Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް މީޑިޔާ ކައުންސިލު

ޝާފިއުގެ ދައުރު ހަމަވާތީ މީޑިއާ ކައުންސިލަށް ކުރިމަލުމަށް ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެންބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހޯމް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެމްއެމްސީގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުމާލީ އެ ކައުންސިލްގެ މެންބަރު ކަމުގައި ހުރި މުހައްމަދު ޝާފިއުގެ ދައުރު އަންނަ ސެޕްޓެމްބަރު 10 އަށް ހަމާވާތީ އެވެ.
މީޑިއާ ކައުންސިލުގެ މެންބަރެއްގެ ދައުރަކީ ދެ އަހަރެވެ. އަދި ވިދިވިދިގެން އެއްވެސް މެންބަރަކަށް ދެ ދައުރު އަދާ ނުކުރެވޭނެ އެވެ.
އެހެންވެ، ހޯމް މިނިސްޓްރީން ވަނީ މީޑިއާ ކައުންސިލުގެ އާންމު މެންބަރު ކަމަށް މިމަހު 16 ގެ ކުރިން ކުރިމަތިލުމަށް ހުޅުވާލާފަ އެވެ.
މީޑިއާ ކައުންސިލްގެ މެންބަރުންގެ ޝަރުތަކުގެ ތެރޭގައި 18 އަހަރުވެފައިވާ ދިވެއްސަކަށް ވުމާއި، ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައި ނުވުމާއި، އަބުރުވެރި އަހްލާގު ރަނގަޅު މީހަކަށް ވުމުގެ އިތުރުން ވޭތުވެ ދިޔަ 12 މަހުގެ ތެރޭގައި ނޫހެއްގައި ލިޔުނު އެއްޗަކާ ގުޅިގެން ޝަރީއަތަށް ކުށެއް ސާބިތުވެފައި ނުވުން ހިމެނެ އެވެ.
މީޑިއާ ކައުންސިލްގައި ތިއްބަވަނީ 13 މެންބަރުންނެވެ. އެއީ މީޑިއާ ތަކުން އިންތިހާބުކުރާ ހަތް މެންބަރުންނާއި އާންމުންގެ ފަރާތުން ތިއްބަވާ ހަ މެންބަރުންނެވެ.
މި ލިއުމާއި ގުޅޭ