Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަޙްމަދު އުޝާމް

2019 އިން ފެށިގެން ރައީސް އެމްޑީޕީއަށް ކެމްޕެއިން ކުރުމަށް ބޭނުންކުރެއްވީ ދައުލަތުގެ އުޅަނދުތައް: އުޝާމް

2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބޭއްވުނު ހުރިހާ އިންތިހާބެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްޑީޕއަށް ކެމްޕެއިން ކުރެއްވުަމށް ބޭނުންކުރެއްވީ ދައުލަތުގެ އުޅަނދުތައް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާ މެންބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އަތޮޅުތަކަށް ދަތުރުތައްފަށްޓަވާފައިވާއިރު، ރައީސް އިބްރާހިމް ދަތުރު ކުރެއްވުމަށް އެމްޑީޕީއިން އަގުބޮޑު ޔޮޓެއް ހަމަޖެއްސުމުން މިސަރުކާރުގެ އެކްޑިވިސްޓުން ދަނީ ރައީސަށް ތައުރީފު ކުރައްވަމުންނެވެ.

މިކަމަށް އިޝާރާތް ކުރައްވައި އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބަށް ސަރުކާރުގެ އުޅަނދު ހަމަ އެކަނި ބޭނުން ކުރައްވަނީ ރައީސް އބްރާހިމް އެކަނި ނޫންކަށް ހާމަ ކުރައްވައި އުޝާމް ވިދާޅުވީ މަޖިލިސް އިންތިހާބާއި ކައުންސިލް އިންތިހާބު އަދި ބައިއިލެކްޝަންތަކަށް ރައީސް ސޯލިހުގެ ޕާޓީންވެސް ބޭނުންކުރީ ދައުލަތުގެ އުޅަނދުތައް ކަމަށެވެ.

ރައީސް އިބްރާހީމް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުގައި ބޭނުން ކުރައްވަން އެމްޑީޕީއިން 40 މިލިއަން ރުފިޔާގެ އަގުބޮޑު ޔޮޓެއް ވަނީ ހަމަޖައްސައިފައެވެ.

"މެޖިކް ލޭންޑު" ނަމަކަށް ކިޔާ ސިރެނާ 64 މަރުކާގެ މި ޔޮޓު މިއަދު ށ.ކޮމަންޑޫއަށް ބަނދަރުކޮށްފައިވާއިރު މިއީ އެންމެ މަތީ ފެންވަރުގެ ލަގްޒަރީ ޔޮޓެކެވެ. މި ޔޮޓުގެ އަގަކު 2.5 މިލިއަން ޑޮލަރު (40 މިލިއަން ރުފިޔާ) އެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި މި ޔޮޓު ހަމަޖެއްސީ ވެރިކަން ކުރާ އެމްޑީޕީންނެވެ. ރާއްޖޭގެ ތާރީހުގައިވެސް އަދި ރިޔާސީ ކެނޑިޑޭޓަކު މިހާ އަގު ބޮޑު ޔޮޓެއް ބޭނުން ކުރައްވާފައި ނުވެއެވެ.
މީގެ ކުރިން އެކި ޕާޓީތަކުގެ ކެނޑިޑޭޓުން ކަނޑުމަގުން އެއްރަށުން އަނެއް ރަށަށް ދަތުރުކުރެއްވީ ކުލީ ލޯންޗުތަކާއި، މަސް ދޯނި ތަކުންނެވެ.
އެމްޑީޕީގެ ރައީސް ކަމުގައި ރައީސް މުހައްމަދު ނަޝީދު ހުންނެވިއިރު ކެމްޕެއިނުތަކުގައި ދަތުރުކުރެއްވީ ވަރަށް އާދައިގެ ގޮތަކަށެވެ. 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް ދަތުރުކުރައްވަން ބޭނުން ކުރެއްވީ މުދާ އުފުލާ ބޯޓުތަކާއި މަސްދޯނިތަކެވެ. އޭރު ރައީސް އިބްރާހީމްވެސް ބައެއް ރަށްރަށަށް ވަޑައިގެން އެފަދަ ބޯޓުތަކުގައި ނިދިކުރައްވާ ފޮޓޯތައް އާންމު ކުރެއްވިއެވެ.
މިހާރު ރައީސް އިބްރާހީމް ބޭނުންކުރައްވަމުން ގެންދަވާ ލަގްޒަރީ ޔޮޓަކީ 64 ފޫޓުގެ ޔޮޓެކެވެ. މި ޔޮޓުގައި އެންމެ މަތީ ފެންވަރުގެ ކޮޓަރިތަކާއި، އެންމެ މިޒަމާނުގެ ބަދިގެ އަކާއި ބަނގުރާ ލިބޭނެ ބާއެއް ހުރެއެވެ.
މި ލިއުމާއި ގުޅޭ