Saturday 21st Jun 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

ޑީސީޕީ އަލީ ރަޝީދު އަންހެން ފުލުހަކަށް ފޮނުވި މެސެޖުތަކެއް އާންމުވެއްޖެ

ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ރަޝީދު އަންހެން ފުލުހަކަށް ފޮނުވާފައިވާ ނުރަނގަޅު މެސެޖުތަކެއްގެ ސްކްރީން ޝޮޓުތަކެއް އާންމުވެއްޖެއެވެ.

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމުން ޑެޕިއުޓީ ކޮމިޝަނަރުގެ މަޤާމަށް އަލީ ރަޝީދު ޕްރޮމޯޓުކޮށްފައިވަނީ މި ދައުރުގައެވެ. އެއީ 2021 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.

ޑީސީޕީ އަލީ ރަޝީދަކީ އޭނާގެ މަޤާމުގެ ބާރު ބޭނުންކޮށްގެން އޭނާގެ ދަރިފުޅު އެތައް ފަހަރެއްގެ މަތިން މަސްތުގެ ހާލަތުގައި ހުއްޓާ ހައްޔަރުކުރުމުން ބަންދުން މިނިވަންކޮށް ނެރެދެއްވިކަމަށް ތުހުމަތުވާ އޮފިސަރެއްވެސްމެއެވެ.

އަލީ ރަޝީދު އަންހެން ފުލުހަކަށް ކުރި މެސެޖުތަކުގެ ސްކްރީން ޝޮޓުތައް "ދިޔަރެސް"އަށްވަނީ ލިބިފައެވެ. އެ މެސެޖުތަކުގައި އޭނާއަށް އެ އަންހެން އޮފިސަރު ވަރަށް ކަމުދާކަމަށާއި، އޭނާގެ ހަށިގަނޑުގެ ބައްޓަމާމެދު ވަރަށް ގަޔާވާކަމަށްވެސް އަލީ ރަޝީދު ވިދާޅުވެއެވެ.

އަދި އެ އަންހެންކުއްޖާ ކައިރިން މާ ގިނައިން ނުކެއުމަށްވެސް އަލީ ރަޝީދު އެދިވަޑައިގަންނަވައެވެ. "މަލް މާ ގިނައިން ނުކާތި، ފަލަވެދޭނެ،" އަލީ ރަޝީދު ވިދާޅުވިއެވެ. އަދި ސަބަބެއްކަމަށް ފަހަތުން ވިދާޅުވެފައިވަނީ، "ތިބާގެ ހަށިގަނޑުގެ ބައްޓަމަކީ އަހަރެންގެ ފެވަރިޓް" ކަމަށެވެ.

އިތުރަށް އަލީ ރަޝީދުވަނީ އޭނާ އިންތިޒާރުކުރައްވަނީ އެ އަންހެން ފުލުސް މީހާގެ އަތުން ކާންދޭނެ ދުވަހަކަށް ކަމުގައިވެސް ވިދާޅުވެފައެވެ. ފުލުހުންގެ އިދާރާގެ ވެރިޔަކު އެ އިދާރާގެ އަންހެން މުވައްޒަފުންނާ ވާހަކަދައްކަވައިގެން ނުވާނެ ގޮތަކަށް އަލީ ރަޝީދު ވާހަކަދެއްކެވި މައްސަލަ ފުލުހުންގެ އިދާރާގެ ސަމާލުކަމަށް އައި ނަމަވެސް އެ މައްސަލަ އެއްވެސް މިންވަރަކަށް ނުބަލައެވެ.

ޑީސީޕީ އަލީ ރަޝީދު އަންހެން ފުލުހަކާ މައްލަވަކޮށް ވާހަކަދައްކަވާ ޗެޓު ލޮގެއް ލީކުވެފައިވަނީ، އަންހެން ފުލުހަކާއެކު ފުލުހުންގެ އިސްވެރިންތަކެއް ބަދުއަޚުލާޤީ އަމަލު ހިންގައި، އެ އަމަލުތައް ބޭނުންކޮށްގެން ފުލުހުންގެ ވެރިންނަށް ބުލެކްމެއިލްކުރާ މައްސަލައެއް ފެންމަތިވުމުން އެ މައްސަލަ ފުލުހުންގެ އިދާރާއިން އޮއްބައިލުމުގެ މަސައްކަތްކުރާކަން ހާމަވެފައިވަނިކޮށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ޚިދުމަތުގެ ޑިޕާޓުމެންޓުތަކުގެ ހެޑުންވަނީ އެ މައްސަލަ އޮއްބައިނުލައި ރަނގަޅަށް ތަހުގީގުކުރުމަށް ގޮވާލާފައެވެ. ނަމަވެސް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ރިޔާޒުގެ ބެއްލެވުމުގެ ދަށުން އެ ތަހުގީގު ހިންގާއިރު އެފްސީޕީޑީން ބަލާ މައްސަލައިގެ އިންވެސްޓިގޭޝަން އޮފިސަރަކަށް ހަމަޖައްސާފައިވަނީ ސައިބާ ކްރައިމްސް ޔުނިޓުގެ އޮފިސަރެއްކަމަށްވާ ޟިރާރެވެ.

ސަރުކާރުން ބޭނުންވާ ގޮތަށް ބައެއް ތަހުގީގުތައް އަނބުރައިލެއްވުމަށް އޭސީޕީ ރިޔާޒު ތަހުގީގު އޮފިސަރެއްގެ ގޮތުގައި ބޭނުންކުރައްވަނީ މުޅިންވެސް ޟިރާރެވެ، އެގޮތުން ޟިރާރަކީ އިދިކޮޅު ރިޔާސީ ކެނޑިޑޭޓު ރައީސް ޔާމީނުގެ މައްސަލަވެސް ތަހުގީގުކުރުމަށް ރިޔާޒު އިސްކުރައްވާފައިވާ އޮފިސަރެވެ.

މި ލިއުމާއި ގުޅޭ