ދިވެހި އަންހެނަކު ގެއްލިގެން އެމީހާ ހޯދުމުގެ މަސައްލަތް ދިވެހި ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ މ. އާޒާދީގުލްޝަން / އާޠިފާ ޢަބްދުﷲ (53އ) ގެއްލިފައިވާ ކަމަށް މިއަދު 10:25 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަކަށެވެ.
އެ އިދާރާއިން ބުނީ އޭނާ އެންމެ ފަހުން ފެނިފައިވަނީ ވިލިމާލޭގައި އޭނާ ދިރިއުޅޭ ގެއިން ޖޫން 30 ވަނަ ދުވަހުގެ 22:45 އެހައިކަންހާއިރުކަމާއި އޭރު ލައިގެންހުރީ ފެހިކުލައިގެ ހެދުމެއްކަމާއި އަޅައިގެންހުރީ ފިޔާތޮށި ކުލައިގެ ޝޯލެއް ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށެވެ.
އާޠިފާ ޢަބްދުﷲ ގެ މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ 9790083 އަށް ގުޅައި ހިއްސާކުރުމަށްވެސް ފުލުހުން އެދިފައިވެއެވެ.