Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބިންހެލުން

ދެކުނު އިންޑިއާ ކަނޑަށް ބާރުގަދަ ބިންހެލުމެއް، ރާއްޖެއަށް އަސަރެއް ނުކުރާނެ

ދެކުނު އިންޑިއާ ކަނޑަށް ބާރުގަދަ ބިންހެލުމެއް އައި ނަމަވެސް އެ ބިންހެލުމުގެ އެއްވެސް އަސަރެއް ރާއްޖެއަށް ނުކުރާނެކަމަށް މޫސުމާ ބަހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާ ބަހޭ ޤައުމީ އިދާރާއިން ބުނި ގޮތުގައި ދެކުނު އިންޑިއާ ކަނޑަށް މިވަރުގަދަ ބިންހެލުން އައީ މިއަދު މެންދުރު 12:29 ހާއިރުއެވެ. އެ ބިންހެލުމުގެ ބާރުމިނަކީ 6.0 މެގްނިޓިއުޑްކަމަށް މެޓް އޮފީހުން ބުނެއެވެ.

އެ އޮފީހުން މައުލޫމާތު ދިން ގޮތުގައި މި ބިންހެލުން އައީ މާލެއާ 1،784 ކިލޯމީޓަރު ދުރު ސަރަހައްދަކަށެވެ.

އިންޑިއާ ކަނޑުގެ ދެކުނަށް އައި ބިންހެލުމުގެ ސަބަބުން ސުނާމީއެއް ނުވަތަ އެހެންވެސް އެފަދަ އަސަރެއް ރާއްޖެއަށް ފޯރާނެކަމަށް ލަފާނުކުރެވޭކަމަށްވެސް މެޓު އޮފީހުން ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ