Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދީން

އިސްލާމްދީނާ ދެކޮޅު ހަރަކާތެއްގައި ދިވެހި ދިދަ ބޭނުންކުރި މީހާއަށް ހަރުކަށި ފިޔަވަޅު އެޅުމަށް "މައިންޑްސް"އިން ގޮވާލައިފި

އިނގިރޭސި ވިލާތުގައި ބޭއްވި އިސްލާމް ދީނާ ޚިލާފު ހަރަކާތެއްގައި ދިވެހި ދިދަ ބޭނުން ކުރި މީހާ އާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް "މައިންޑްސް" އިން ގޮވާލައިފިއެވެ.

"މައިންޑްސް" ޖަމިއްޔާ އަކީ ދިވެހި ސިފައިންނާއި ފުލުހުންގެ ތެރޭގައި ހިދުމަތްކޮށް ވަކިވެފައިވާ ފަރާތްތަކުގެ މެދުގައި އުފެއްދި ޖަމިއްޔާއެކެވެ.

އެޖަމިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިނގިރޭސި ވިލާތުގައި "ކައުންސިލް އޮފް އެކްސް މުސްލިމްސް އޮފް ބްރިޓްން" އިން ބޭއްވި އިސްލާމްދީނާ ދެކޮޅު ރެލީއެއްގައި ދިވެހި ދިދަ ހިފައިގެން މީހަކު ބައިވެރިވެ، އިސްލާމްދީނާ ދެކޮޅު ލިޔުންތައް އުފުލައި، އެފަދަ ޝިޔާރުތަކުން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރަމްޒުކޮށްދޭ ދިވެހި ދިދަ ތައްޔާރުކޮށް އެދިދައިގެ އަގުވައްޓާލައި އިސްލާމްދީނާ ދެކޮޅަށް ނަފުރަތުގެ ބަސްތައް އިއްވަމުން ހިންގި މުޑުދާރު އަމަލު އެޖަމިއްޔާ އިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އަދި މިކަމާ ދެކޮޅަށް މިހާތަނަށް ދިވެހިސަރުކާރުގެ އެއްވެސް މުއައްސަސާއަކުން އެއްވެސް ފިޔަވަޅެއް އަޅައިފައި ނުވާތާނގައި އެއްވެސް ބަހެއްވެސް ބުނެފައިނުވުމަކީ އެޖަމިއްޔާގެ ނުހަނު ބޮޑު ކަންބޮޑުވުމެއް ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން މާތްވެގެންވާ އިސްލާމްދީނަށް އިހާނެތި ބަސްތައްބުނެ އެދީނުގެ ހުރުމަތް ކަނޑައި، ދިވެހި ގައުމިއްޔަތުގެ ގަދަރަށް އުނިކަންލިބޭ މިބާވަތުގެ އަމަލު ހިންގާ މީހުންނާމެދު ގާނޫނީގޮތުން އެޅެންއޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް އެޖަމިއްޔާއިން ވަނީ ގޮވާލައިފައެވެ.

އެއް ޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދީ، އިސްލާމްދީނަށް ފުރައްސާރަކޮށް ލަންޑަންގައި ބޭއްވި އެއްވުމުގައި ބައިވެރިވެފައިވަނީ މުރުތައްދު ވެފައިވާ ދިވެއްސެއް ކަމަށްވާ ހުސެއިން ޝައިހާން އެވެ. އޭނާ ވަނީ އެ ފޮޓޯތައް ސޯޝަލް މީޑިއާގައި އަމިއްލައަށް ހިއްސާކޮށްފައެވެ.

މުރުތައްދު ޝައިހާން އަކީ އޭނާގެ ޓްވިޓާ އެކައުންޓުން އިސްލާމްދީނަށް ފުރައްސާރަ ކުރަމުން ގެންދާކަން ބޭޒާރުވުމުން ވެސް ދިވެހި ސަރުކާރުން އޭނާގެ މައްސަލަ ތަހްގީގުނުކޮށް، ރާއްޖެ އިން ފުރައިގެން ދާން އޭނާ އަށް ފުރުސަތު ފަހިކޮށްދިނުމުން ރާއްޖެ އިން ބޭރަށް ގޮސް އިސްލާމްދީނަށް ފުރައްސާރަ ކުރަމުންދާ މީހެކެވެ.

ލަންޑަންގައި ބޭއްވި އެއްވުމުގައި ވަނީ އެއްޖިއްސުން ގުޅުން ހިންގުމަށް ހިތްވަރުދީ، އެފަދަ ކަންކަމާ ދެކޮޅަށް އިސްލާމީ ގައުމުތަކުގައި ހަދާފައިވާ ގާނޫނުތަކާ ދެކޮޅަށް އަޑު އުފުލައި، މާތް ﷲ އަށް ނިސްބަތްކޮށް ހުތުރު ބަސްތައް ރައްދުކޮށްފައެވެ. މިއެއްވުމުގައި މުރުތައްދު ޝައިހާން ހުރީ މާތްﷲ އަށް ނިސްބަތްކޮށް ހުތުރު ބަހެއް ލިޔެފައިވާ ޕޯސްޓަރެއް ހިފައިގެންނެވެ.

ފަހަކަށް އައިސް ދިވެހިން އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. ނަމަވެސް އެފަދަ މައްސަލަތައް ހާއްސަ ސަމާލުކަމެއް ދީގެން ފުލުހުން ތަހްގީގެއް ނުކުރެއެވެ. އެފަދަ ކަންކަން ކުރާ މީހުން ރާއްޖެ އިން ބޭރަށް ފުރައިގެން ދިއުމަށް ވެސް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން އެހީތެރިވާ ކަމުގެ ތުހުމަތު އެބައޮތެވެ.
މި ލިއުމާއި ގުޅޭ