Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ތިލަމާލެ ބްރިޖު

ފެކްޓް ޗެކް: ބުރިޖުގެ ޕްރިކާސްޓު ސެގްމެންޓާ ގުޅިގެން އިންޑިއާއިން ފަތުރަނީ ދޮގެއް

އިންޑިއާގެ އެފްކޯންސް ކުންފުނިން އަޅަމުންދާ ވިލިމާލެ ބުރިޖުގެ ވަކިން އިމާރާތްކޮށްގެން ގުޅުވާ ގޮތަށް ތައްޔާރުކޮށްފައިވާ ބައިތައް، ނުވަތަ ޕްރީކާސްޓް ސެގްމެންޓުތަކާ ގުޅޭ ގޮތުން އިންޑިއާއިން ފަތުރަނީ ދޮގެއްކަން ހާމަވެއްޖެއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން މިއަދު ކުރި ޓުވީޓެއްގައި ބުނީ ލޯންގް ލައިން ކާސްޓިން މެތަޑް ބޭނުންކޮށްގެން މިހާތަނަށް ދުނިޔޭގައި ހެދި އެންމެ އުސް ނުވަތަ ދިގު ޕްރިކާސްޓިން ސެގްމެންޓަކީ ތިލަމާލެ ބުރިޖަށް ހަދާފައިވާ ސެގްމެންޓުތައް ކަމަށެވެ.

އެ ސެގްމެންޓުތަކުގެ ދިގުމިނުގައި 8.177 މީޓަރު ހުންނާނެކަމަށާއި އެއީ ދުނިޔޭގައިވެސް ހެދި އެންމެ ދިގު ސެގްމެންޓުތައްކަމަށް އެމްބަސީން ދައުވާކޮށްފައިވެއެވެ.

ނަމަވެސް ލޯންގް ލައިން ކާސްޓިން މެތޮޑު ބޭނުންކޮށްގެން އެއަށްވުރެ ދިގު ޕްރިކާސްޓު ސެގްމެންޓުތައް ކުރިންވެސް ހަދާފައިވެއެވެ. އެގޮތުން ހޮންކޮންގުގެ ޝުހާއީ މަކާއޯ ބުރިޖަކީ މުޅިންވެސް ޕްރިކާސްޓު ސެގްމެންޓު ބޭނުންކޮށްގެން ހަދާފައިވާ ބުރިޖަކަށްވާއިރު އެ ބުރިޖުގައި ބޭނުންކުރި އެންމެ ދިގު ޕްރިކާސްޓު ސެގްމެންޓުގައި 10 މީޓަރު ހުންނަކަމަށް އެ ބުރިޖު އެޅި ކުންފުނިން ބުނެފައިވެއެވެ.

ބުރިޖުގެ އިތުރަށް އެހެން ބައެއް އުމްރާނީ ވަސީލަތްތައް ބިނާކުރުމުގައިވެސް ޕްރިކާސްޓިން ސެގްމެންޓުތައް ބޭނުންކޮށްފައި ހުރެއެވެ. އެގޮތުން އިނގިރޭސިވިލާތުގެ ނޯޓުހަމްޕްޓަން ޝަޔާގެ ޓަނަލެއްގައި 8.4 މީޓަރުގެ ޕްރީކާސްޓު ސެގްމެންޓު ބޭނުންކޮށްފައިވެއެވެ. އެހެންކަމުން އެ ސެގްމެންޓުތައްވެސް ތިލަމާލެ ބުރިޖު ހެދުމަށް އަތުރަން ތައްޔާރުކުރާ ބައިތަކަށްވުރެ އުސްވާނެއެވެ.

ކުރިން ރާވައިގެން ބައިތައް ގެނެސް އަތުރައިގެން ބުރިޖު ހެދުމަކީ ބޮޑެތި އަދި ދިގު ބުރިޖުތައް ބިނާކުރަން އާންމުކޮށް ބޭނުންކުރާ މެތޮޑެއް ނޫނެވެ. އަދި ތިލަމާލެ ބުރިޖަށްވުރެ ދިގު ބުރިޖުތައް މިފަދައިން އުސްނުކޮށް ހަދާފައިހުރިކަމަށް ބައެއް ސިވިލް އިންޖިނިއަރުން ބުނެއެވެ.

އަދި އުސް ޕްރިކާސްޓު ސެގްމެންޓުތައް ބޭނުންކޮށްގެން، ލޯން ލައިން މެތޮޑު ބޭނުންކޮށްގެން، ބުރިޖު އެޅި ނަމަވެސް އޭގެ ޒާތުގައި ބުރިޖުގެ ޑިޒައިން އެއަށްވުރެ އިޤުތިޞާދީ ގޮތުން ރަނގަޅު އަގުގެ ގޮތުން ދެކޮޅުޖެހޭ ގޮތް ގޮތަށް ފަރުމާކުރެވެން އޮއްވައިކަންވެސް "ދިޔަރެސް"އަށް މައުލޫމާތު ދެއްވި ސިވިލް އިންޖިނިއަރުން ފާހަގަކުރައްވައެވެ.

ތިލަމާލެ ބުރިޖަކީ 400 މިލިއަން އެމެރިކާ ޑޮލަރު ދަރަންޏަށް އަދި 100 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީ އިންޑިއާއިން ހޯދައިގެން އަޅަން ފެށި ބުރިޖެކެވެ. ބުރިޖުގެ މަސައްކަތް ފެށިފަހުން މަސައްކަތް އަވަސްކުރުމަށް ކަމުގައި ބުނެ އިތުރު 100 މިލިއަން ޑޮލަރުގެ ދަރަނި ސަރުކާރުން ނަގާފައިވެއެވެ.

މި އަހަރުގެ ޖުލައި މަހުގައި މާލެއާއި ވިލިމާލެ ބުރިޖުން ގުޅައިލެވޭނެކަމަށް ސަރުކާރުން ކުރިން ބުނި ނަމަވެސް މިހާރު ސަރުކާރުން ބުނަމުންދަނީ ބުރިޖުގެ މަސައްކަތް ނިމި ބޭނުންކުރެވެން ފެށޭވަރު ވާނީ އަންނަ އަހަރު ކަމަށެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވި ގޮތުގައި ބުރިޖުގެ މަސައްކަތް ނިންމޭ ވަރަކުން ނިމޭ ބައިތައް ހުޅުވައި ބޭނުންކުރަން ފަށަމުންދާނެއެވެ.

މި ލިއުމާއި ގުޅޭ