Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޫރިދޫ

އައިފޯނު 14 ޕްރޯ ލިބޭ ޕްރޮމޯޝަނެއް އުރީދޫއިން ފަށައިފި

އަލްހާ އީދު ބަންދާ ގުޅުވައިގެން އުރީދޫއިން އެ ކުންފުނީގެ ހޯމްބްރޯޑްބޭންޑް، ސުޕަނެޓް، ފަސޭހަ އަދި އެއާފައިބާގެ ހިދުމަތްތައް ބޭނުންކުރާ ކަސްޓަމަރުންނާއި އަލަށް ހިދުމަތް ނަގާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އުރީދޫން ބުނީ މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން އާ ސުޕަނެޓް ކަނެކްޝަނެއް، ފަސޭހަ ހޯމް ބްރޯޑްބޭންޑް ނުވަތަ ފަސޭހަ ޕްލަސްގެ އިތުރުން 5ޖީ އެއާފައިބާ އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް އައިފޯން 14 ޕްރޯ ހޯދުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.

އަދި ސުޕަނެޓް ޕްލޭން އަޕްގްރޭޑް ކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ތިން ފަރާތަކަށްވެސް ހާއްސަ އިނާމުތަކެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފައިވާއިރު އޭގެ ތެރޭގައި ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑް، ވާވޭ ވޮޗް ބަޑްސް އަދި ސެމްސަންގް ގެލެކްސީ ބަޑްސް 2 ގްރެފައިޓް ފަދަ އަގުހުރި އިނާމުތަކެއް ހިމެނޭކަމަށްވެސް އުރީދޫން ބުނެފައިވެއެވެ.

އުރީދޫއިން ބުނިގޮތުގައި ނަސީބުވެރި ފަރާތްތައް ހޮވާނީ އެ ޕްރޮމޯޝަން ނިމުމަށް ފަހު އަންނަ މަހުއެވެ.

މި ލިއުމާއި ގުޅޭ