Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެލެގްޒެންޑާ ލުކަޝެންކޯ

ލުކަޝެންކޯ އާއި ޕްރިގޯޒިންއާ ދެމެދު ކުރި ކޯލްތައް ޖަރުމަނުގެ އިންޓެލް އިން އަޑުއަހައިފި: މީޑިއާ

ޖަރުމަނުގެ ފެޑެރަލް އިންޓެލިޖެންސް ސާވިސް (ބީއެންޑީ) އިން ބެލަރޫސްގެ ރައީސް އެލެކްޒެންޑާ ލުކަޝެންކޯ އާއި ވެގްނާ ގްރޫޕްގެ ބާނީ އެވްޖެނީ ޕްރިގޯޒިންއާ ދެމެދު ކުރެވުނު މުއާމަލާތްތައް ވަޔަރޓެޕްކޮށްފައިވާ ކަމަށް ބައިނަލް އަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ރަޝިއާގައި އޮންނަ އަމިއްލަ އަސްކަރީ ކުންފުނިން ޖޫން މަހުގެ ފަހުކޮޅު ހިންގި ބަޣާވާތް ނިމުމަކަށް ގެނައުމަށް ދެ ބޭފުޅުން ފޯނުން މަޝްވަރާ ކުރެއްވި ކަން ވަނީ އެފޯނު ކޯލްތަކުނ ސާބިތުވެފައެވެ.
ބްރޯޑްކާސްޓަރުންގެ ތަހުގީގާ ހަވާލާދީ މި ފޯންކޯލްތަކާ ބެހޭ ވާހަކަތައް ހިއްސާކުރި އެއް މީޑިއާ ގުރޫޕުން ބުނީ މެދުވެރިއެއްގެ ގޮތުގައި ލުކަޝެންކޯގެ ދައުރު ބާލިންގެ ޖާސޫސުންނަށް އެނގުނު ކަމަށާއި އެ މަޝްވަރާތަކަށް ތަބާވީ ޕްރިގޯޒިން އެއްބަސްވީ އެމީހުންގެ އަމިއްލަ ވަސީލަތްތައް އިތުރުކޮށްދޭނެކަމަށް ލުކަޝެންކޯ ވައުދުވެ ވަޑައިގަތުމުން ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޖަރުމަނުގެ އިންޓެލްއަށް ވަރަށް މުހިންމު ވާހަކަތަކެއް މިފޯނުކޯލްތަކުގެ ޒަރީއާއިން ލިބުނު ކަމަށާއި ނަމަވެސް އެ މަޝްވަރާތަކާ ބެހޭ މާބޮޑު ތަފްޞީލެއް އެފަރާތުން ހާމަކޮށްފައެއް ނުވެއެވެ.
އިންޓެލްގެ ތަރުޖަމާނަކު މިކަމާ ބެހޭ ގޮތުން މީޑިއާއަށް އެއްޗެއް ބުނަން ދެކޮޅު ހައްދަވަމުން ވިދާޅުވީ އާންމުގޮތެއްގައި އިންޓެލިޖެންސްގެ އެއްވެސް މިފަދަ ހޯދުމަކާއި ހަރަކާތަކާ ގުޅޭ ކަންކަމުގައި އެ އިދާރާއިން ފާޅުގައި ވާހަކަ ނުދައްކާ ކަމަށެވެ. ނަމަވެސް އެ މައުލޫމާތު އޭނާ ވަނީ ކަށަވަރުކޮށްދީފައވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އިންޓެލް ސާވިސް އިން ޖަރުމަނު ސަރުކާރަށް ބަޣާވާތުގެ މައުލޫމާތު ދީފައި ނުވަނީ، ވެގްނަރ ހަނގުރާމަވެރިން މިހާރުވެސް ރޮސްޓޮވް-އޮން-ޑޮން ސިޓީގެ ބައެއް ސަރަހައްދުތައް ކޮންޓްރޯލްކޮށް މޮސްކޯއާ ދިމާލަށް ދަތުރުކުރަމުން ދާތީއެވެ.
ޗާންސެލަރު އޮލަފް ޝޮލްޒް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ވެގްނާ ގްރޫޕުގެ ރޭވުންތަކާ ބެހޭ ގޮތުން ބާލިންގެ ޖާސޫސުންނަށް އެއްވެސް ކަމެއް ކުރިން ނޭނގޭ ކަމަށާއި ހަމައެކަނި ރިޕޯޓް ކުރީ އޮބްޒާވް ކުރެވޭނެ ވާހަކަ ކަމަށެވެ.
ނަމަވެސް އަމިއްލަ ވެގްނާރ އަސްކަރީ ކުންފުނިން ބަޣާވާތެއް ހިންގަން ރާވަމުންދާކަމުގެ ނުތަނަވަސް އިޝާރާތްތަކެއް ބީއެންޑީއަށް ފެނިފައިވާ ކަމަށް އޭއާރްޑީން ބުނެއެވެ. އެހެންނަމަވެސް ޕާޓްނަރުންނާ ގުޅައިގެން އެ މައުލޫމާތު ކަށަވަރު ކޮށްފައި ނުވާ ކަމަށް މީޑިއާ ގްރޫޕުން ބުންޏެވެ.
އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވޮޝިންޓަންގެ ޖާސޫސީ އިދާރާތަކަށް ޕްރިގޯޒިންގެ ރޭވުންތައް ކުރިން ވެސް އެނގޭ ކަމަށާއި ބަޣާވާތުގެ އެތައް ދުވަހެއް ކުރިން ވައިޓް ހައުސް އާއި ޕެންޓަގަންއަށް މައުލޫމާތު ދީފައިވާ ކަމަށެވެ. ބާލިންގައި ހުންނަ ޗާންސެލަރުގެ އޮފީހަށް ބީއެންޑީން އެންމެ ފުރަތަމަ އިންޒާރު ދީފައިވަނީ ޖުލައި މަހުގެ 23 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
އޭއާރުޑީން ބުނީ ބުދަ ދުވަހު ބީއެންޑީގެ ޗީފް ބްރޫނޯ ކަހްލް ވަނީ އޭނާގެ އެޖެންސީން އެ މައްސަލަ ބެލި ގޮތާ ގުޅޭ ގޮތުން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވާފައި ކަމަށެވެ.
ޖަރުމަނުގެ މީޑިއާ ގްރޫޕުން ވެސް ރިޕޯޓްކޮށްފައިވާ ގޮތުގައި ބީއެންޑީއިން ވަނީ މިދިޔަ އަހަރު ވެގްނާގެ އެތެރޭގެ މުއާމަލާތްތައް ހެކްކޮށް، އެ ކުންފުނީގެ އެތެރޭގެ މަސައްކަތްތަކާ ބެހޭ ގޮތުން ވަރަށް ރަނގަޅަށް މައުލޫމާތު ދީފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ވަޔަރޓެޕިން މޮސްކޯއަށް ހާމަކުރީ ޖަރުމަނުވިލާތުގައި މިހާރު ޣައްދާރުވުމުގެ ދައުވާ އުފުލާފައިވާ ކާސްޓެން އެލް ނަމަކަށް ކިޔާ މުވައްޒަފެކެވެ.
ޖޫން މަހުގެ ފަހުކޮޅު ޕްރިގޯޒިން ވަނީ ބަޣާވާތެއް ގެނައުމަށް މަސައްކަތް ކޮށްފަ އެވެ. އެހެންނަމަވެސް ބެލަރޫސްގައި އޭނާ މިނިވަންކަމާއެކު ބެހެއްޓުމަށް ހުށަހަޅައި، އޭނާ އާއި އޭނާގެ ހަނގުރާމަވެރިންނަށް ސެކިއުރިޓީ ގެރެންޓީ ދިން ލުކަޝެންކޯއާ އެކު ކުރި މަޝްވަރާތަކަށް ފަހު އޭނާ ވަނީ އޭނާގެ ރޭވުންތައް ދޫކޮށްލައި އަމާން ދީފަ އެވެ.
މި ލިއުމާއި ގުޅޭ