Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަޙްމަދު އުޝާމް

މި ސަރުކާރު މީހުން ހީކުރަނީ ދެންއުޅޭ އެންމެންނަކީ މޮޔައިންކަމަށް: އުޝާމް

މި ސަރުކާރު މީހުން ހީކުރާ ގޮތުގައި އެމީހުން ފިޔަވައި ދެން ދެންއުޅޭ އެންމެންނަކީ މޮޔައިންކަމަށް އުޝާމް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މަޖްލިސް މެމްބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިއަދު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައި މިވަނީ އާރުޑީސީގެ މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް 2019 އިނެ ފެށިގެން ވަދެފައިވާ ގިނަ އަދަދެއްގެ ފައިސާ އަކީ ޕެޓީ ކޭޝް ކަމަށާއި އުސޫލާ ހިލާފަށް އެއްވެސް މުއާމަލާތެއް ހިންގައިފައި ނުވާނެ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ޗީފް ފައިނޭންސް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަން ވިދާޅުވުމާއި ގުޅިގެންނެވެ.

އެކަމަށް ރައްދު ދެއްވައި އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާ ހާމަކަން ބޮޑު ގޮތެއްގައި ސަރުކާރުގެ ކުންފުނިތަކުގަ މި މިންވަރަށް ވައްކަން ކުރަނީ ކޮރަޕްޝަނާމެދު މިސަރުކާރުން ގެންގުޅޭ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ.

އާރުޑީސީއާ ގުޅޭ ގޮތުން، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިން ހުށަހެޅި މައްސަލައެއް ފުލުހުން އަންނަނީ ބަލަމުންނެވެ. އަދި އެކަން ފުލުހުން ވަނީ މީޑިއާތަކަށް އަންގައިފަ އެވެ.

ސީއެފްއޯ ޔާސިރް ވިދާޅުވީ އެހާ ބޮޑު އަދަދެއް ޖަމާ ކުރަން ޖެހެނީ އެ ކުންފުނީގެ 25 ސައިޓާއި ޕްރޮޖެކްޓްތަކުގެ ކަންކަމަށް ވަގުތުން ވަގުތަށް ބޭނުންވާ ފައިސާ ފަސޭހައިން ހޯދޭނެ ގޮތް ހަމަޖައްސަން ކަމަށެވެ. އަދި ވިދާޅުވެފައިވަނީ އެ މުއާމަލާތްތަކުގެ ހުރިހާ ލިޔެ ކިޔުންތަކެއް ހުންނާނެ ކަމަށާއި، އުސޫލުން ބޭރުން އެއްވެސް ފައިސާއެއް ބޭނުން ކޮށްފައި ނުވާނެ ކަމަށެވެ.

ސީއެފްއޯ ޔާސިރް މިހެން ވިދާޅުވެފައިވީ ނަމަވެސް ސަރުކާރު ކުންފުންޏެއްގެ މިހާ ގިނަ އަދަދެއްގެ ފައިސާ އެގޮތަށް މުވައްޒަފުންގެ އެކައުންޓުތަކަށް ޖަމާކުރުމަކީ ކަނޑައެޅިގެން މަނާ ކަމެކެވެ.

މި ލިއުމާއި ގުޅޭ