަށް ވީގޮތެއް ހުދު އެމަނިކުފާނަށްވެސް މިއަދު އެނގި ނުލައްވާކަމަށް އުޝާމް ވިދާޅުވިއެވެ.

"ބޭރުގެ މިފަދަ ކުންފުނިތައް މިއަދު މިގައުމުގެ މުއައްސަސާތަކަށް ވުރެ ބާރު ގަދަވުމަކީ ދިވެހިން މިއަދު ވިސްނާލަންޖެހޭ ކަމެއް. މިއީ މިސަރުކާރަށް ކުރިއަށް އޮތް އިންތިހާބުގަ ނޫނެކޭ ބުނަންޖެހޭ އިތުރު އެއް ސަބަބު." އުޝާމް ވިދާޅުވިއެވެ.

ޏ.ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ބޭނުންވާ ހިލަ ބަރުކޮށްގެން ދިޔަ އެމްއެމް އެކްސްޕޯޓުގެ ބާޖު އެރަށު ފަރަށް އެރީ މިދިޔަ ހުކުރު ދުވަހުއެވެ.

އެ މައްސަލައާ ގުޅިގެން އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ނައީމް "ދިޔަރެސް" އަށް ވިދާޅުވީ ބާޖު ފަރަށް ނާރާ ކަމަށް ބުނެ ދޮގު މައުލޫމާތު ދިނުމަށްފަހު އޭތި މިއަދު ހެނދުނު ފުރައިގެން ގޮސްފައިވާ ކަމަށެވެ. އެކަން ކުރީ އެޖެންޓުން އީޕީއޭ އަށް އޮޅުވާލައިގެން ކަމަށް ނައީމް ވިދާޅުވި އެވެ.
އެމްއެމް އެކްސްޕޯޓްގެ ރާއްޖޭގެ އެޖެންޓަކީ 'މެއިންލޭންޑް ޝިޕިން' ކިޔާ ކުންފުންޏެކެވެ. އީޕީއޭ އިން ބުނީ މައްސަލަ ނުނިމެނީސް ބާޖު ފުރި މައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
ބާޖު ފަރަށް އެރުމުން ފުވައްމުލަކު ފަރަށް ލިބިފައިވާ ގެއްލުންތަކާ ގުޅިގެން އެރަށު ޑައިވް އެސޯސިއޭޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ބާޖު ފަރަށް އެރުމުގެ ސަބަބުން ފަރުގެ 350 މީޓަރުގެ ސަރަހައްދަކަށް ގެއްލުން ވެފައިވެ އެވެ. އަދި އެ ސަރަހައްދުގައި 5 މީޓަރާއި 12 މީޓަރާ ދެމެދުގެ ފުން ވަޅުގަނޑުތަކެއް ހެދިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
މީގެ ކުރިންވެސް އެތައް ފަހަރަކު އެމްއެމް އެކްސްޕޯޓުގެ ބޯޓުތައް ރާއްޖޭގެ ފަރުތަކަށް އަރާފައިވެ އެވެ. އެގޮތުން 2014 ގައި އެމްއެމް އެކްސްޕޯޓުގެ ޓަގެއް ތިލަފުށީ ފަރަށް އެރި މައްސަލައާއި، 2015 ގައި އެ ކުންފުނީގެ ޓަގު ބޯޓަކާއި ބާޖެއް ކ. ފުށިދިއްގަރު ފަރަށް އެރި މައްސަލައިގެ އިތުރުން މިދިޔަ މެއި މަހު ހއ. ދިއްދުއަށް ހިލަވެލި ހިފައިގެން ދިޔަ އެ ކުންފުނީގެ ޓަގު ބޯޓަކާއި ބާޖެއް ފަރަށް އެރި މައްސަލަ ހިމެނެ އެވެ.
މި ލިއުމާއި ގުޅޭ