Saturday 21st Jun 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރަޝިޔާ

ތިބާއަށް ޙަރާމަސް މަށަށް ޙަލާލު!

ޔުކްރޭން ހަނގުރާމައަށް ދޮޅު އަހަރު ވީއެވެ. ރަޝިޔާއަށް ދަތިކުރުމަށް ޓަކައި ހުޅަނގުން އެޅި އެންމެ ވަރުގަދަ ފިޔަވަޅަކީ ރަޝިޔާގެ ގޭސް ގަތުން މަނާކުރުމެވެ. އެ ގޭސް ގަންނަ ޤައުމުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމެވެ.އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތައް އަތުގުޅައިލައިގެންނެވެ. އެހެނަސް ރަޝިޔާގެ ގޭސް މުޅިދުނިޔެއަށް ދަނީ ވިކެމުންނެވެ. ކުރިއަށްވުރެ މާ ގިނައިންނެވެ. ހަނގުރާމައިގެ ކުރިން ލިބުނު ފައިދާއަށްވުރެ ބޮޑު ފައިދާއެއް މޮސްކޯއަށް ގެނެސްދެމުންނެވެ. ގޭސް ގަންނަ ޤައުމުތަކަށް ބަލާލުމުން ފެންނަނީ ދެ މިންގަނޑެވެ. އެހެންމީހުންނަށް ޙަރާމަސް އަހަރެމެންނަށް ޙަރާމެއް ނޫނެވެ.
ދިރާސާތައް ބުނާގޮތުގައި ރޫސީ ގޭހުގެ އެންމެ ބޮޑު ދެ ބާޒާރަކީ ޗައިނާއާއި އިންޑިޔާއެވެ. އެހެނަސް ރަޝިޔާގެ ގޭހަކީ އަރަތެކެވެ. ރަޝިޔާގެ ތެޔޮ އެތެރެކުރުން މަނާކުރުމަށް ޔޫރަޕްގެ އިއްތިޙާދުން ކަނޑައެޅި ޤަރާރަށް ޢަމަލުކުރަން ފެށުނީ 5 ޑިސެންބަރު 2022 ގައެވެ. އެއީ ރަޝިޔާގެ އާމްދަނީ މަދުކުރުމަށް ޓަކައެވެ. އެއަށްފަހު ރަޝިޔާގެ ތެޔޮ ގަތުމަށް ވެސް އަގެއް ކަނޑައެޅިއެވެ. ޔޫރަޕްގެ އިއްތިޙާދު ބުނާގޮތުގައި ޔޫރަޕްނޫން ޤައުމުތައް ވެސް އެމީހުންގެ މި ނިންމުންތަކާ އެއްގޮތަށް ޢަމަލުކުރާން ޖެހޭނެއެވެ.
އެހެނަސް ޢަމަލީ ގޮތުން ބަލާއިރު ރަޝިޔާއިން ބޭރުކުރާ ތެލުގެ މިންވަރަށް މާ ބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. ހަނގުރާމައިގެ ކުރިން ތެލުގެ އަގު ވަރަށް މައްޗަށް ގޮސްފައިވާތީ މި ތެލުން ލިބެމުންދާ ފައިސާގެ މިންވަރު ވެސް މާ ބޮޑަށް ދަށަކަށް ނުދެއެވެ. ދިރާސާތައް ބުނާގޮތުގައި ރަޝިޔާއަށް ލިބެމުންދާ އާމްދަނީ ދަނީ އިތުރުވަމުންނެވެ.
ރަޝިޔާގެ ގޭހަށް ބަލާއިރު ޔޫރަޕްގެ އިއްތިޙާދުން މި ގޭސް މަނައެއް ނުކުރެއެވެ. އެއީ އޭގެ ބަދީލެއް ނެތީމައެވެ. އެ ޤައުމުތަކުން މަސައްކަތް ކުރަނީ އެއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށެވެ. އެހެނަސް އެމެރިކާއާއި އިނގިރޭސި ވިލާތުން ރަޝިޔާގެ ގޭސް މަނާކުރިއެވެ. އިނގިރޭސިވިލާތަކީ މި ގޭހަށް ވަރަށް ކުޑަކޮށް މެނުވީ ބަރޯސާވާ ޤައުމެއްނޫނެވެ. އެމެރިކާއަކީ ދުނިޔޭގައި އެންމެ ގިނައިން ދެވަނައަށް ގޭސް އުފައްދާ ޤައުމެވެ. ދިޔާ ގޭސް އެންމެ ގިނައިން އުފައްދާ ޤައުމެވެ. ބާޒާރުގައި ރަޝިޔާއާ އެންމެ ބޮޑަށް ވާދަކުރާ ޤައުމަކީ އެމެރިކާއެވެ. ރަޝިޔާގެ ގޭސް ގަތުން މަނާކުރުމުން އެންމެ ބޮޑަށް ފައިދާ ލިބުނު ޤައުމަކީ އެމެރިކާއެވެ.
ރަޝިޔާއާއެކު ވިޔަފާރި ނުކުރުމަށް އެހެން ޤައުމުތަކަށް ގަދަ އަޑުން ހުޅަނގުން ގޮވަމުންދާއިރު ރަޝިޔާއިން ގޭސް ބޭރުކުރަނީ ކިހިނެއްތޯ ސުވާލުކޮށްލަން އެބަޖެހެއެވެ. ރަޝިޔާ އަތުން ގޭސް ގަންނަނީ ކޮން ބަޔެއްތޯ ބަލަން ވެސް އެބަޖެހެއެވެ.

ރަޝިޔާ އަތުން ހަކަތަ އެންމެ ގިނައިން ގަންނަނީ ޔޫރަޕްގެ އިއްތިޙާދުން

ރަޝިޔާއިން އަޙްފޫރީ އުނދަނަ ( ތެލާއި ގޭހާއި ބޯޓުދެލި) ދުނިޔެއަށް ވިއްކައިގެން 315 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިފައިވާކަމަށް ހަކަތައާއި ސާފު ވަޔާ ބެހޭ ދިރާސާތައް ކުރާ މަރްކަޒު (CREA) ބުނެއެވެ. Visual Capitalist އިން 2023ގެ ޖަނަވަރީގައި ޝާއިޢު ކުރި ރިޕޯޓެއް ބުނާ ގޮތުގައި މީގެތެރެއިން 149 ބިލިއަން ޑޮލަރު ރަޝިޔާއަށް ލިބިފައިވަނީ ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކުންނެވެ.

ހަނގުރާމައިގެ ކުރިން ރޫސީ ގޭސް އެންމެ ގިނައިން ގަނެފައިވާ 5 ޤައުމަކީ ޖަރްމަނާއި އިޓަލީއާއި ބިލަރޫސާއި ތުރްކީއާއި ހޮލެންޑެވެ. ރަޝިޔާގެ ޠަބީޢީ ދިޔާ ގޭސް އެންމެ ގިނައިން ގަތް 5 ޤައުމަކީ ޖަޕާނާއި ޗައިނާއާއި ފަރަންސޭސިވިލާތާއި ސްޕޭނާއި ތައިވާނެވެ. 2021ވަނަ އަހަރަށް ބަލާއިރު ރަޝިޔާގެ ގޭހަށް ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތައް ބަރޯސާވެފައިވާ މިންވަރަކީ 45 % އެވެ. އެއަހަރު މި ޤައުމުތަކުން ރަޝިޔާ އަތުން 155 ބިލިއަން ކޮޑި މީޓަރުގެ ގޭސް ގަނެފައި ވެއެވެ.

ޔޫރަޕުން ގޭސް ގަތުން މަދުވީ ޕޫޓިން އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން

2022 ގައި ޔޫރަޕްގެ އިއްތިޙާދުން ރޫސީ ގޭހަށް ބަރޯސާވާ މިންވަރު ކުޑަކުރިއެވެ. އެހެނަސް މިއީ އެ ޤައުމުތައް ބޭނުންވެގެނެއް ނޫނެވެ.ކްރެމްލިނުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކެއްގެ ސަބަބުންނެވެ. ( ރަޙްމަތްތެރިނޫން) ޤައުމުތަކަށް ރަޝިޔާ ފައިސާއަށް ނޫނީ ތެޔޮ ނުވިއްކުމަށް ރައީސް ޕޫޓިން 2022 ގައި ނިންމެވިއެވެ. މީގެއިތުރަށް ނޯރޑް ސްޓްރީމް 1 ނަންބަރު ތެޔޮހޮޅިން ތެޔޮ ބޭރުކުރުން ހުއްޓައިލުމަށް ވެސް ރައީސް ޕޫޓިން އަމުރުކުރެއްވިއެވެ. ބޭރުގެ ގުޅުންތަކާބެހޭ ޔޫރަޕްގެ މަޖިލީހުން ބުނާގޮތުގައި ރަޝިޔާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކަށް އެތެރެކުރެވުނު ރަޝިޔާގެ ގޭސް 80 ބިލިއަން ކޮޑި މީޓަރަށް މަދުވިއެވެ.
މި ފިޔަވަޅާ ކުރިމަތިލުމަށް ޓަކައި ރަޝިޔާއިން އެތެރެކުރާ ޠަބީޢީ ދިޔާ ގޭހުގެ މިންވަރު 60 % ށް އިތުރުވެގެން ދިޔައެވެ. ޔޫރަޕްގެ ކަމިޝަނުން ރާވައިފައި ވަނީ މި އަހަރުގެ މާރިޗުން ފެށިގެން އެތެރެކުރެވޭ ގޭސް އިތުރުކުރުމަށެވެ.

ޔޫރަޕަށް ހުރި ބަދީލުތައް

މި ހުސްވި އަހަރު ޔޫރަޕްގެ އިއްތިޙާދުން ވަނީ ހޮޅި މެދުވެރިކޮށް އެތެރެކުރާ ގޭސް އިތުރުކޮށްފައެވެ. އަޒަރްބައިޖާން ތެރެއިން އެތެރެކުރާ ގޭސް 2022 ގައި ވަނީ 8.1 ބިލިއަން ކޮޑިމީޓަރުން 11.4 ބިލިއަން ކޮޑިމީޓަރަށް އިތުރުވެފައެވެ.

މީގެއިތރަށް ނޯވޭއިން އެތެރެކުރާ ގޭސް ވަނީ 82 ބިލިއަން ކޮޑި މީޓަރުން 90 ބިލިއަން ކޮޑިމީޓަރަށް 2022 ގައި އިތުރުކޮށްފައެވެ.
ޖަރްމަނުން ވަނީ ރަޝިޔާގެ ގޭހަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އެތައް ފިޔަވަޅުތަކެއް އަޅައިފައެވެ. ހަނގުރާމައިގެ ކުރިން ޖަރްމަނަކީ ރަޝިޔާގެ ގޭހަށް 55 % ށް ބަރޯސާވި ޤައުމެކެވެ. މި ކަމަށް ޓަކައި ޖަރްމަނުން ވަނީ ގޭސް ބޭނުންކުރާ މިންވަރުން 10 % އާ 12 % އާ ދެމެދުގެ ޢަދަދަކަށް ގޭސް މަދުކޮށްފައެވެ. މި ކަން ކުރެވުނީ މިދިޔަ ޚަރީފު މޫސުމުގައި ނިސްބަތުން ހޫނުކަން ދަށަށް ދިޔުން ކުޑަވުމުގެ ސަބަބުންނާއި ކާރުޚާނާތަކުގައި މަސައްކަތްކުރާ ގަޑިތައް މަދުކުރުމުގެ ސަބަބުންނެވެ. މި ކަމުގެ ސަބަބުން ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކުގެ އުފެއްދުންތައް ވަނީ ދަށަށް ގޮސްފައެވެ.

ހަނގުރާމަ ފެށުނު ފަހު ރޫސީ ގޭސް އެތެރެކުރާ ޤައުމުތައް

ޔުކްރޭން ހަނގުރާމައަށް ހުއްޓުމެއް ނައިސް ކުރިއަށް ދިޔަނަމަވެސްޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކަށް އެތެރެކުރާ ރޫސީ ގޭސް ދިޔައީ އިތުރުވަމުންނެވެ. އެންމެ ގިނައިން ރޫސީ ގޭސް އެތެރެ ކުރާ ފސރާތަކީ ޔޫރަޕްގެ އިއްތީޙަދެވެ. ދެނައަށް އޮތީ ތުރްކީއެވެ. ތިންވަނަ ޤައުމަކީ ޗައިނާއެވެ. Visual Capitalist ޝާއިޢު ކުރި ރިޕޯޓް ބުނާގޮތުގައި ފެބްރުވަރީ 2022 އާ ފެބްރުވަރީ 2023 ދެމެދުގައި ރަޝިޔާއިން ގޭސް ގަނެފައިވާ ޤައުމުތަކާއި މިންވަރުތަކަކީ :-
  • - ޖަރްމަނު : 12.1 ބިލިއަން ކޮޑި މީޓަރު
  • - ތުރްކީ : 7.5 ބިލިއަން ކޮޑިމީޓަރު
  • - ޗައިނާ : 6.1 ބިލިއަން ކޮޑޮ މީޓަރު
  • - ހަންގެރީ : 5.9 ބިލިއަން ކޮޑި މީޓަރ
  • - އިޓަލީ : 5.6 ބިލިއަން ކޮޑިމީޓަރު
  • - އޮސްޓްރިޔާ : 5.6 ބިލިއަން ކޮޑި މީޓަރު
  • - ފަރަންސޭސި ވިލާތް : 4.2 ބިލިއަން ކޮޑި މީޓަރު
  • - ޖަޕާން : 3.7 ބިލިއަން ކޮޑިމީޓަރު
  • - ބެލްޖިއަމް : 3.5 ބިލިއަން ކޮޑީމީޓަރު
  • - ޕޯލެންޑް : 2.9 ބިލިއަން ކޮޑިމީޓަރ
  • - ސްލޮވޭކިޔާ : 3.1 ބިލިއަން ކޮޑީމީޓަރު
  • - ސްޕޭން : 2.9 ބިލިއަން ކޮޑީމީޓަރު
  • - ބުލްގޭރިޔާ : 2.5 ބިލިއަން ކޮޑީމީޓަރު
  • - ޗެކް ޖުމްހޫރިއްޔާ : 1.5 ބިލިއަން ކޮޑީމީޓަރު
  • - ހޮލެންޑް : 0.8 ބިލިއަން ކޮޑީމީޓަރު
  • - ދެކުނު ކޮރެޔާ : 0.8 ބިލިއަން ކޮޑީމީޓަރު
  • - ގްރީސް : 0.2 ބ ބިލިއަން ކޮޑީމީޓަރު

މިއިން އެނގެނީ ރަޝިޔާއިން އެންމެ ގިނައިން ތެޔޮ އެތެރެކޮށްފައި ވަނީ ރަޝިޔާ އަތުން ތެޔޮ ގަތުން ހަރާންކޮށްފައިވާ ޤައުމުތައް ކަމެވެ.

ރަޝިޔާ ގޭސް ޔޫރަޕަށް ދަނީ ޔުކްރޭން މަގުން

27 ފެބްރުވަރީ 2023 ން 7 މޭ 2023 ދެމެދުގައި ޔޫރްޕްގެ އިއްތިޙާދުގެ ޤައުމުތަކަށް ޔުކްރޭން މަގުން ލައިފާ އެތައް މިލިއަން ކޮޑިމީޓަރުގެ ގޭސް އެތެރެކޮށްފައި ވެއެވެ.

ޔުކްރޭން މަގުން ލައިފާ ރޫސީ ގޭސް ޔޫރަޕަށް ދާ މަސްއަލައާ ބެހޭގޮތުން ބޮޑެތި ސުވާލުތަކެއް އުފެދިފައި ވެއެވެ. ބޯލްޓިކް ކަނޑު ހުރަސްކޮށް ރޫސީ ގޭސް ޖަރްމަނަށް ގެންދިޔުމަށް ޓަކައި ލައިފައި އޮތް ދެ ހޮޅި ނޯރޑް ސްޓްރީމް 1 އާއި ނޯރޑް ސްޓްރީމް 2 މި ދިޔަ އަހަރުގެ ސެޕްޓެންބަރުގައި ގޮއްވައލީ ކާކު ހެއްޔެވެ؟ ފޭދިގެން ބޭރަށް ނުކުމެފައިވާ އެމެރިކާގެ ސިއްރު މަޢުލޫމާތުތައް ބުނާގޮތުގައި މި ދެ ހޮޅި ގޮއްވައިލީ ކިޔީވަށް ތާއީދު ކުރާ ބައެކެވެ. ރަޝިޔާއަކުން ނޫނެވެ. މިކަން ކިޔީވުން ކުރީ ޔޫރަޕަށް ބޭނުންވާ ގޭސް ޔުކްރޭން މެދުވެރިކޮށް ތަނަވަސްކޮށްދިނުމަށެވެ. މި ކަމުގެ ސަބަބުން ޔުކްރޭނަށް ވަރަށް ބޮޑު އާމްދަނީއެއް ލިބޭނެތީއެވެ. ރަޝިޔާގެ ތެލާއި ގޭސް ވިއްކުން މަނާކުރުމަށް ގޮވައިލާ އެކަމަށް އެދި އާދޭސްކުރާ ޔުކްރޭނުން މި ކަން ކުރުމުން ދޭހަވަނީ ކޮން އެއްޗެއް ހެއްޔެވެ؟ " ތިބާއަށް ޙަރާން ވިޔަސް މަށަށް ހުއްދަވާނެއެވެ. " ނޫންތޯއެވެ؟ މިއީ ޒިލެންސްކީފަދަ ޔަހޫދީންގެ އުޞޫލެކެވެ.

މި ލިއުމާއި ގުޅޭ