Monday 27th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ގެއްލުން

ގެއްލިގެން ހޯދަން އިއުލާނުކުރި އާތިފާ ފެނިއްޖެ

އާއިލާއަށް ހަބަރެއް ނުވެގެން ހޯދަމުން އަންނަ 53 އަހަރުގެ އަންހެނެއް ކަމަށްވާ އާތިފާ އަބްދުﷲ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އާތިފާ އަމިއްލައަށް ގެއަށް އައިސްފައިވާ ކަމަށާއި ގެއަށް އައިއިރު އޭނާގެ ހާލު ރަނގަޅުކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އާތިފާ ގެއްލުމުގެ ކުރިން އެންމެ ފަހުން ފެނިފައި ވަނީ ރޭ 10:25 ހާއިރު އޭނާ އުޅެމުން އަންނަ ގެއިންނެވެ. އޭނާ ގެއިން ނިކުމެގެން ދިޔައީ ކީއްވެ ކަމެއް އަދި މިއަދު އޭނާ އުޅުނީ ކޮންތަނެއްގައި ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މިއަދު ހަވީރު ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވެފައިވަނީ އާތިފާގެ އާއިލާ މީހަކަށް ވިލިމާލޭ ފިހާރައެއްގެ ނަމްބަރަކުން އާތިފާ ގުޅިކަމަށް އާއިލާ އިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. ފޯނު ކުރީ އާތިފާކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މިއަދު ހަވީރު ވިދާޅުވިއެވެ.

އާތިފާ ގެއްލުނު ސަބަބެއް ފުލުހުން ވެސް ހާމަކޮށްފައި ނުވާތީ އެކަން އަދި ސާފެއް ނުވެއެވެ.

މި ލިއުމާއި ގުޅޭ