Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ރައީސް އިބްރާހީމު ކެމްޕެއިނުގައި ބޭނުން ކުރައްވަނީ 40 މިލިއަން ރުފިޔާގެ އަގުބޮޑު ލަގްޒަރީ ޔޮޓެއް!

ރައީސް އިބްރާހީމް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުގައި ބޭނުން ކުރައްވަން އެމްޑީޕީއިން 40 މިލިއަން ރުފިޔާގެ އަގުބޮޑު ޔޮޓެއް ހަމަޖައްސައިފިއެވެ.

"މެޖިކް ލޭންޑު" ނަމަކަށް ކިޔާ ސިރެނާ 64 މަރުކާގެ މި ޔޮޓު މިއަދު ށ.ކޮމަންޑޫއަށް ބަނދަރުކޮށްފައިވާއިރު މިއީ އެންމެ މަތީ ފެންވަރުގެ ލަގްޒަރީ ޔޮޓެކެވެ. މި ޔޮޓުގެ އަގަކު 2.5 މިލިއަން ޑޮލަރު (40 މިލިއަން ރުފިޔާ) އެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި މި ޔޮޓު ހަމަޖެއްސީ ވެރިކަން ކުރާ އެމްޑީޕީންނެވެ. ރާއްޖޭގެ ތާރީހުގައިވެސް އަދި ރިޔާސީ ކެނޑިޑޭޓަކު މިހާ އަގު ބޮޑު ޔޮޓެއް ބޭނުން ކުރައްވާފައި ނުވެއެވެ.

މީގެ ކުރިން އެކި ޕާޓީތަކުގެ ކެނޑިޑޭޓުން ކަނޑުމަގުން އެއްރަށުން އަނެއް ރަށަށް ދަތުރުކުރެއްވީ ކުލީ ލޯންޗުތަކާއި، މަސް ދޯނި ތަކުންނެވެ.

އެމްޑީޕީގެ ރައީސް ކަމުގައި ރައީސް މުހައްމަދު ނަޝީދު ހުންނެވިއިރު ކެމްޕެއިނުތަކުގައި ދަތުރުކުރެއްވީ ވަރަށް އާދައިގެ ގޮތަކަށެވެ. 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް ދަތުރުކުރައްވަން ބޭނުން ކުރެއްވީ މުދާ އުފުލާ ބޯޓުތަކާއި މަސްދޯނިތަކެވެ. އޭރު ރައީސް އިބްރާހީމްވެސް ބައެއް ރަށްރަށަށް ވަޑައިގެން އެފަދަ ބޯޓުތަކުގައި ނިދިކުރައްވާ ފޮޓޯތައް އާންމު ކުރެއްވިއެވެ.

މިހާރު ރައީސް އިބްރާހީމް ބޭނުންކުރައްވަމުން ގެންދަވާ ލަގްޒަރީ ޔޮޓަކީ 64 ފޫޓުގެ ޔޮޓެކެވެ. މި ޔޮޓުގައި އެންމެ މަތީ ފެންވަރުގެ ކޮޓަރިތަކާއި، އެންމެ މިޒަމާނުގެ ބަދިގެ އަކާއި ބަނގުރާ ލިބޭނެ ބާއެއް ހުރެއެވެ.

މި ލިއުމާއި ގުޅޭ