Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެޕަލް

އެޕަލްގެ އައިފޯން 15 ، އައިފޯން 14 އަށް ވުރެ ބޮޑުތަނުން އަގުބޮޑުވާނެ: މީޑިއާ

އެޕަލްގެ ކުރިއަށްއޮތް އައިފޯން 15 ޕްރޯ މެކްސް، އެކުންފުނިން އެންމެފަހުން ނެރެފައިވާ އައިފޯން 14 ޕްރޯ މެކްސް އަށް ވުރެ ބޮޑުތަނުން އަގުބޮޑު ވެދާނެކަމަށް އޮންލައިން މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އެޕަލް އިން ނެކްސްޓް ޖެނެރޭޝަންގެ އައިފޯން މޮޑެލްތަކާ ބެހޭ ތަފްސީލްތައް އަދި ހާމައެއް ނުކުރެ އެވެ. އެހެންނަމަވެސް ކުރިއަށް އޮތް އައިފޯން 15 ސީރީޒްގެ ތަފްސީލުތައް ރަސްމީކޮށް އިއުލާނު ކުރުމުގެ ކުރިން އިންޓަނެޓްގައި އެ ސީރީޒް އާއި ބެހޭގޮތުން ދަނީ ތަފާތު ވާހަކަތައް ގުގުމަމުންނެވެ.
ފާއިތުވި ދެމަހެއްހާ ދުވަހުގެ ރިޕޯޓްތަކުގައި އެޕަލް ކުންފުނީގެ ކިބައިން އުއްމީދު ކުރެވޭ ގިނަ ކަންތައްތަކެއް ތަފްސީލުކޮށް ދީފައިވާއިރު، އިތުބާރު ހުރި މީޑިއާ އަކުން ނެރުނު އާ ރިޕޯޓެއްގައި ކުރިއަށް އޮތް އައިފޯން މޮޑެލްތަކުގެ އަގުތަކާއި، ހާއްސަކޮށް އައިފޯން 15 ޕްރޯ މެކްސްގެ އަގުތަކަށް އަލިއަޅުވާލާފައި ވެއެވެ.
އެޕަލްގެ އެނަލިސްޓެއް ކަމަށްވާ ޖެފް ޕޫ (މެކްރޫމޯސް.ކޮމް މެދުވެރިކޮށް) ގެނެސްދިން ރިޕޯޓެއްގައި ވާގޮތުން އެޕަލްގެ ކުރިއަށް އޮތް ދެ ޕްރޯ މޮޑެލް ކަމަށްވާ އައިފޯން 14 ޕްރޯ އަދި އައިފޯން 14 ޕްރޯ މެކްސްގެ އަގު މިދިޔަ އަހަރުގެ އައިފޯން 14 ޕްރޯ އާއި އައިފޯން 14 ޕްރޯ މެކްސް އާ އަޅާ ބަލާއިރު ބޮޑުތަނުން އަގު ބޮޑުވާނެ އެވެ.
މީގެ އިތުރުން، ބޮޑު ބެޓެރީއަކާއި 6.1 އިންޗީގެ ޑިސްޕްލޭއެއްގެ އިތުރުން، އައިފޯން 15 ޕްރޯ މެކްސް އާއި އައިފޯން 15 ޕްރޯ - ޕެރިސްކޯޕް ލެންސް އާ ދެމެދު ބޮޑު ތަފާތެއް ހުންނާނެ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އޭނާ ބުނި ގޮތުގައި ދެ ޕްރޯ މޮޑެލްގެ ފަހަތުގައި ޓްރިޕްލް ކެމެރާ ސެޓަޕްގެ ބައެއްގެ ގޮތުގައި ޓެލެފޮޓޯ ލެންސް ހިމަނާފައިވާއިރު، އައިފޯން 15 ޕްރޯ މެކްސްގައި ޕެރިސްކޯޕް ލެންސެއް ހިމެނޭނެއެވެ. އަދި މިއީ މިދިޔަ އަހަރުގެ އައިފޯން 14 ޕްރޯ މޮޑެލްތަކުން ފޯރުކޮށްދިން ތްރީއެކްސް ޒޫމްއަށް ވުރެ ބޮޑު ކުރިއެރުމެއް ކަމަށް އޭނާގެ އެ ރިޕޯޓްގައި ބުނެފައިވެއެވެ.
އެހެނިހެން ބައެއް ދިރާސާވެރިންގެ ރިޕޯޓްތައްވެސް ބުނާ ގޮތުން އައިފޯން 15 ސީރީޒްއަށް މިދިޔަ އަހަރުގެ އައިފޯން 14 ސީރީޒަށް ވުރެ ބޮޑު ބެޓެރީއެއް ލިބުމުގެ ފުރުސަތު އެބައޮތެވެ. އައިފޯން 15 ގައި 3،877 އެމްއޭއެޗްގެ ބެޓެރީއެއް ހުންނާނެ ކަމަށް ބެލެވޭއިރު، އައިފޯން 15 ޕްލަސް އަށް 4،912 އެމްއޭއެޗްގެ ބެޓެރީއެއް ލިބޭނެ ކަމަށް ބެލެވެ އެވެ. މީގެ އިތުރުން އައިފޯން 15 ޕްރޯގައި 3،650 އެމްއޭއެޗްގެ ބެޓެރީއެއް ޕެކްކުރާނެ ކަމަށް ބެލެވޭއިރު، އައިފޯން 15 ޕްރޯ މެކްސްގައި 4،852 އެމްއޭއެޗްގެ ބެޓެރީއެއް ހުންނާނެ ކަމަށް ބެލެވެ އެވެ.
މީގެ އިތުރުން 2023 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ގާތްގަނޑަކަށް 84 މިލިއަން ޔުނިޓް އުފެއްދި އައިފޯން 15 ސީރީޒް 2023 ވަނަ އަހަރުގެ އޮގަސްޓް މަހު މާސް ޕްރޮޑަކްޝަނަށް ނުކުންނާނެ ކަމަށް ބެލެވެ އެވެ. އައިފޯން 15 ގެ ހަތަރު މޮޑެލްގައި ވެސް ޔޫއެސްބީ-ސީ ޕޯޓަކާއި ޑައިނަމިކް އައިލެންޑް ފީޗާ ހިމެނޭނެ ކަމަށް ބެލެވެ އެވެ.
އަދި އައިފޯން 15 ގެ ފްރޭމަށް ބަލާއިރު، މިދިޔަ އަހަރު ތައާރަފްކުރި އައިފޯން 14 ސީރީޒްގެ ފްރޭމަށްވުރެ ތަންކޮޅެއް ކާވްޑް ފްރޭމަކަށް ވާނެކަމަށްވެސް ރިޕޯޓްތަކުގައި ފާހަގަ ކޮށްފައިވެއެވެ.
މި ލިއުމާއި ގުޅޭ