Monday 17th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

އަންހެން ފުލުހަކާ ތަނުގެ ވެރިން ބަދުއަޚުލާޤީ އަމަލު ހިންގި މައްސަލާގައި ޑިޕާޓުމެންޓުތަކުގެ ހެޑުންގެ ގުރޫޕު ހޫނުވެއްޖެ

އަންހެން ފުލުހަކާއެކު އެ ޚިދުމަތުގެ ބައެއް އިސްވެރިން ބަދުއަޚުލާޤީ އަމަލު ހިންގި މައްސަލަ އެކަށީގެންވާ ގޮތެއްގައި ނުބަލައި މައްސަލަ އޮއްބައިލަން މަސައްކަތްކުރާތީ ފުލުހުންގެ ޑިޕާޓުމެންޓުތަކުގެ ވެރިން ތިއްބަވާ މެސެޖު ގުރޫޕެއް ހޫނުވެ، މައްސަލަ ބެލުމަށް ޑިޕާޓުމެންޓުގެ ހެޑުން ގޮވައިލަން ފަށައިފިއެވެ.

ފުލުހުންގެ އިސް އޮފިސަރަކުވަނީ ގުރޫޕުތަކުގައި ދެކެވުނު ބައެއް ވާހަކަތަކުގެ ސްކްރީން ޝޮޓުތައް "ދިޔަރެސް"އަށް ހިއްސާކޮށްފައެވެ. އެ ގުރޫޕުގައި އެކި ޑިޕާޓުމެންޓުތަކުގެ ހެޑުން ދެއްކި ވާހަކަތަކަށް ބަލާއިރު މި މައްސަލަ ހިނގިކަމާއި އޮއްބައިލަން މަސައްކަތްކުރާކަން އެބޭފުޅުންނަށް އެނގިވަޑައިގެންފައި އޮތްކަމާއި، އެކަމާމެދު ވަރަށް ބޮޑަށް ހިތްޕުޅުހަމަޖެހިވަޑައިގެން ތިއްބެވިކަން އެނގެއެވެ.

ފުލުހުންގެ އިސްވެރިޔަކު ނަން ނުޖެހުން ޝަރުތުކޮށް "ދިޔަރެސް"އަށް މައުލޫމާތު ދެއްވި ގޮތުގައި މި މައްސަލައެއް ފެންމަތިވީ ފުލުހުންގެ ވަޒީފާގައި އުޅޭ ދެމަފިރިންގެ ތެރެއިން ފިރިހެންމީހާއާއި މި މައްސަލާގައި ޝާމިލުވާ އަންހެންކުއްޖާގެ މެދުގައި ނަހަމަ ގުޅުމެއް އޮންނަކަން ފިރިހެންމީހާގެ އަންހެނުން ފެންމަތިކޮށް ޝަކުވާކުރި ހިސާބުންނެވެ. އެ މައްސަލައިގެ ޝަކުވާ ލިބުމާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސްގެ ބިއުރޯއަށް އެ އަންހެންމީހާ ހާޒިރުކޮށް ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް ޔޫނުސް ސަބާހު އޭނާއާ ސުވާލުކުރިއެވެ.

އެ މައްސަލާގައި އޭނާއާ ސުވާލުކުރުމުން އޭނާ ފުލުހުގެ ވަޒީފާއަށް ވަނުމަށްފަހު އަތޮޅު ތެރޭގައި މަސައްކަތްކުރި ދުވަސްވަރު ފުލުހުންގެ އެގްޒެކެޓިވް ފެންވަރުގެ ބައެއް އޮފިސަރުން އެ ރަށްރަށަށް ގޮސް އޭނާއާއެކު ބަދުއަޚުލާޤީ އަމަލުތައް ހިންގިކަމަށް ބުނެ، އޭނާގެ މައްސަލަ ބަލާނަމަ އެ އޮފިސަރުންގެ މައްސަލަތައްވެސް ތަހުގީގުކުރަންޖެހޭނެކަމަށް ބުންޏެވެ. އަދި އޭނާގެ ފޯނުން އެ އޮފިސަރުންނާއި އޭނާއާ ދެމެދުގައި އޮތް ގުޅުމުގެ ހެކިތައްވެސް ދެއްކިކަމަށް "ދިޔަރެސް"އަށް މައުލޫމާތުދެއްވި އޮފިސަރު ވިދާޅުވިއެވެ.
އެއަށްފަހު އަންހެން އޮފިސަރު ވަޒީފާ އަދާކުރަމުން އައި ޑިޕާޓުމެންޓު ބަދަލުކުރިއެވެ. ނަމަވެސް ފަހުން އެ މައްސަލަ ރަސްމީ ތަހުގީގުތަކުގެ ބޭރުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ރިޔާޒުގެ ބެލުމުގެ ދަށުން ހިންގަން ފަށައި އޭނާ މަޤާމުގެ ޒިންމާއިން އެކަހެރިކޮށް، އޭނާގެ ފޯނާއި ލެޕްޓޮޕް ފަދަ އިލެކްޓްރޯނިކް ޑިވައިސްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަން ފުލުހުންގެ އިސްވެރިންގެ ތެރެއިން 2 ބޭފުޅަކު "ދިޔަރެސް"އަށް ކަށަވަރުކޮށްދެއްވާފައިވެއެވެ. އަދި އޭނާއާ ބަދުއަޚުލާޤީ އަމަލު ހިންގި ފުލުހުންގެ އިސްވެރިންނާ ގުޅުންހުރި ހެކިތައް އެ ތަކެތިން ނައްތައިލާފައިވާކަމަށްވެސް އެއިން އެއް އޮފިސަރު މައުލޫމާތު ދެއްވިއެވެ.

"ދިޔަރެސް"އަށް ފުލުހުންގެ އިސް އޮފިސަރަކު މައުލޫމާތު ދެއްވި ގޮތުގައި މި މައްސަލައާ ގުޅިގެން ފުލުހުންގެ ޚިދުމަތުގައި ދެ ކޭހެއް މިހާރު ރަޖިސްޓަރީކޮށްފައި އެބައޮތެވެ. ފުރަތަމަ ކޭހަކީ ފުލުހުންގެ އިސްވެރިންނާއި ސިޔާސީ ބައެއް ބޭފުޅުން ހިމެނޭ ގޮތަށް އެ ބޭފުޅުންނަށް ބުލެކްމެއިލުކުރި މައްސަލައެކެވެ. ދެވަނަ ކޭހަކީ މި މައްސަލާގައި ޝާމިލުވާ އަންހެންކުއްޖާ ވިކްޓަމައިޒްވި މައްސަލައެވެ. މި ދެ ކޭސްވެސް ބަލަމުން އަންނަނީ ފުލުހުންގެ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ޑިޕާޓުމެންޓު (އެފްސީޕީޑީ)އިންނެވެ.

އެ ޑިޕާޓުމެންޓުގައި ކޭސް ރަޖިސްޓަރީކޮށްފައި އޮތް ނަމަވެސް އެ ކޭސްތަކުގެ ތެރެއަށް ނުފޫޒު ފޯރުއްވައި ތަހުގީގު ވަކި ދިމާލަކަށް އަނބުރައިލެއްވުމުގެ ގޮތުން މައްސަލައިގެ ތެރެއަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ރިޔާޒު ވަދެވަޑައިގެންފައިވެއެވެ. އެގޮތުން އެފްސީޕީޑީގެ އިންވެސްޓިގޭޝަން އޮފިސަރު މެދުވެރިކޮށް އެ މައްސަލަތައް ތަހުގީގުކުރުމުގެ ބަދަލުގައި އެ މައްސަލަތައް ތަހުގީގުކުރުމަށް އެ އިދާރާގެ ސައިބާ ކުރައިމު ޔުނިޓުގެ އޮފިސަރެއް ކަމުގައިވާ ޟިރާރު މެދުވެރިކޮށް މައްސަލަ ތަހުގީގުކުރަން ފަށާފައިވާކަމަށް "ދިޔަރެސް"އަށް މައުލޫމާތު ދެއްވި އޮފިސަރު ވިދާޅުވިއެވެ.

"ދިޔަރެސް"އަށް ކަށަވަރުވެފައިވާ ގޮތުގައި މުހައްމަދު ރިޔާޒުގެ އެންގެވުމަށް މައްސަލަ ބައްލަވާ ޟިރާރަކީ އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ތުހުމަތުކޮށް ހިންގާ ތަހުގީގުތައް ހިންގުމުގައިވެސް ރިޔާޒު ބޭނުންކުރައްވާ އިންވެސްޓިގޭޝަން އޮފިސަރެވެ.

"ދިޔަރެސް"އިން މި މައްސަލަ އާންމުކޮށް ތިލަކުރުމާއެކު ފުލުހުންގެ ޑިޕާޓުމެންޓުތަކުގެ ވެރިން ތިބޭ ގުރޫޕުގައި އެ ޚަބަރު ހިއްސާކޮށް ބައެއް ބޭފުޅުންވަނީ އެ މައްސަލަ އޮއްބާލައިގެންނުވާނެ ކަމަށާއި، ރަނގަޅަށް ތަހުގީގުކޮށް ފުލުހުންގެ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާ ފަރާތްތަކާމެދު ފިޔަވަޅުއަޅަންޖެހޭނެކަމަށް ވިދާޅުވެފައިވެއެވެ. އެ ބޭފުޅުން ގޮވައިލައްވާފައިވަނީ މި މައްސަލަ އެކަށީގެންވާ ގޮތެއްގައި ރަނގަޅަށް ތަހުގީގުކުރުމަށެެވެ.

އެސިސްޓެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ބޭނުންފުޅުވާ ގޮތަށް ސިޔާސީ ބައެއް ތަހުގީގުތައް ފުލުހުންގެ އިދާރާ ތެރެއިން ހިންގެވުމުގައި އެންމެ އިސްކޮށް މަސައްކަތްކުރައްވާ ބޭފުޅާއެވެ.

މި ލިއުމާއި ގުޅޭ