Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދައުލަތުގެ ރިޒާވް

ރާއްޖޭގެ ރިޒާވްގައި ބާކީ ހުރީ 168 މިލިއަން ޑޮލަރު: އެމްއެމްއޭ

ދިވެހި ދައުލަތުގެ ބޭރުފައިސާގެ ރިޒާވްގެ ގޮތުގައި ބާކީ ހުރީ 168 މިލިއަން ޑޮލަރު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމް) އޭގެ ހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުން ޖޫން މަހުގެ ނިޔަލަށް ޖުމްލަ ރިޒާވްގެ ގޮތުގައި ހުރީ 702 މިލިއަން ޑޮލަރެވެ. އޭގެ ތެރެއިން ބޭނުން ކުރެވޭ ގޮތަށް ހުރީ 168 މިލިއަން ޑޮލަރެވެ. ބޭރު ފައިސާގެ ރިޒާވް މިހާ ބޮޑަށް ދަށްވެފައިވާއިރު، ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މިގޮތުން މިހާރު ޑޮލަރު ލިބެނީ 17.80 ރުފިޔާއަށެވެ.

168 މިލިއަން ޑޮލަރަކީ ގާތްގަނޑަކަށް 2 މަހަށް ބޭނުންވާ ވަރަށް މުދާ އިމްޕޯޓުކުރެވޭހާ ފައިސާއެވެ.

ބޭނުން ކުރެވޭ ރިޒާވް އެންމެފަހުން މިހާބޮޑަށް ދަށަށް ގޮސްފައިވަނީ ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އޮކްޓޯބަރު ނިމުނު އިރު ރިޒާވްގައި ބޭނުން ކުރެވޭގޮތަށް ހުރީ 105 މިލިއަން ޑޮލަރެވެ. އެހެންވެ ސަރުކާރުން ވަނީ ނޮވެމްބަރު މަސްތެރޭ އިންޑިއާގެ މަރުކަޒީ ބޭންކުން ލޯނެއް ނަގާފައެވެ. އަދި ރާއްޖޭގައި ހުންނަ އިންޑިއާގެ ސްޓޭޓް ބޭންކަށް ބޮންޑެއް ވިއްކައިގެން ވެސް ފައިސާ ހޯދިއެވެ.

އެހެންވެ ނޮވެމްބަރު މަސް ނިމުނުއިރު ރިޒާވް ވަނީ 219 މިލިއަން ޑޮލަރަށް އަރާފައެވެ. އަދި ރާޢްޖޭގެ ފަތުރުވެރިކަމުގެ ޕީކް މަސް ކަމަށްވާ ޑިސެމްބަރު މަސް ނިމުނު އިރު ބޭނުން ކުރެވޭ ރިޒާވްގައި 267 މިލިއަން ޑޮލަރު ހުއްޓެވެ. އެހެން ނަމަވެސް ދެން އެއަށްފަހު ކޮންމެ މަހަކުވެސް ރިޒާވްގެ މިންވަރު ދިޔައީ ދަށަށެވެ.
ދައުލަތުގެ ރިޒާވް ބިރުވެރި މިންވަރަކަށް ދަށަށް ދިޔަނަމަވެސް ސަރުކާރުން ބުނާ ގޮތުން ރާއްޖޭގެ އިޤްތިސާދީ ހާލަތު ވަރަށް ރަނގަޅެވެ. އަދި ސަރުކާރުން ދަނީ އެކިއެކި ކަންކަމަށް ބޮޑެތި ހަރަދުތައް ކުރަމުންނެވެ. އެ ކަންކަމަށް ފައިސާ ހަމަޖައްސަނީ ފައިސާ ޗާޕުކޮށްގެންނެވެ. ސަރުކާރުން ހުއްޓުމެއްނެތި ފައިސާ ޗާޕުކުރަމުންދާތީ، ފައިސާގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް އެމްއެމްއޭގެ ރިޒާވުގައި ހުންނަ ޑޮލަރު ބޭނުން ކުރަންޖެހެއެވެ. ރިޒާވް ދަށަށް ދަށްދާ ސަބަބުތަކުގެ ތެރޭގައި އެކަން ހިމެނެއެވެ.
މި ލިއުމާއި ގުޅޭ